ފޮޓޯ:ޓްރިޕްއެޑްވައިޒަ
ފޮޓޯ:ޓްރިޕްއެޑްވައިޒަ
ހަބަރު 22 Oct 2026 | 10:34

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް

މާލެއާއި އަތޮޅުތަކުގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް މިދިޔަ އޮގަސްޓް މަހު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން އެންމެ ފަހުން ނެރުނު "މަންތްލީ ސްޓެޓިސްޓިކްސް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ވަނީ %5.6 އަށް ތިރިވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވެރިރަށް މާލޭގައި ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ވަނީ %5.8 އަށް ދަށްވެފައެވެ. މާލެ ސަރަހައްދުގައި މިއަހަރު ކާބޯތަކެތީގެ އަގުތައް އެންމެ ބޮޑަށް އުފުލުނީ ޖޫން މަހުގައެވެ. އެ މަހު މި ރޭޓު ހުރީ %7.8 ގައެވެ.

އަތޮޅުތެރޭގެ އަގުތަކަށް ބަލާއިރު، ކާބޯތަކެތީގެ އަގުތައް މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން މައްޗަށް ދިޔުމަށް ފަހު، ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ވަނީ ދަށްވާން ފަށާފައެވެ.

މިއަހަރު އަތޮޅުތަކުގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ހުރި މިންވަރު:

  • އޭޕްރީލް: %5.8

  • މެއި: %6.0

  • ޖޫން: %7.1

  • ޖުލައި: %7.1

  • އޮގަސްޓް: %5.4

ކާބޯތަކެތީގެ އަގުތަކަށް ހެޔޮ ބަދަލެއް އައި ނަމަވެސް، ދަތުރުފަތުރުގެ ދާއިރާގެ ޚިދުމަތްތަކުގެ އަގުތައް އަދިވެސް ހުރީ ނިސްބަތުން މަތީގައެވެ. މިގޮތުން، އޮގަސްޓް މަހު ދަތުރުފަތުރުގެ އިންފްލޭޝަން ރޭޓު ހުރީ %9 ގައެވެ. މިއަހަރުގެ މާރިޗު މަހުން ފެށިގެން މި ދާއިރާގެ އަގުތައް އުފުލިފައިވާއިރު، އެންމެ ބޮޑަށް އަގުތައް މައްޗަށް ދިޔަ އޭޕްރީލް މަހު މި ރޭޓު ހުރީ %10.2 ގައެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަތުރުފަތުރުގެ ޚަރަދުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ދާއިރާތަކުގެ އަގުތައް އުފުލޭ މިންވަރު މަޑުޖެހުމާ ގުޅިގެން ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ރޭޓު މިހާރު ވަނީ %1.8 އަށް ދަށްވެފައެވެ. މިއީ އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު ފާހަގަކޮށްލެވޭ ފަދަ ހެޔޮ ބަދަލެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މައްސަލާގައި ޑެތް ހައްޔަރުކޮށްފި
22 Oct 2026 ހަބަރު

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މައްސަލާގައި ޑެތް ހައްޔަރުކޮށްފި

އޭނާ މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއް ހޯދައިގެންނެވެ.

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް
22 Oct 2026 ހަބަރު

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް

މާލެ ސަރަޙައްދުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އިޞްލާޙުވުމަށް އަންގައި ނޯޓިސް ދީފިއެވެ.

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު
22 Oct 2026 ހަބަރު

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު

ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާއެކު ފިލްމުކުޅޭ ބަޔަކު ހައްޔަރުކުރި މައްސަލަ: ތިން މީހުން ދޫކޮށްލައިފި
22 Oct 2026 ހަބަރު

މަސްތުވާތަކެއްޗާއެކު ފިލްމުކުޅޭ ބަޔަކު ހައްޔަރުކުރި މައްސަލަ: ތިން މީހުން ދޫކޮށްލައިފި

ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކު ހައްޔަރުކުރި މައްސަލާގައި ހިމެނޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ
22 Oct 2026 ހަބަރު

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ

ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް )ޕީއެންސީ( އިން ބުނެފިއެވެ.

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
22 Oct 2026 ހަބަރު

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

ވެބް ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ ޕީއެޗްޕީ ނިޒާމަށް ދިމާވި ނުރައްކާތެރި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން، ރާއްޖޭގެ ރަސްމީ ޑިޖިޓަލް ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި
22 Oct 2026 ހަބަރު

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.