އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
އިންޑިއާގެ ކެރަލާ ސްޓޭޓުގައި މީހަކު ޕާސްޕޯޓެއް ނޯޓު ފޮތެއްގެ ގޮތުގައި ބޭނުންކޮށްފައި ހުރި މަންޒަރު ވައިރަލްވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.
އެ ވީޑިއޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ބައެއް މީހުން ދަނީ މިކަމުން އެމީހާގެ "އިނޮސަންސް" ފާހަގަކުރެވޭ ކަމަށް ބުނަމުން، މިއީ "ލައިޓް ހާޓެޑް" ކަމެއް ކަމަށް ސިފަކުރަމުންނެވެ.
ނަމަވެސް، މިކަމަށް ފާޑުކިޔާ ބައެއް މީހުން ދަނީ މިއީ އިންޑިއާގެ ޕާސްޕޯޓުގެ އަގު ވައްޓާލާފަދަ އަމަލެއްކަން ފާހަގަކުރަމުން، މިކަން ކުރި ފަރާތާއި ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
އިންޑިއާގެ ޕާސްޕޯޓުތަކުގައި މިފަދަ އެއްޗެހި ލިޔެ ހެދުމަކީ ގާނޫނީ ގޮތުން މަނާ ކަމަކެވެ. އަދި މިކަން ކޮށްފި މީހެއް 500 އިންޑިއަން ރުޕީސްއިން ޖޫރިމަނާ ކުރެވި، އެ މީހެއްގެ މައްޗަށް 3 މަހުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް