މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ހަބަރު 17 Nov 2026 | 21:59

ރައީސް، އިދިކޮޅަށް: ހިޔާލީ ދުނިޔެއެއްގައި ތިބޭ، ސަރުކާރުން ރައްޔިތުންނާއެކީ ހަގީގީ ދުނިޔޭގައި ދާނީ ކުރިއަށް

އިދިކޮޅު މީހުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި ސަރުކާރުން ރައްޔިތުންނާއެކީ ހަގީގީ ދުނިޔޭގައި ދާނީ ކުރިއަށް ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ މި ރައްދު ދެއްވީ މިރޭ އޮތް ހާއްސަ ޖަލްސާގަ އެވެ. މިރޭގެ ޖަލްސާ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާ އެކެވެ.

ހުޅުމާލެ، ސެންޓަރަލް ޕާކުގައި މިހާރު ޖަހާފައިވާ ބޮޑު ޓެންޓްގައި މިރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ހުސް ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ވާހަކަ ދައްކަވާނީ ނަތީޖާއިން ކަމުގައި ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވި އެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން. ހުސް ވާހަކައެއް ނުދައްކާނަން. އަޅުގަނޑުމެން އުޅޭނީ ޙަޤީޤީ ދުނިޔޭގައި. އިދިކޮޅު މީހުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި އަޅުގަނޑުމެންދާނީ ރައްޔިތުންނާއެކީ ޙަޤީޤީ ދުނިޔޭގައި ކުރިއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ސަރުކާރުގެ ގިނަ ކާމިޔާބީ ފާހަގަ ކުރަައްވާ އެކަންކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރައްވަ އެވެ. ރަައީސް ވަނީ ވަތަނީ ހިދުމަތުގެ ޕްރަގްރާމްގެ ކާމިޔާބާއި ޒުވާން ޙާފިޒުންގެ ޕްރަގްރާމްގެ ކާމިޔާބީ އާއި އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރެއްވި މަސައްކަތްޕުޅާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި އަދި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅުތައް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާކީ އޮތީ 200 ހެކްޓަރު، ރަސްމާލޭން 800 ހެކްޓަރުގެ ބިން ހިއްކައިފި
17 Nov 2026 ހަބަރު

ބާކީ އޮތީ 200 ހެކްޓަރު، ރަސްމާލޭން 800 ހެކްޓަރުގެ ބިން ހިއްކައިފި

ސަރުކާރުގެ އަމާޒަކީ ރަަސްމާލޭގެ 1009 ހެކްޓަރުގެ ބިން މި އަހަރުގެ ނިޔަލަށް ހިއްކާ ނިންމުމެވެ.

މި ދައުރު ނިމުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ހުރިހާ އެއާޕޯޓެއް ހުޅުވާނަން: ރައީސް ޑރ. މުއިއްޒު
17 Nov 2026 ހަބަރު

މި ދައުރު ނިމުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ހުރިހާ އެއާޕޯޓެއް ހުޅުވާނަން: ރައީސް ޑރ. މުއިއްޒު

ރައީސް ވިދާޅުވީ މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ އަހަރު ކަމަށެވެ. އެގޮތުން، އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިން އަހަރުން 25 ބިލިއަން ރުފިޔާ، ބިލުތަކަށް ދައްކައިފިން: ރައީސް
17 Nov 2026 ހަބަރު

ތިން އަހަރުން 25 ބިލިއަން ރުފިޔާ، ބިލުތަކަށް ދައްކައިފިން: ރައީސް

އަދި މިއީ އަމިއްލަ ކުންފުނިތައް އަލުން ކޮޅަށް ތެދުވެ ކުރިއަށްދާން ލިބުނު ވަރަށް ފަހި ފުރުސަތެއް ކަމުގައި ވިދާޅުވި އެވެ.

މާލޭ ކޯޓް ކޮންޕްލެކްސްގެ ބިންގާ އަޅައިފި
17 Nov 2026 ހަބަރު

މާލޭ ކޯޓް ކޮންޕްލެކްސްގެ ބިންގާ އަޅައިފި

އެ ކުންފުނިން މި މަސައްކަތް 720 ދުވަސްތެރޭގައި ނިންމަންޖެހެ އެވެ.

ރަށްރަށަށް ބޭސް ފޮނުވަން ބޭނުންކުރަން ގެނައި ދެ ޑްރޯން ސްޓޭޓްފާމާއާ ހަވާލުކޮށްފި
17 Nov 2026 ހަބަރު

ރަށްރަށަށް ބޭސް ފޮނުވަން ބޭނުންކުރަން ގެނައި ދެ ޑްރޯން ސްޓޭޓްފާމާއާ ހަވާލުކޮށްފި

ސްޓޭޓް ފާމާ އިން މިއަދު ވަނީ ދެ ޑްރޯން ނޫސްވެރިންނަށް ދައްކާލާ ޑްރޯން އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމާފައިވާ ސަބަބުތައް ސާފުކޮށް ދީފަ އެވެ.

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަނީ
17 Nov 2026 ހަބަރު

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަނީ

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަން ވަނީ ވިދާޅުވެފަ އެވެ.

ހަފްތާއެއްތެރޭ މަކާރާ ހީލަތުން 600،000ރ ފޭރިއްޖެ، ހަތަރުލައްކަ ހޯދައިފި
17 Nov 2026 ހަބަރު

ހަފްތާއެއްތެރޭ މަކާރާ ހީލަތުން 600،000ރ ފޭރިއްޖެ، ހަތަރުލައްކަ ހޯދައިފި

މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ.

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި
17 Nov 2026 ހަބަރު

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި އެވެ.