މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ބިދޭސީންގެ %99 މީހުންގެ ބަޔޯމެޓްރިކްސް ނަގައިފި، 13،000 ބިދޭސީން ޑީޕޯޓް

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތާއެކު މިދިޔަ ތިން އަހަރު 13،000 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ސަރުކާރަށް ތިން އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރެއްވި އެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ކާމިޔާބީވެސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށްް އުޅެމުންދިޔަ 13،000 ވުރެ ގިނަ ބިދޭސީން މިދިޔަ ތިން އަހަރުތެރޭ ރާއްޖޭން ފޮނުވާލާފައިވާ ކަމަށެވެ. މިއީ ކުރީ ދައުރުތަކުގައި ކުރެވުނު މަސައްކަތާއި ބަލާއިރު ވަރަށް މަތީ ކާމިޔާބީއެއް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި އުޅޭ. ބިދޭސީންގެ މައުލޫމާތާއި އެ މީހުންގެ އަދަދު ހޯދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 99 އިންސައްތަ ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ. އެގޮތުން ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާ މައުލޫމާތު އެއްކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ.

"މި އަދަދަކީ، ދުނިޔޭގެ އެންމެ އެންމެ އިންސައްތަ ޤައުމުން ހާސިލުކުރެވިފައިވާ އަދަދެއް. އެކަމަކު ރާއްޖެއިން މިއޮތީ ހާސިލުކޮށްފައި،" ރައީސް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް