ރެއާލް އާއި ސެލްޓަވީގޯ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ގެޓީ އިމޭޖް
ރެއާލް އާއި ސެލްޓަވީގޯ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ގެޓީ އިމޭޖް
ކުޅިވަރު 23 Nov 2026 | 08:59

ސެލްޓާ ވިގޯއާ ދެކޮޅަށް ރެއާލް މެޑްރިޑުން ހޯދި އުނދަގޫ މޮޅާއެކު މޮރީނިއޯގެ ތައުރީފު ކުޅުންތެރިންނަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓާ ވިގޯ ބައްދަލުކުރި މެޗް އުނދަގޫ ކުޅުމަކަށްފަހު ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުން ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް، އެ ޓީމުން ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ހީކުރި ވަރަށްވުރެ ބޮޑު ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސެލްޓާ ވިގޯއިންނެވެ. މެޗު ފެށިގެން ހަވަނަ މިނެޓުގައި ޕަބްލޯ ޑުރާން ކާމިޔާބުކޮށްދިން މި ލަނޑާއެކު ރެއާލް މެޑްރިޑަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް، ދެވަނަ ހާފުގައި ރެއާލްއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ޖޫޑް ބެލިންހަމް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކާލޯސް އެސްޕީ ޖެހި ލަނޑުތަކުން ރެއާލް މެޑްރިޑް ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މި މެޗުގައި ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ އަތުން ވަނީ ޕެނަލްޓީއެއްވެސް ބޭކާރުވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މޮރީނިއޯ ބުނީ، ބައިނަލްއަގުވާމީ ބްރޭކަށްފަހު ކުޅުންތެރިން ޓީމާ ގުޅުނުއިރު ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. ގިނަ ކުޅުންތެރިންތަކެއް ދިގު ދަތުރުތަކެއް ކޮށްފައިވުމާއި، ބައެއް ކުޅުންތެރިން މެޗުގެ ދެތިން ދުވަސް ކުރިން ޓީމާ ގުޅުމަކީ ކުޅުމަށް އޭގެ އަސަރު ފޯރި ސަބަބެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަހަރެން ހީކުރީ މިއީ އުނދަގޫ މެޗަކަށް ވާނެ ކަމަށް، އެކަމަކު މިހާ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހޭނެ ކަމަކަށް އުންމީދެއް ނުކުރަން. ސެލްޓާ ވިގޯއިން ދެއްކީ ވަރަށް މޮޅު ކުޅުމެއް. އަހަރެމެންގެ ބައެއް ކުޅުންތެރިން 12 ގަޑިއިރުގެ ދަތުރުތައް ކޮށްފައި ތިބިއިރުވެސް، މޮޅުވުމަށް އެމީހުން ދެއްކި ހިތްވަރަށް ތައުރީފު ހައްގު،" މޮރީނިއޯ ބުންޏެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިއަކީ އުމުރުން 21 އަހަރުގެ ކާލޯސް އެސްޕީއެވެ. އޭނާ މި ސީޒަނުގައި ދަނޑުމަތިން މަދު ވަގުތުތަކަކަށް ފެނުނު ނަމަވެސް ލިބޭ ފުރުސަތުތަކުގައި ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެސްޕީއަކީ މިވަގުތު ޔޫރަޕުގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، ކުޅުނު މިނެޓަށް ނިސްބަތްކޮށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 44 މިނެޓުގެ ތެރޭގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

މޮރީނިއޯ ބުނީ އެސްޕީއަކީ ފްލެކްސިބަލް ކުޅުންތެރިއެއް ކަމަށާއި، އޭނާ މިވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންޖެހުމުން އެކަމާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި އޭނާއަށް ކުރިއަށް އޮތް ތަނުގައި ފުރަތަމަ އެގާރައިން ފުރުސަތު ދިނުމަށް ވިސްނަމުންދާ ކަމަށްވެސް މޮރީނިއޯ ހާމަކުރިއެވެ.

މީގެ އިތުރުން، މި މެޗުގައި ފުރަތަމަ އެގާރައިގައި ނުހިމެނޭ ވިނީޝިއަސް ޖޫނިއާއާ ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން މޮރީނިއޯ ބުނީ، އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅޭ މެޗުގައި ވިނީޝިއަސް ފުރަތަމަ އެގާރައިގައި ހިމެނޭނެ ކަމަށެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ ތާވަލުގެ ކުރީގައި އޮތް މަގާމު އިތުރަށް ވަރުގަދަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާސެލޯނާ މޮޅުވެ، ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
23 Nov 2026 ކުޅިވަރު

ބާސެލޯނާ މޮޅުވެ، ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

ބާސެލޯނާ މެޗުން މޮޅުވި ލަނޑަކީ ވިޔަރެއާލްގެ ޕައު ނަވާރޯ އަތުން ބައިކޮށް ވަން ލަނޑެކެވެ.

ހަލް މެޗުން ބްރައިޓަން ބަލިވުމުން ހުރިހާ މޮޅެއް އާސެނަލަށް
23 Nov 2026 ކުޅިވަރު

ހަލް މެޗުން ބްރައިޓަން ބަލިވުމުން ހުރިހާ މޮޅެއް އާސެނަލަށް

މި މެޗުން މޮޅުވެގެން ތާވަލުގެ ކުރީގައި އޮތް އާސެނަލްއާ ތިން ޕޮއިންޓަށް ގާތްވުމުގެ ފުރުސަތު ބްރައިޓަން އަށް އޮތެވެ

ޕޮޗެޓީނޯގެ ފުރަތަމަ މެޗުން ހިތްދަތި ނަތީޖާއެއް
23 Nov 2026 ކުޅިވަރު

ޕޮޗެޓީނޯގެ ފުރަތަމަ މެޗުން ހިތްދަތި ނަތީޖާއެއް

މި ބޮޑު ނަތީޖާއަކީ 1926 ވަނަ އަހަރަށްފަހު ޔުނައިޓެޑުގެ އާ ކޯޗަކު ހަވާލުވި ފުރަތަމަ މެޗުގައި އެ ޓީމު ބަލިވި އެންމެ ބޮޑު ނަތީޖާއެވެ

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.