އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ބެޗްލަރ އޮފް ސައިކޮލޮޖީ ކިޔަވަމުންދާ ދަރިވަރުންގެ ގުރޫޕެއް މާފުށީ ޖަލަށް ޒިޔާރަތްކޮށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފިއެވެ.
މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ހިންގާ ރިހިބިލިޓޭޝަން މަސައްކަތްތަކާބެހޭ މައުލޫމާތު ގާތުން ހޯދުމެވެ.
މި ދަތުރުގެ ތެރެއިން، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ފަރާތުން ވަނީ އެމްއެންޔޫގެ ދަރިވަރުންނަށް ހާއްސަ ސެޝަނެއް ނަގައިދީފައެވެ.
މި ސެޝަންގެ އިތުރުން، ދަރިވަރުންގެ ޓީމަށް ވަނީ މާފުށީ ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށްދާ ގޮތް ވެސް ވަރަށް ގާތުން ދައްކާލާފައެވެ. އެގޮތުން، އެ ދަރިވަރުން ވަނީ ޖަލުގެ އިންޑަސްޓްރިއަލް ޒޯނަށް ޒިޔާރަތްކޮށްފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދަނީ ގައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތްތަކަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް މިފަދަ ފުރުސަތުތައް ފަހިކޮށްދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް