ކެނެޑާގެ ހާރިޖީ ވަޒީރު.. ފޮޓޯ: ރޮއިޓާސް
ކެނެޑާގެ ހާރިޖީ ވަޒީރު.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 15 Oct 2026 | 16:19

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

ކެނެޑާގެ ޚާރިޖީ ވަޒީރު އަނީތާ އާނަންދު، އިންޑިއާއަށް ވަޑައިގެންފިއެވެ.

މިއީ އެކަމަނާ އިންޑިއާ އަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގެ ކުރިން އަނީތާ ވިދާޅުވީ މިއީ ކެނެޑާގެ މުހިއްމު ދެ ބައިވެރިޔަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާއަށް ވަޑައިގެން އަނީތާ ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަން ޖައިޝަންކަރާ ބައްދަލުކުރައްވައި، ދެޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި މީގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށްވެސް އަނީތާ ޒިޔާރަތްކުރެއްވިކަމަށް އިންޑިއާއިން ޚާރިޖިއްޔާއިން ބުނެއެވެ. ދެޤައުމުގެ ގުޅުން އެކި ދާއިރާއިން ބަދަހިކުރުމުގެ އިތުރުން، އިންޑިއާއާއި ކެނެޑާއާއެކު ސޮއިކުރުމަށް މަޝްވަރާކުރަމުންދާ ކޮމްޕްރެހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރިމެންޓްގެ މަޝްވަރާތައް އަވަސްކުރުމާ ބެހޭ ގޮތުން އަނީތާ އާއި މޯދީ ވަނީ މަޝްވަރާކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ
15 Oct 2026 ދުނިޔެ

އިންޑޮނީޝިއާއިން ވައި ސާފުކުރުމަށް ޑްރައި އައިސް ބޭނުންކުރަނީ

ދިހަ އަހަރު ތެރޭ ކުރިމަތިވި އެންމެ ނުރައްކާތެރި ޖަންގަލީގެ އަލިފާނާ އެ ގައުމުން ހަނގުރާމަކުރަމުންދަނީ، އާދަޔާ ހިލާފަށް ވަރުގަދަ އެލް ނީނިއޯގެ ސަބަބުން ހިކި މޫސުމުގެ ހާލަތު ގޯސްވެ، އަލިފާން ނިއްވުން ދަތިވެފައި އޮތް ދަނޑިވަޅެއްގައެވެ. ވައިގެ ނުރައްކާ ކުޑަކުރުމަށް އިންޑޮނީޝިއާއާއި އަވައްޓެރި މެލޭޝިއާއިން ވެސް ކްލައުޑް ސީޑިން ފަދަ މޫސުން ބަދަލުކުރުމުގެ އެކި އުކުޅުތައް ބޭނުންކުރަމުން ގެންދެއެވެ. ކްލައުޑް ސީޑިންގައި ވިލާގަނޑުގެ ތެރޭގައި ފެން ގަނޑުވާ މިންވަރު އަވަސްކުރުމަށް ސިލްވާ އޮޔޮޑައިޑް ފަދަ މާއްދާތައް ވިލާ ތެރެއަށް ބުރުވައިލައެވެ. މި ބާވަތުގެ އޮޕަރޭޝަންތައް ހަފުތާތަކެއް ވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ.

ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އާ ބްރިޖެއް ހުޅުވައިފި
15 Oct 2026 ދުނިޔެ

ޗައިނާ އާއި އުތުރު ކޮރެއާ ގުޅުވައިދޭ އާ ބްރިޖެއް ހުޅުވައިފި

ޗައިނާގެ ބޯޑަރު ސިޓީ ޑެންޑޮންގް އިން ފެށިގެން އުތުރު ކޮރެއާގެ ސިނޫއީޖޫ އާ ހަމައަށް ދެމިގެންދާ މި ބްރިޖު "ނިއު ޔާލޫ ރިވާ ބްރިޖް" ފުރަތަމަ ހުޅުވުމަށް ތާވަލުކޮށްފައި އޮތީ 2014 ވަނަ އަހަރަށެވެ.

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް
15 Oct 2026 ދުނިޔެ

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް

ބައެއް މީޑިއާތަކުން ރިޕޯތްކުރިގޮތުގައި މިފަހުން ތުރުކީއަށް ކުރި މޫސުމީ ވިއްސާރައަކީ ވޭތުވެދިޔަ 84 އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނައިން ވާރޭވެހުނު ފުރަތަމަ ފަހަރެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...