މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ހަބަރު 17 Nov 2026 | 19:46

ތިން އަހަރުން 25 ބިލިއަން ރުފިޔާ، ބިލުތަކަށް ދައްކައިފިން: ރައީސް

އަމިއްލަ ކުންފުނިތަކާއި އެކި ފަރާތްތަކަށް ފާއިތުވި ތިން އަހަރު ތެރޭ 25 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން މިރޭ ސެންޓްރަލް ޕާކުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ރައީސް ވަނީ މިދިޔަ ތިން އަހަރު ސަރުކާރުން ހާސިލުކޮށްފައިވާ މުހިންމު ކަންކަން ހިމެނޭހެން ޕްރެޒެންޓޭޝަނެއްގެ ގޮތުގައި އެކަންކަން ހިއްސާކުރައްވާފަ އެވެ.

އެއް ކަމަކަށް އެމަނިކުފާނު ފާހަގަ ކުރެއްވީ ކުރީ ސަރުކާރުން ދައުލަތުގެ އެކި މަސައްކަތްތައް ކުރުވުމަށް ފަހު އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާގެ މައްސަލަ ހައްލުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލްތައް ހިމެނޭހެން އަމިއްލަ ކުންފުނިތަކާއި އެކި ފަރާތްތަކަށް ފާއިތުވި ތިން އަހަރު ތެރޭ 25 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ރައީސް ވިދާޅުވީ އެ ފައިސާ ކުންފުނިތަކަށް ދެއްކީ ބޭރުގެ ދަރަނިވެސް ދައްކަމުން އިގްތިސާދު މެނޭޖްކުރައްވަމުން ކަމަށެވެ. އަދި ހަރަދުތައް ބޮޑުވި ނަމަވެސް ބަޖެޓު ޑެފިސިޓްވެސް ހިފަހައްޓަމުން ކަމަށެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އަދި މިއީ އަމިއްލަ ކުންފުނިތައް އަލުން ކޮޅަށް ތެދުވެ ކުރިއަށްދާން ލިބުނު ވަރަށް ފަހި ފުރުސަތެއް ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި 2023 ވަނަ އަހަރު އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 124 އިންސައްތާގައިކަން ފާހަގަކުރެއްވި އެވެ. އެހެން ކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަންދިނީ ކުރީ ސަރުކާރުން ވާރުތަވީ ނުދައްކައި ހުރި ބިލުތަކަށް ފައިސާ ދައްކަވައި ހަލާސްކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ތިން އަހަރުވީއިރު އެކަމުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"މިދިޔަ އަހަރާއި އޭގެ ކުރީ އަހަތުގައި ނުދައްކާހުރި ބިލްތަކުގެ ތެރެއިން 1.55 ބިލިއަން ރުފިޔާގެ ބިލް ދައްކައިފިން. އަދި މިދިޔަ ތިން އަހަރުގެތެރޭގައި އެކިއެކި ކުންފުނިތަކުގެ ބިލްތަކަށް އެކަނިވެސް 25 ބިލިއަން ރުފިޔާގެ ޕޭމަންޓް ހަދައިފިން،" ރައީސް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ދައުރު ނިމުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ހުރިހާ އެއާޕޯޓެއް ހުޅުވާނަން: ރައީސް ޑރ. މުއިއްޒު
17 Nov 2026 ހަބަރު

މި ދައުރު ނިމުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ހުރިހާ އެއާޕޯޓެއް ހުޅުވާނަން: ރައީސް ޑރ. މުއިއްޒު

ރައީސް ވިދާޅުވީ މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ އަހަރު ކަމަށެވެ. އެގޮތުން، އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭ ކޯޓް ކޮންޕްލެކްސްގެ ބިންގާ އަޅައިފި
17 Nov 2026 ހަބަރު

މާލޭ ކޯޓް ކޮންޕްލެކްސްގެ ބިންގާ އަޅައިފި

އެ ކުންފުނިން މި މަސައްކަތް 720 ދުވަސްތެރޭގައި ނިންމަންޖެހެ އެވެ.

ރަށްރަށަށް ބޭސް ފޮނުވަން ބޭނުންކުރަން ގެނައި ދެ ޑްރޯން ސްޓޭޓްފާމާއާ ހަވާލުކޮށްފި
17 Nov 2026 ހަބަރު

ރަށްރަށަށް ބޭސް ފޮނުވަން ބޭނުންކުރަން ގެނައި ދެ ޑްރޯން ސްޓޭޓްފާމާއާ ހަވާލުކޮށްފި

ސްޓޭޓް ފާމާ އިން މިއަދު ވަނީ ދެ ޑްރޯން ނޫސްވެރިންނަށް ދައްކާލާ ޑްރޯން އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމާފައިވާ ސަބަބުތައް ސާފުކޮށް ދީފަ އެވެ.

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަނީ
17 Nov 2026 ހަބަރު

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަނީ

ޕާކިސްތާނު ސަރުކާރުގެ އެހީގަައި މަރުކަޒުގެ ކާޕެޓް އައުކުރަން ވަނީ ވިދާޅުވެފަ އެވެ.

ހަފްތާއެއްތެރޭ މަކާރާ ހީލަތުން 600،000ރ ފޭރިއްޖެ، ހަތަރުލައްކަ ހޯދައިފި
17 Nov 2026 ހަބަރު

ހަފްތާއެއްތެރޭ މަކާރާ ހީލަތުން 600،000ރ ފޭރިއްޖެ، ހަތަރުލައްކަ ހޯދައިފި

މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ.

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި
17 Nov 2026 ހަބަރު

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި
17 Nov 2026 ހަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން މަޤާމެއް ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަލުން ހުޅުވާލައިފިއެވެ.

‏އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
17 Nov 2026 ހަބަރު

‏އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ.