އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި
ރޯދަ މަހަށް ޚާއްޞަކޮށް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް އިފުތިތާހުކުރީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ. ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ 10 މާރިޗު 2027 ގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނީ ރަމަޒާން ބާޒާރު ޕްރޮމޯޝަންގައި ވަކި ޕްރޮޑަކްޓުތަކަކުން 50 އިންސައްތައާ ހަމައަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ. ޕްރޮމޯޝަނުގައި ކޮންމެ ދެ ހަފުތާއަކުން، 500 ރުފިޔާ އިން މައްޗަށް ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2,500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 5,000 ރުފިޔާ އިން މައްޗަށް ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްޞަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ލިބޭނެއެވެ.

ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި 100,000 ރުފިޔާ ކަނޑައަޅާފައިވާ އިރު، ޕްރޮމޯޝަން ނިމުމުން ލަކީ ޑްރޯގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އެ ފައިސާގެ އިނާމު ލިބޭނެއެވެ.

ރަމަޒާން ބާޒާރު ފެށުމާ ދިމާކޮށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި މަޝްހޫރު ފްރެންޗައިޒެއް ކަމުގައިވާ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓެއް ވެސް ވަނީ ރަސްމީކޮށް ޢާންމުންނަށް ހުޅުވައިލައިފައެވެ. ހުޅުމާލޭގައި ކުރިން މި ފްރެންޗައިޒްގެ ފިހާރައެއް ހިންގަމުން ދިޔަ ނަމަވެސް، މާލޭގައި ހުޅުވި މިއީ އެ ބްރޭންޑުގެ ފުރަތަމަ އައުޓްލެޓެވެ. ހަމައެއާ އެކު، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރިކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމަށް ޕީޕަލްސް ޗޮއިސް ބޮޑުކޮށް ފުޅާކުރި ސަރަހައްދު ވެސް ވަނީ ހުޅުވައިލައިފައެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓުތަކުގައި ކުރިއަށް ދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް