ސިޓީގެ ހާލާންޑް، ލަނޑުޖެހުމަށްފަހު... ފޮޓޯ: ސްކައި
ސިޓީގެ ހާލާންޑް، ލަނޑުޖެހުމަށްފަހު... ފޮޓޯ: ސްކައި
ކުޅިވަރު 05 Nov 2026 | 04:04

ހާލާންޑްގެ ލަނޑާއެކު ލައިޕްޒިގު އަތުން ސިޓީއަށް މުހިންމު މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްައި ރޭ މެންޗެސްޓަރ ސިޓީ އާއި ލައިޕްޒިގް ބައްދަލުކުރި ފޯރިގަދަ މެޗް މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.

ލައިޕްޒިގްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. ސިޓީން މި މެޗަށް ނިކުތްއިރު ޕްރިމިއާ ލީގްގައި އެޓީމް އެންމެފަހުން ބްރައިޓަން އަތުން ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލައިޕްޒިގުން މޮޅަށް ކުޅެމުން ދަނިކޮށް، ސިޓީއަށް ކުރިލިބުނީ އެ ޓީމުގެ ލުކޭބާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލައިޕްޒިގުގެ ރިޑްލް ބަކޫ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސިޓީން ދެވަނަ ފަހަރަށް ލީޑު ނެގީ އެންޒޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އެހެންނަމަވެސް، އޭގެ ތިން މިނެޓު ފަހުން ލައިޕްޒިގުގެ ނޫސާ ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުން ސިޓީ މޮޅުވީ 78 ވަނަ މިނެޓުގައި އެލިއަޓް އެންޑަސަން ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާގެ ކެރިއަރުގައި ލައިޕްޒިގާ ދެކޮޅަށް ޖެހި 13 ވަނަ ލަނޑެވެ. މެޗުގެ އެންމެފަހު ވަގުތުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

މި މެޗުގައި ސިޓީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާގެ ފަރާތުން ފެނުނު ބައެއް ގޯސްތަކުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް ލައިޕްޒިގުން ޖެހި ފުރަތަމަ ލަނޑުގައި އޭނާގެ އިހުމާލު ބޮޑުކަން ފާހަގަކުރެވުނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ހާލަންޑް ބުނީ، ލައިޕްޒިގަކީ އަބަދުވެސް އުނދަގޫ ޓީމެއް ކަމަށާއި، މި މޮޅާއެކު ޓީމުގެ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް ޓީމުގެ ކުޅުން މިއަށްވުރެ ބޮޑަށް ރަނގަޅުކޮށް، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ. މި މޮޅާއެކު ސިޓީ މިހާރު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

 ސްލާވިއާ ޕްރާގުގެ އަތުން އާސެނަލް ހަނިގޮތަކަށް މޮޅުވެއްޖެ
05 Nov 2026 ކުޅިވަރު

ސްލާވިއާ ޕްރާގުގެ އަތުން އާސެނަލް ހަނިގޮތަކަށް މޮޅުވެއްޖެ

މި މޮޅާއެކު އާސެނަލް ވަނީ ޗެމްޕިއަންސް ލީގުގެ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މިއީ މި މުބާރާތުގައި މިހާތަނަށް އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ހޯދި ތިންވަނަ މޮޅެވެ

ރަފީނިއާ އާއި ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން އެސްޓަންވިލާ ބަލިކޮށްފި
04 Nov 2026 ކުޅިވަރު

ރަފީނިއާ އާއި ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން އެސްޓަންވިލާ ބަލިކޮށްފި

ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗް އެސްޓަންވިލާގެ މައްޗަށް އެޓީމް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ދިޔައީ ބާސެލޯނާގެ ޔަމާލް އާއި ރަފީނިއާގެ މޮޅު ކުޅުމެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ރޯމާ ބަލިކޮށް ނާކާމިޔާބީގެ ސިލްސިލާ ނިންމާލައިފި
04 Nov 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑުން ރޯމާ ބަލިކޮށް ނާކާމިޔާބީގެ ސިލްސިލާ ނިންމާލައިފި

މެޗުގެ ފަހުކޮޅު ކޫންޔާއަށް ދެއްކި ރަތް ކާޑާއެކު ޔުނައިޓެޑަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި ނަމަވެސް، އެ ޓީމުން ވަނީ ރޯމާގެ ހަމަލާތައް ހުއްޓުވައި މެޗުން މޮޅުވެފައެވެ. މިއީ ކޯޗު މައިކަލް ކެރިކަށް ލިބުނު ވަރަށް މުހިންމު މޮޅެކެވެ.

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި
03 Nov 2026 ކުޅިވަރު

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި

މި ބަދަލު ގެނައީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ސައޫދީ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށްފަހުގައެވެ.

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.