ފިޓްނެސް ސެންޓަރު ތަރައްގީކުރަން ހަވާލުކުރުން- ފޮޓޯ/ ފޮރިން މިނިސްޓްރީ
ފިޓްނެސް ސެންޓަރު ތަރައްގީކުރަން ހަވާލުކުރުން- ފޮޓޯ/ ފޮރިން މިނިސްޓްރީ
ހަބަރު 30 Oct 2026 | 07:37

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢިރުތިޝާމް ޢާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫޢު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ޢަބްދުالله ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢިރުތިޝާމް ޢާދަމް ވިދާޅުވީ، މިއީ ރަށްރަށުގެ މުޖުތަމަޢުތަކަށް ފިޓްނަސް އަދި ރެކްރިއޭޝަން ވަސީލަތްތައް ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމަކާއި ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ލިބުނު ބޮޑު ބާރެއް ކަމަށެވެ.

އަދި މިއަހަރުގެ ޖުލައި މަހު 42 ރަށެއްގައި މިފަދަ ވަސީލަތްތައް ޤާއިމުކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން މިހާރުވެސް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، އިއްޔެ ސޮއިކުރެވުނު އެމްއޯޔޫގެ ސަބަބުން އިތުރު ތިން ރަށަކަށް މި އެހީތެރިކަން ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން އިންޑިއާއާއެކު އޮންނަ އެއްބާރުލުމަކީ ޤައުމު އިސްކަންދޭ ކަންކަން ޙަޤީޤަތަކަށް ހަދައި، ރައްޔިތުންނަށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ލިބޭ މުހިންމު ފުރުޞަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ރާފިޢު ދެއްކެވި ވާހަކަފުޅުގައި، މި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށް އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ހުރިހާ ޢުމުރެއްގެ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިވެ، މުޖުތަމަޢުގެ ޢާންމު ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މުޖުތަމަޢުތައް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ދެ މިނިސްޓަރުންވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، އިންޑިއާގެ ރައްޔިތުންނަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރަށާއި، އަދި ހައިކޮމިޝަނަރ ބާލަސުބްރަމާނިއަން އަދި އެ ޓީމުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްތަކަށް ފޮރިން މިނިސްޓަރ ޢިރުތިޝާމް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ
30 Oct 2026 ހަބަރު

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ

އާއިލާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އައްޔަބެ ވަނީ ފެނިފައެވެ. އަދި އައްޔަބެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ނޫހު ޝަރީއަތް ނިމެންދެން، ދެން ތިބި މީހުން ބަންދަށް މުއްދަތު އިތުރުކޮށްފި
29 Oct 2026 ހަބަރު

ނޫހު ޝަރީއަތް ނިމެންދެން، ދެން ތިބި މީހުން ބަންދަށް މުއްދަތު އިތުރުކޮށްފި

ގދ. ތިނަދޫގައި ހިނގާދިޔަ ރޭޕްގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް  މީހަކު ގެނޭ
29 Oct 2026 ހަބަރު

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް މީހަކު ގެނޭ

އެގޮތުން ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އައިޖީއެމްއެޗަށް ގެނެވޭކަން ފާހަގަކޮށްފައިވެ އެވެ.

މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން
29 Oct 2026 ހަބަރު

މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން

މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި
29 Oct 2026 ހަބަރު

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި

ދެ މީހުން ވެސް 8 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލައި މި މައްސަލާގައި ހިޔާނާތްތެރިވި 783،100 ލީޓަރުގެ ޑީސަލަށްވާ 6،799،800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދައްކަން ވަނީ އަންގާފަ އެވެ.

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި
29 Oct 2026 ހަބަރު

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް 97 އުނގެނުމުގެ ގޭމާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި އެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.