ހޮޓެލް އޭޝިއާ އެގްޒިބިޝަން އެސްޓީއޯ ސްޓޯލް
ހޮޓެލް އޭޝިއާ އެގްޒިބިޝަން އެސްޓީއޯ ސްޓޯލް
ވިޔަފާރި 28 Sep 2026 | 12:57

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ.

މި އެގްޒިބިޝަން ކުރިއަށްދަނީ މި މަހުގެ 28 އިން ފެށިގެން 30 ގެ ނިޔަލަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.

މިފަހަރުގެ އެގްޒިބިޝަންގައި އެސްޓީއޯގެ ސްޓޯލް ޚާއްސަކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް ޓްރޭޑިންގ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާރޖީގެ ޚިދުމަތްތަކަށެވެ. އެގޮތުން އެސްޓީއޯ ސްޓޯލްގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ލިސްޓްކުރެވިފައިވާ ބާވަތްތަކާއި އެސްޓީއޯ އިލެކްޓްރޯނިކްސްގެ ބައެއް އުފެއްދުންތައް ވަނީ ދައްކާލާފައެވެ. އަދި އެ ކުންފުނިން ރާއްޖެ އެތެރެކުރާ ތަފާތު ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތުވެސް މި ސްޓޯލުން ފޯރުކޮށްދެމުންދާނެއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، އެސްޓީއޯ ސުޕަމާކެޓުން ލިބެންހުންނަ ތަކެތި ބޭނުންކޮށްގެން ވަގުތުން ލުއިކާނާ ތައްޔާރުކޮށްދޭ ސްޓޭޝަނެއް ވަނީ ގާއިމުކޮށްފައިވާކަމަށެވެ. މީގެ އިތުރުން، އެގްޒިބިޝަން ކުރިއަށްދާ 3 ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މާދަމާގެ ވަގުތެއްގައި އެސްޓީއޯ އިން މުޅިން އައު ބްރޭންޑެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާއިރު، އެ ބްރޭންޑްގެ ޕްރޮޑަކްޓް ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމާއި ފޮނިކާތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތުވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އެސްޓީއޯގެ ސްޓޯލް

މި އެގްޒިބިޝަންގައި އެސްޓީއޯ އެނާރޖީގެ ފަރާތުން މިއަހަރު ހާއްސަ އިސްކަމެއް ދީފައިވަނީ ރިޒޯޓު ކަސްޓަމަރުންނަށެވެ. އެގޮތުން ތެޔޮ އުފުލައިދިނުމުގައި އެސްޓީއޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުމާއި، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑްތައް ހުރިނެތްގޮތް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އެސްޓީއޯގެ ސްޓޯލް

އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ވަނީ ރާވާފައެވެ. އެގޮތުން "ރެޖިސްޓަރ އެންޑް ވިން" ހަރަކާތުގެ ދަށުން ސްޓޯލްގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން، ކޮންމެ ދުވަހަކުވެސް ނަސީބުވެރި އެއް ފަރާތް ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "ފޮލޯ އެންޑް ވިން" ހަރަކާތުގައި ބައިވެރިވެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
27 Sep 2026 ވިޔަފާރި

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރ...

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި
24 Sep 2026 ހަބަރު

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އ...

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި
02 Sep 2026 ހަބަރު

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި

ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނި...

އެސްޓީއޯ ހެލްތް ކެއަރ އިން ޕޮކެޓް ސައިޒްގެ ސްކޭން މޮޑެލްތަކެއް ތަޢާރަފް ކޮށްފި
20 Aug 2026 ހަބަރު

އެސްޓީއޯ ހެލްތް ކެއަރ އިން ޕޮކެޓް ސައިޒްގެ ސްކޭން މޮޑެލްތަކެއް ތަޢާރަފް ކޮށްފި

އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖީއީ ހެލްތުކެއާ އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، 'ވީ ސްކޭން‘ ގެ މޮޑެލްތައް އެސ...