ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި
ހުޅުމާލޭގެ އުތުރު ފަރާތު ލަކުޑި ޖެޓީއަށް ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތުކުރުމަށްފަހު، އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.
ލަކުޑި ޖެޓީ ހަލާކުވީ ބާޖެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާއާ ގުޅިގެން ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް، މީހުން ވަނުން މަނާކޮށްފައެވެ.
އެޗްޑީސީން ބުނި ގޮތުގައި، ޖެޓީ ބަންދުކުރުމަށްފަހު ރައްކާތެރިކަމާ ގުޅޭގޮތުން ހަދަންޖެހޭ ހާއްސަ އެސެސްމަންޓްތައް ހެދުމަށްފަހު،-ބާރުސްޕީޑުގައި މަރާމާތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. އެޗްޑީސީން ބުނީ ގިނަ އަދަދެއްގެ އާންމުންނާއި ދަތުރުވެރިން ބޭނުންކުރާ މި ޖެޓީގެ މަރާމާތު މުޅިން ނިންމައި، ކުރިއެކޭ އެއްގޮތަށް މިހާރު ޖެޓީ ބޭނުންކުރެވޭނޭކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް