N/A
N/A
ވިޔަފާރި 27 Sep 2026 | 08:04

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ.

މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރޭޑިންގ ޕީޕަލްސް ޗޮއިސް އަދި އެނާޖީ ދާއިރާއަށެވެ. ސްޓޯލްގައި ޕީޕަލްސް ޗޮއިސް ސުޕާމާކެޓުން ލިބެން ހުންނަ ބައެއް ޕްރޮޑަކްޓުތައް ބޭނުންކޮށްގެން ވަގުތުން ލުއި ކާނާ ތައްޔާރުކުރާ ސްޓޭޝަނެއް ބެހެއްޓުމަށް ވަނީ ނިންމައިފައެވެ.

ތިން ދުވަހުގެ މި ހަރަކާތުގައި ކޮފީސްޓޭޓްގެ ބައެއް ބުއިންތައް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެގްޒިބިޝަނުގެ ދެ ވަނަ ދުވަހު އެސްޓީއޯއިން މުޅިން އާ ބްރޭންޑެއް ތަޢާރަފުކުރުމަށް ވެސް ވަނީ ރާވައިފައެވެ. އެ ބްރޭންޑުގެ ޕްރޮޑަކްޓް ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމާއި ފޮނި ކާތަކެތި ރަހަ ބެލުމުގެ ފުރުޞަތު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. އޭގެ އިތުރުން އެސްޓީއޯއިން ރާއްޖެއަށް ގެންނަ އެކި ޕްރޮޑަކްޓުތަކާ ގުޅޭ މަޢުލޫމާތު ވެސް ސްޓޯލުން ފޯރުކޮށްދޭނެއެވެ.

އެސްޓީއޯއިން އިތުރަށް ބުނީ އެނާޖީ ދާއިރާއިން މި އެގްޒިބިޝަނުގައި އެސްޓީއޯއިން އިސްކަންދެނީ ރިޒޯޓު ކަސްޓަމަރުންނަށް ކަމަށާ ތެޔޮ އުފުލައިދިނުމުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތަފްޞީލު ދީ ރިޒޯޓު މާކެޓުގެ ކަސްޓަމަރުންގެ ޑިމާންޑުތައް ހުރި ނެތް ގޮތް ދެނެގަތުމަކީ މި ބައިގެ މަޤުޞަދު ކަމަށެވެ.

ޕްރޮމޯޝަނަލް ހަރަކާތެއްގެ ގޮތުގައި "ރެޖިސްޓަރ އެންޑް ވިން" ނަމުގައި ކުރިއަށްގެންދާ ހަރަކާތުގައި ސްޓޯލުގައި ރަޖިސްޓަރީ ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ނަސީބުވެރިއެއް ހޮވައި އިނާމު ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ. ހަމައެހެންމެ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރެއް ލިބޭ "ފޮލޯ އެންޑް ވިން" ހަރަކާތެއް ވެސް ކުރިއަށްދާނެ ކަމަށް ބުންޏެވެ.

ހޮޓެލް އޭޝިއާ 2026 ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި
29 Oct 2026 ވިޔަފާރި

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާ 400 މިލިއަނަށް އެރިއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކޯޕަރޭޓް ގަވަނަންސް އެންމެ ރަނގަޅު ކުންފުންޏަކަށް އެސްޓީއޯ ހޮވިއްޖެ
19 Oct 2026 ވިޔަފާރި

ކޯޕަރޭޓް ގަވަނަންސް އެންމެ ރަނގަޅު ކުންފުންޏަކަށް އެސްޓީއޯ ހޮވިއްޖެ

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ބޮޑަށް އަމަލުކުރާ ކުންފުންޏަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން )އެސްޓީއޯ( ހޮވިއްޖެއެވެ.

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ
28 Sep 2026 ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވ...

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި
24 Sep 2026 ހަބަރު

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އ...