ޝަބާނާ އޭނާގެ ޖިމުގައި-
ޝަބާނާ އޭނާގެ ޖިމުގައި-
ދުނިޔެ 21 Oct 2026 | 04:12

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

މި ޖިމް އުފެއްދި ޝަބާނާ، އޭނާގެ މި ދަތުރުގެ ވާހަކަ ބީބީސީ ވޯލްޑް ސާވިސްއަށް ދިން އިންޓަވިއުއެއްގައި ވަނީ ހިއްސާކޮށްފައެވެ. ޝަބާނާ ކިޔައިދިން ގޮތުގައި، މިފަދަ ޖިމެއް ހުޅުވަން އޭނާ ނިންމީ އަމިއްލައަށް ކަސްރަތު ކުރާނެ އެކަށީގެންވާ މާހައުލެއް ނުލިބުމުގެ ސަބަބުންނެވެ.

ކުރިން 140 ކިލޯއަށް ވުރެ ބަރުދަން އިތުރުވެ، ސިއްހީ ގޮތުން އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ޝަބާނާ ބުންޏެވެ. އަދި ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ބަރުދަން ލުއިކުރުމުގެ މުހިންމުކަމާ މެދު ފިރިމީހާއާ މަޝްވަރާ ކުރުމަށްފަހު، އަމިއްލަ ޖިމެއް ހުޅުވަން ނިންމީއެވެ.

"އަހަންނަށް ކަސްރަތު ކުރާނެ ތަނެއް ނެތުމުން، އަމިއްލަ ޖިމެއް ފެށީ،" ޝަބާނާ ބުންޏެވެ.

އަމިއްލަ ސިއްހަތު ރަނގަޅު ކުރުމުގެ މަގުސަދުގައި ފެށި މި މަސައްކަތް ފަހުން ވެގެންދިޔައީ އެ ސަރަހައްދުގެ އެހެން އަންހެނުންނަށް ވެސް ހުޅުވާލެވުނު ފިޓްނަސް ސެންޓަރަކަށެވެ. އަދި ފަހުން ޝަބާނާ ވަނީ ފިޓްނަސް ޓްރެއިނަރެއްގެ ސަނަދުވެސް ހާސިލުކޮށްފައެވެ.

އާންމު ޖިމްތަކާ ހިލާފަށް، ކަސްރަތު ކުރުމަށް ވަކި ހާއްސަ ހެދުމެއް އެޅުމުގެ ބަދަލުގައި، އާންމުކޮށް ގޭގައި އަޅާ ނިވާކަން ބޮޑު ހެދުމުގައި މި ޖިމްގައި ކަސްރަތު ކުރެވެއެވެ. މިއީ އެތަނަށް ދާ އަންހެނުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޖިމަށްދާ އަންހެނަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، މި ޖިމްގައި ހެދުން އެޅުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި، ހެދުމުގެ ސަބަބުން އެއްވެސް އުނދަގުލެއް ނުވާ ކަމަށާ، ފަސޭހަ ކަމާއެކު ކަސްރަތު ކުރެވޭ ކަމަށެވެ.

އެހެން އަންހެނަކު ފާހަގަކުރި ގޮތުގައި، ކަސްރަތު ކުރުމުގައި މުޖުތަމައުން އަންހެނުންނާއި ފިރިހެނުންނާ މެދު ދެކޭ ގޮތް ތަފާތެވެ.

"ފިރިހެން ކުއްޖަކު ޖިމަށް ދިއުމުން މީހުން ވަގުތުން އެކަން ބަލައިގަނޭ. އެކަމަކު އަންހެން ކުއްޖަކު ޖިމަށް ދިއުމުން މީހުން އެގޮތަކަށް ނުދެކޭ،" އޭނާ ބުންޏެވެ.

އަދި އަންހެނުން އެމީހުންގެ ޖިސްމާނީ ސިއްހަތަށް ރައްކާތެރިވުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫން ކަމަށާއި، މިކަމުގައި ދީނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.

ޖިމްގެ ބައިވެރިން ބުނި ގޮތުގައި، ކުރިން އެމީހުންގެ މުޅި ވަގުތު ހޭދަކުރީ ފިރިންނާއި އާއިލާގެ ކަންކަން ބެލެހެއްޓުމުގައެވެ. އޭގެ ސަބަބުން އަމިއްލަ ނަފްސާއި ސިއްހަތާމެދު ވިސްނާނެ ވަގުތެއް ނުލިބެއެވެ. ނަމަވެސް، މި ޖިމްގެ ސަބަބުން ކާނާއާއި ސިއްހަތާ ގުޅޭގޮތުން ކުރިން ނޭނގޭ އެތައް މައުލޫމާތެއް ލިބިގެން ގޮސްފައިވާ ކަމަށް އެމީހުން ބުންޏެވެ.

މި ޖިމް ފެށުމުގައި ޝަބާނާއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން، އަންހެނަކު ހިންގާ ޖިމަކަށް އެއްވެސް މީހަކު ނުދާނެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

"މީހުން ބުނި އަންހެނަކު ހިންގާ ޖިމަކަށް އެކަކުވެސް ނާންނާނޭ،" ކުރީގެ ހަނދާންތައް އާކުރަމުން ޝަބާނާ ބުންޏެވެ.

އެހެންނަމަވެސް، ޝަބާނާ ދިޔައީ އޭނާގެ އަޒުމުގައި ކުރިއަށެވެ. "އަހަރެން ވިސްނީ ނޭދެވޭ ވާހަކަތަކަށް ބެލުމެއް ނެތި ކުރިއަށްދާން. އެމީހުންނަކީ އަހަންނަށް ކާންދޭ ބައެއް ނޫން. އަހަރެމެން ބޭނުންވީ އެމީހުން ދެއްކީ ދޮގު ވާހަކަތަކެއްކަން ސާބިތުކޮށްދީ ކާމިޔާބު ހޯދަން. މި ސަރަހައްދުގައި ޖިމެއް ހުޅުވީ އެހެންވެ،" ޝަބާނާ ބުންޏެވެ.

ޝަބާނާގެ މި އިސްނެގުމަކީ، އަންހެނުން އެމީހުން ބޭނުންވާ އިސްލާމީ ރިވެތި ހެދުމުގައި ތިބެ، ޖެހިލުންވުމެއް ނެތި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަގުފަހިކޮށްދީ، މުޖުތަމައުގައި ހުރި ގަބޫލުކުރުންތައް ބަދަލުކޮށްލި ނަމޫނާ މަސައްކަތެއް ކަމަށް މިހާރު އެ ސަރަހައްދުގެ ގިނަ ބަޔަކު ދެކެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދެމަފިރިން ރީލް ހެދުމުގައި؛ ތުއްތު ދަރިފުޅު ރާޅުތަކުގެ ތެރޭގައި؛ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
21 Oct 2026 ދުނިޔެ

ދެމަފިރިން ރީލް ހެދުމުގައި؛ ތުއްތު ދަރިފުޅު ރާޅުތަކުގެ ތެރޭގައި؛ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ގޮނޑުދޮށެއްގައި ސޯޝަލް މީޑިއާ ރީލެއް ހެދުމަށް ދެމަފިރިއަކު ސަމާލުކަން ދީގެން އުޅެނިކޮށް، އެމީހުންގެ ތުއްތު ދަރިފުޅު ރާޅުތަކުގެ ތެރެއަށް ވެއްޓި ހާލުގައި ޖެހިފައިވަނިކޮށް އެހެން މީހަކު އެ ކުއްޖާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުންހުރި ކުންފުނިތަކަކަށް، އެޗްއެސްބީސީގެ އިސްލާމިކް ފަންޑުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކުރިކަން ހާމަވެއްޖެ
21 Oct 2026 ދުނިޔެ

އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުންހުރި ކުންފުނިތަކަކަށް، އެޗްއެސްބީސީގެ އިސްލާމިކް ފަންޑުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކުރިކަން ހާމަވެއްޖެ

ދުނިޔޭގެ މަޝްހޫރު ބޭންކެއް ކަމަށްވާ އެޗްއެސްބީސީން އިސްލާމީ ޝަރީޢާ ހުއްދަކުރާ މިންގަނޑުތަކަށް )ޝަރީޢާ-ކޮމްޕްލަޔަންޓް( ފެތޭ ކަމަށް ބުނެ ހިންގާ ފަންޑަކުން، އިސްރާއީލުގެ އަސްކަރިއްޔާއަށް ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދޭ ހަ ކުންފުންޏަކަށް 100 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވާކަން ފަޅާއަރައިފިއެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...