ހޭ ޑޫޑް ބޫޓު
ހޭ ޑޫޑް ބޫޓު
ވިޔަފާރި 05 Nov 2026 | 13:17

ފަޔަށް ލުއި އަދި އަރާމު ”ހޭ ޑޫޑް“ ބްރޭންޑްގެ ބޫޓުތައް ބަނޫންއިން

ފަޔަށް ލުއި، އަރާމު އަދި އެހާމެ ސްޓައިލިޝް ބޫޓުތަކުގެ ތެރޭގައި މުޅި ދުނިޔޭގައިވެސް މިހާރު އެންމެ ވިދާލާ އެއް ނަމަކީ "ހޭ ޑޫޑް" އެވެ. ދުވަހުގެ ބުރަ މަސައްކަތުގައި އުޅޭއިރު ނުވަތަ ހަވީރުގެ ހިތްގައިމު ވަގުތުތަކުގައި ބޭރަށް ނިކުމެލާއިރުވެސް، ފަޔަށް އަރާމު މި ބްރޭންޑްގެ ބޫޓްތަކަކީ މިހާރު ދިވެހިންގެ މެދުގައިވެސް މަޝްހޫރުވަމުން އަންނަ ބްރޭންޑެކެވެ.

ދިވެހިރާއްޖޭގައިވެސް 'ހޭ ޑޫޑް' ގެ އުފެއްދުންތައް މިހާރު ލިބެން ހުންނައިރު، އެ ވިއްކުމުގެ ހުއްދަ އޮތް ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ "ބަނޫން" އެވެ. އެ ފިހާރައަކީ މި ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް ފުރަތަމަ ފަހަރަށް ތަޢާރަފް ކުރި ފިހާރައެވެ.

'ހޭ ޑޫޑް' ގެ ފެށުމާއި ކާމިޔާބީގެ ދަތުރު

'ހޭ ޑޫޑް' ވުޖޫދަށް އައީ 2008 ވަނަ އަހަރު، އިޓަލީވިލާތުގައެވެ. މި ބްރޭންޑްގެ ބާނީއަކީ އަލެސާންޑްރޯ ރޮސާނޯ އެވެ. އޭނާގެ އަމާޒަކަށްވީ ޒަމާނީ ފެޝަނާއި، ފަޔަށް އެންމެ އަރާމު ގޮތްތައް އެއްކޮށްލައިގެން މޮޅު ފައިވާނާއި ބޫޓު އުފެއްދުމެވެ. މި ބްރޭންޑްގެ މަޤްބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރިގެން ދިޔުމާއެކު، ދުނިޔޭގެ މަޝްހޫރު ފައިވާން އުފައްދާ ކުންފުނި "ކްރޮކްސް" އިން ވަނީ 2022 ވަނަ އަހަރު ހޭ ޑޫޑް ބްރޭންޑް ގަނެ، މި ބްރޭންޑް އިތުރު ހަރުފަތަކަށް ގެންގޮސްދީފައެވެ.

ލުއިކަމާއި އަރާމުކަން

ހޭ ޑޫޑް ބްރޭންޑް އެހެން ބްރޭންޑްތަކާ ވަކިން ޚާއްސަވާ މައިގަނޑު ސަބަބަކީ، މިއީ ވަރަށް ލުއި އަދި ގިނައިރު އަރައިގެން އުޅުމަށް ނުހަނު ފަސޭހަ ބޫޓުތަކަކަށް ވާތީއެވެ. މި ބޫޓުތައް ޚާއްސަކޮށް ފަރުމާކޮށްފައިވަނީ ފައިތިލައިގެ ހާސްކަން ކުޑަކޮށްދޭނެ ފަދަ "ރިލެކްސްޑް ފިޓް" އެއް ލިބޭނޭހެންނެވެ. މީގެއިތުރުން ފައިގެ ފުންނާބު ޖެހޭ ހިސާބުގައި ހިމަނާފައިވާ ކުޝަންޑް އިންސޯލްގެ ސަބަބުން، ކިތަންމެ ގިނައިރު ހިނގި ނަމަވެސް ފަޔަށް އެއްވެސް ވަރުބަލިކަމެއް އިހުސާސެއް ނުވާނެއެވެ.

އެހެންކަމުން، ދަތުރުފަތުރު ކުރާއިރު ގަޔާއި، ހަވީރު ފިންޏަށް ހިނގާލަން ދިޔުމަށް އަދި މުޅި ދުވަހު އޮފީހުގައާއި ބޭރުތެރޭގެ މަސައްކަތުގައި އުޅުމަށްވެސް މިއީ ދެވަނައެއް ނެތް ފަދަ އެކަށޭނަ ބޫޓެކެވެ.

ކޮންމެ މީހަކާ ގުޅޭ، އެންމެ މަޤްބޫލު ކަލެކްޝަންތައް

ހޭ ޑޫޑްގެ މައިގަނޑު އުފެއްދުމަކީ އެކި މުނާސަބަތުތަކާ ގުޅޭ ބޫޓު ކަމުގައި ވިޔަސް، މިހާރު މި ބްރޭންޑްގެ ފައިވާންވެސް ލިބެން ހުރެއެވެ. އަދި ވަރަށް އަވަހަށް ބަނޫންގެ ފިހާރަތަކުން ހޭ ޑޫޑްގެ ފައިވާންވެސް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

މިވަގުތު ދުނިޔޭގައި އަދި ރާއްޖޭގައިވެސް އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ "ވެންޑީ" (The Wendy)، "ޕޯލް ޕްރޯ" (Paul Pro) އަދި "ވޮލީ" (The Wally) ކަލެކްޝަންގެ ބޫޓުތައް މިހާރު ބަނޫން އިން ލިބެން އެބަހުއްޓެވެ. މީގެއިތުރުން:

އަންހެނުން، ފިރިހެނުން އަދި ކުޑަކުދިންނަށް ޚާއްސަ އެކި ވައްތަރުތައް

ތަފާތު ގިނަ ކުލަތަކާއި ޒަމާނީ ޑިޒައިންތައް

ކޮންމެ ބޭފުޅެއްގެވެސް ބަޖެޓާ ގުޅޭގޮތަށް އެކި އަގުތަކުގެ އުފެއްދުންތައް ބަނޫންގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

އަސްލު އުފެއްދުންތައް ޔަޤީންކަމާއެކު ބަނޫން އިން!

މާކެޓުގައި އެކި ކަހަލަ ކޮޕީ އުފެއްދުންތައް ގިނަވެފައިވާ މި ޒަމާނުގައި، ބްރޭންޑްގެ އަސްލު ހޯދުމަކީ މުހިންމު ކަމެކެވެ. ދިވެހިރާއްޖޭގައި ހޭ ޑޫޑްގެ 100 އިންސައްތަ އޮރިޖިނަލް އުފެއްދުންތައް ގަންނަން ލިބޭނެ ހަމައެކަނި ރަސްމީ ފިހާރައަކީ ބަނޫން އެވެ.

އެހެންކަމުން ފަޔަށް އަރާމު މި ބޫޓް ގަންނަން ބޭނުންނަމަ ލަސްނުކޮށް ބަނޫންއަށް ޒިޔާރަތްކޮށްލާށެވެ. ބަނޫން ފިހާރަ މާލެ އަދި ހުޅުމާލޭގައިވެސް ހުންނާނެއެވެ. އިތުރު މައުލޫމާތު 7723014 ލިބޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް