ފޮޓޯ: ސަން
ފޮޓޯ: ސަން
ހަބަރު 03 Nov 2026 | 11:55

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި

ފަތުރުވެރިކަމުގެ ބޭނުމަށް 50 އަހަރުގެ މުއްދަތަށް ކ. ދިއްފުށީފަޅު ކުއްޔަށް ދިނުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ފަޅު އަނބުރާ އޭގެ ޙައްޤުވެރި ފަރާތާ ޙަވާލުކުރުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލަށް 2015 ވަނަ އަހަރު، 50 އަހަރުގެ މުއްދަތަކަށް ދިއްފުށިފަޅު ކުއްޔަށް ދޫކުރީ، އޭގެ ކުރިން 'ޑީޑް އޮފް އެސައިންމެންޓް' އެއްގެ ދަށުން އޭނާއަށް ލިބިފައިވާ ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައެވެ. ނަމަވެސް، 2017 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ޙާމިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން އޭރު ނިންމީ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ސިވިލް ކޯޓުގެ އެ ޙުކުމް ޙާމިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، 2015 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ސަބަބުން އޭގެ ކުރީގެ ހުރިހާ އެއްބަސްވުންތަކެއް ބާތިލްވެފައިވާ ކަމަށެވެ. އެހެންކަމުން، ކުރީގެ އެއްބަސްވުންތަކަށް ރިޢާޔަތްކޮށް މިހާރުގެ އެއްބަސްވުން ބާތިލްކުރި ކަމުގެ ނޯޓިސް ސަރުކާރަށް ނުފޮނުވޭނެ ކަމަށާއި، އަދިވެސް ޤާނޫނީ ގޮތުން ދެމިއޮތީ 2015 ގެ އެއްބަސްވުން ކަމަށް ހައިކޯޓުގެ ޙުކުމުގައިވެއެވެ.

މީގެއިތުރުން، އެއްބަސްވުން ބާތިލްކުރި ކަމަށް ބުނެ ނޯޓިސް ފޮނުވުމަށްފަހު، 2018 ވަނަ އަހަރު ސަރުކާރުން އެ ފަޅު އެހެން ބަޔަކަށް ކުއްޔަށް ދީފައިވީ ނަމަވެސް، ޙާމިދާއެކު ވެފައިވާ އަސްލު އެއްބަސްވުން އަދިވެސް ދެމިއޮތްކަން ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މަޝްރޫޢަށް އޭނާ ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާތީ، އެތަން އޭނާއަށް އަނބުރާ ނުދީފިނަމަ، ދައުލަތުން ދައްކަންޖެހޭ ބަދަލުގެ މިންވަރު އިންތިހާއަށް އިތުރުވެގެން ހިނގައިދާނެ ކަމަށްވެސް އެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ސަރުކާރުން އެއްބަސްވުން ބާތިލްކުރުމަށް ފޮނުވި ނޯޓިހަކީ ޞައްޙަ ނޫން ބާތިލް ނޯޓިހެއް ކަމަށާއި، ޙާމިދާއެކު ވެފައިވާ އެއްބަސްވުން އަދިވެސް ޤާނޫނީ ގޮތުން ސައްޙަކަމާއެކު ދެމިއޮތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ޙަސަން ޝަފީޢު، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އަދި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަކީ ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުން ކަމަށް ވީނަމަވެސް، މި މައްސަލަ ނިމިގެން ދިޔައީ އަނެއް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.


މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން
03 Nov 2026 ހަބަރު

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން

މިއަދު ފާހަގަކުރަމުންދާ ނޮވެމްބަރު ތިނެއްގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، މިއަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރައިގެންދާ ފަދަ ތާރީޚީ މުހިންމު ދުވަހެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ ކެރުމާއި، ހިތްވަރާއި، ފަންވަރު އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ވިދާ ބަބުޅައިގެން ދިޔަ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
03 Nov 2026 ހަބަރު

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ
03 Nov 2026 ހަބަރު

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން އެ މުއްދަތުގައި ރިޕޯޓުކުރި ޖުމްލަ 32 މައްސަލައިގެ ތެރެއިން 17 މައްސަލައަކީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ މައްސަލަތަކެވެ.

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
03 Nov 2026 ހަބަރު

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ