އާސެނަލް އާއި ސްލާވިއާ ޕްރާގު ބައްދަލުކުރި މެޗްގެ ތެރެއިން... ފޮޓޯ: ސްކައި
އާސެނަލް އާއި ސްލާވިއާ ޕްރާގު ބައްދަލުކުރި މެޗްގެ ތެރެއިން... ފޮޓޯ: ސްކައި
ކުޅިވަރު 05 Nov 2026 | 03:49

ސްލާވިއާ ޕްރާގުގެ އަތުން އާސެނަލް ހަނިގޮތަކަށް މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕަރަގުއޭގެ ސްލާވިއާ ޕްރާގާއ އާސެނަލް ބައްދަލުކުރިމެޗް ހަނިގޮތަކަށް އާސެނަލުން ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗް، ސްލާވިއާގެ މައްޗަށް އާސެނަލް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ.

ޗެކް ރިޕަބްލިކްގެ ފޯޗޫނާ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ނޯނީ މަޑުއޭކޭ ލަނޑެއް ޖަހައި ލީޑު ހޯދައިދިންއިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަ ގިޔޮކެރޭސްއެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

އާސެނަލުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ސްލާވިއާ ޕްރާގުން ވަނީ ކުޅުން ރަނގަޅުކޮށް، އާސެނަލްގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ ފަހުކޮޅު ވިކްޓަ ނޯވަކް ޖެހި ލަނޑާއެކު މެޗުގެ ފޯރި ގަދަވެގެންދިޔައިރު، އާސެނަލް މޮޅުވީ ކީޕަރު ޑޭވިޑް ރާޔާ ދެއްކި މޮޅު ސޭވްތަކާއި، ޑިފެންޑަރު ގެބްރިއަލް މަގަލްހައެސް ގޯލު ރޮނގުމަތިން ސަލާމަތްކުރި ބޯޅައާއެކުގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، ފުރަތަމަ ހާފުގައި އާސެނަލުން ދެއްކީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކަމަށާއި، ނަމަވެސް ދެވަނަ ހާފުގައި ކޮންޓްރޯލް ގެއްލި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ކުޅޭ މެޗުތަކަކީ އަބަދުވެސް ގޮންޖެހުން ބޮޑު މެޗުތަކެއްކަން އޭނާ ފާހަގަކުރިއެވެ.

މި މޮޅާއެކު އާސެނަލް ވަނީ ޗެމްޕިއަންސް ލީގުގެ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މިއީ މި މުބާރާތުގައި މިހާތަނަށް އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ހޯދި ތިންވަނަ މޮޅެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހާލާންޑްގެ ލަނޑާއެކު ލައިޕްޒިގު އަތުން ސިޓީއަށް މުހިންމު މޮޅެއް
05 Nov 2026 ކުޅިވަރު

ހާލާންޑްގެ ލަނޑާއެކު ލައިޕްޒިގު އަތުން ސިޓީއަށް މުހިންމު މޮޅެއް

މެޗުން ސިޓީ މޮޅުވީ 78 ވަނަ މިނެޓުގައި އެލިއަޓް އެންޑަސަން ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާގެ ކެރިއަރުގައި ލައިޕްޒިގާ ދެކޮޅަށް ޖެހި 13 ވަނަ ލަނޑެވެ. މެޗުގެ އެންމެފަހު ވަގުތުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

ރަފީނިއާ އާއި ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން އެސްޓަންވިލާ ބަލިކޮށްފި
04 Nov 2026 ކުޅިވަރު

ރަފީނިއާ އާއި ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން އެސްޓަންވިލާ ބަލިކޮށްފި

ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗް އެސްޓަންވިލާގެ މައްޗަށް އެޓީމް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ދިޔައީ ބާސެލޯނާގެ ޔަމާލް އާއި ރަފީނިއާގެ މޮޅު ކުޅުމެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ރޯމާ ބަލިކޮށް ނާކާމިޔާބީގެ ސިލްސިލާ ނިންމާލައިފި
04 Nov 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑުން ރޯމާ ބަލިކޮށް ނާކާމިޔާބީގެ ސިލްސިލާ ނިންމާލައިފި

މެޗުގެ ފަހުކޮޅު ކޫންޔާއަށް ދެއްކި ރަތް ކާޑާއެކު ޔުނައިޓެޑަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި ނަމަވެސް، އެ ޓީމުން ވަނީ ރޯމާގެ ހަމަލާތައް ހުއްޓުވައި މެޗުން މޮޅުވެފައެވެ. މިއީ ކޯޗު މައިކަލް ކެރިކަށް ލިބުނު ވަރަށް މުހިންމު މޮޅެކެވެ.

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި
03 Nov 2026 ކުޅިވަރު

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި

މި ބަދަލު ގެނައީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ސައޫދީ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށްފަހުގައެވެ.

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.