ޔޫއެސްއެސް ވޮޝިންޓަން؛ ފޮޓޯ / އޭޕީ
ޔޫއެސްއެސް ވޮޝިންޓަން؛ ފޮޓޯ / އޭޕީ
ދުނިޔެ 02 Oct 2026 | 09:54

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޫއެސްއެސް ތިއޮޑޯ ރޫޒެވެލްޓް ކެރިއާ ސްޓްރައިކް ގްރޫޕް އާދީއްތަ ދުވަހު ސެން ޑިއެގޯ ބޭސްއިން ފުރައިފައިވެއެވެ. ޖެހިގެން އައި ދުވަހު މެކިން އައިލެންޑް މެރީން އެކްސްޕެޑިޝަނަރީ ފޯސް ވެސް 2,000 އަށް ވުރެ ގިނަ މެރީނުންނާ އެކު ފުރައިފައިވެއެވެ. އެ އޮފިޝަލް ބުނީ މި ބާރު އެއްކުރުމުގެ ސަބަބުން އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އީރާނާ ދެކޮޅަށް ހަމަލާދިނުމުގައި އިތުރު ގޮތްތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ގޮތުން، އެތައް ހާސް ސިފައިންނާއި އެފް 35 މަރުކާގެ ޖެޓުތައް ހިމެނޭ ކަމަށާއި މިހާރު ވެސް އެ ސަރަޙައްދުގައި ގާތްގަނޑަކަށް 50,000 އެމެރިކާ ސިފައިން ތިބި ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކުރެއެވެ. ޕެންޓަގަން އާއި ވައިޓް ހައުސްގެ މަސްދަރުތަކާ ހަވާލާދީ އަލް ޖަޒީރާއިން ބުނި ގޮތުގައި އީރާނާ އެކު އެއްބަސްވުމެއް ހެދިއްޖެ ނަމަވެސް އެއްވެސް އަސްކަރީ ވަސީލަތެއް އެ ސަރަޙައްދުން ބޭލުމުގެ ރޭވުމެއް ޕެންޓަގަންގެ ނެތެވެ. ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ބުނީ ޓްރަމްޕް އަމުރު ދީފި ނަމަ ބާރުތައް ތިބީ އަމަލު ކުރުމަށް ތައްޔާރަށެވެ.

ޓްރަމްޕް ފޮކްސް ނިއުސް އަށް ބުނީ އީރާނާ ދެކޮޅު ހަނގުރާމަ ވަރަށް އަވަހަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް، ނޮވެމްބަރުގެ މިޑްޓާމް އިންތިޚާބުގެ ކުރިން އެ ވާހަކަ ތަފްސީލީ ގޮތެއްގައި ދައްކަން ބޭނުން ނުވާ ކަމަށާއި އަސްކަރީ ފިޔަވަޅަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެހެން ފަހަރެއްގައި އޭނާ ބުނެފައިވެއެވެ. މި އަސްކަރީ ބާރު ދެއްކުމާ އެކު އެމެރިކާއިން އީރާނުގެ ރޭލް އަދި އޮޓޮމޯޓިވް ކޮންގްލޮމެރޭޓުތަކަށް މި ހަފުތާގައި ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ އިރު ޓްރެޝަރީ ޑިޕާޓްމެންޓުން ބުނީ މި ފިޔަވަޅުތަކުގެ ބޭނުމަކީ ތެހެރާނަށް ލިބޭ ފައިސާ ހިއްކާލުން ކަމަށެވެ.

ހަމަ އެއާއެކު ޤަޠަރު މެދުވެރިކޮށް އީރާނުން ހަތް ދުވަހުގެ ރޯޑްމެޕެއް ހުށަހަޅައިފައިވެއެވެ. އެ ރޯޑްމެޕްގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި ނިއުކްލިއާ ވާހަކަތައް ފެށުން ހިމެނޭ އިރު ބަދަލުގައި އެމެރިކާގެ ކަނޑުގެ ހިސާރު ނިންމައި ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށް ލުބުނާނާއި ޔަމަނު ޝާމިލުވާ ސަރަޙައްދީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމެއް ޤާއިމުކުރުން އީރާނުން ޝަރުތުކޮށްފައިވެއެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ވޯލްޓްޒް އެންބީސީ އަށް ބުނީ އީރާނާ ދެކޮޅަށް ފްރީޒްކޮށްފައިވާ ފައިސާ ދޫކުރުމާއި ދަތިކުރުން ލުއިކުރުމުގެ ޑިމާންޑަކީ މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ހަމައެކަނި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް ނޫން ކަމަށާއި މިއީ ބައިނަލްއަޤުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށާއި އީރާނުގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމާ ދެކޮޅަށް އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ހަތް ޤަރާރެއް އެބަ އޮތް ކަމަށް ވެސް ވޯލްޓްޒް ބުންޏެވެ.

އީރާނުން ވެސް ދެ ރާގެއް ބޭނުންކޮށްފައިވެއެވެ. ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޣްޗީ އެންބީސީ އަށް ބުނީ ހަނގުރާމަ އަލުން ފެށުމަށް ތެހެރާން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ. ކުރީގެ އެމެރިކާ ސަފީރު ރިޗާޑް ޝްމިއެރާ ފާހަގަކުރި ގޮތުގައި ޓްރަމްޕް ހުރީ މިޑްޓާމް އިންތިޚާބާ ހަމައަށް ލަސްކުރުމާއި ޖޫން މަހު ފާޑުކިޔުން އަމާޒުވި ޑީލާ އެއްގޮތް ދޫތަކެއް ދިނުމާ ދެމެދު ދެ ފިކުރެއްގައެވެ.

އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި އެންއޯއާރުސީ އިން ހެދި ޕޯލެއްގައި އީރާން ހަނގުރާމައާއި ގާތްގަނޑަކަށް 70 އިންސައްތަ އެމެރިކާ ރައްޔިތުން ދެކޮޅު ކަމަށް ދައްކައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
27 Sep 2026 ދުނިޔެ

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފަށައިފި ނަމަ އިންޑިއާ ކަނޑުގައި ދުއްވާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސިފައިން ދީފިއ...

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
23 Sep 2026 ދުނިޔެ

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރި...