އެމްއެމްއޭ އިމާރާތް
އެމްއެމްއޭ އިމާރާތް
ހަބަރު 14 Oct 2026 | 15:45

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ހުސްވި ސެޕްޓެމްބަރުމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 15 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ހުސްވި ސެޕްޓެމްބަރުމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައެވެ. މިއީ އޭގެ ކުރީ އޮގަސްޓްމަހާ އަޅާބަލާއިރު، 96.9 މިލިއަން ޑޮލަރުެގ ދަށްވުމެކެވެ. އޮގަސްޓްމަހު ރަސްމީ ރިޒާވް ހުރީ 643.9 މިލިއަން ޑޮލަރުގައެވެ.

މި މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ 200.6 މިލިއަން ޑޮލަރުން 169.8 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މިއީ 15.4 އިންސައްތައިގެ ދަށްވުމެކެވެ.

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ބޭރު ފައިސާ ދޫކުރި ނިސްބަތް ބޮޑުތަނުން އިތުރުވި މައިގަނޑު ސަބަބަކީ، 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް އެހީތެރިވުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދޫކުރި 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ގެ ތެރެއިން ނުދެއްކި އޮތް ފަހު 50 މިލިއަން ޑޮލަރު ދައްކައި ޚަލާޞްކުރުމަށްޓަކައި، ސަރުކާރަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ.

މީގެއިތުރުން، ބޭރު ފައިސާގެ ބާޒާރު ހަމަޖެއްސުމަށްޓަކައި ވޭތުވެދިޔަ މަސްތަކެކޭ އެއްފަދައިން، ސެޕްޓެމްބަރު މަހު ވެސް އެމްއެމްއޭއިން ވަނީ ވިޔަފާރި ބޭންކުތަކަށް ޑޮލަރު ދޫކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

ޚުލާސާން 3 weeks ago

އަބަދު އެބަހާމަ ކުރޭ. ތިވެސް ބުނެލާ އަދަދު ތަކެއް. މާދަން ތިއިން އަދަދެއް ދިމާނުވާނެ. ކީއްވެހޭ؟ ލޯނު ދައްކަން. ދުވަހަކުވެސް މި ލޯނަކުން އަރައެއް ނުގަނެވުނު. އަނެއްކާ މީގަ މަޖާ ކަމަކީ މި ލޯން ތަކަކީ މުޅިންވެސް ކުރީ ސަރުކާރުން ނެގި ލޯން. އެ ކަމަކު ކުރީ ސަރުކާރުން ނެގި ލޯނު ތައް ދައްކާ ޚަލާސް ކޮށްގެން ޕަޓާސް ޖަހާ ބޮކިފަތި ދަމާ ހަވައަށް ބަޑިވެސް ޖަަހައިފި. އެކަމަކުވެސް އަދި ވެސް ހަމަ ކުރީ ސަރުކާރުގެ ލޯން ތައް ދައްކަނީ.

ގުޅޭ ލިޔުންތައް

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
08 Nov 2026 ހަބަރު

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

މި ދެ މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕެރޭޝަނެއްގެ ތެރެއިންނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
08 Nov 2026 ހަބަރު

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރުފަހު 15:42 ހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި
08 Nov 2026 ހަބަރު

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި

މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ހިންގާ ރިހިބިލިޓޭޝަން މަސައްކަތްތަކާބެހޭ މައުލޫމާތު ގާތުން ހޯދުމެވެ.

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
08 Nov 2026 ހަބަރު

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
08 Nov 2026 ހަބަރު

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 3:00 އިން މިރޭ 19:00 އާ ހަމައަށެވެ. އެގޮތުން، މީގެ 1 ގަޑިއިރު ކުރިން މެޓް އޮފީހުން ވަނީ، ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ
08 Nov 2026 ހަބަރު

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ

ލ. ގަމުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކުރުމަށް، އެ ރަށުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި ރަށުން ބޭރުކުރުމާ ގުޅޭ ޚާއްޞަ އުސޫލެއް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.