ރަފީނިއާ އާއި ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން އެސްޓަންވިލާ ބަލިކޮށްފި
ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ސްޕެއިންގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ އެސްޓަން ވިލާ ބައްދަލުކުރިމެޗް ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗް އެސްޓަންވިލާގެ މައްޗަށް އެޓީމް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ދިޔައީ ބާސެލޯނާގެ ޔަމާލް އާއި ރަފީނިއާގެ މޮޅު ކުޅުމެވެ.
މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ޔަމާލް ވަނީ ބާސެލޯނާއަށް ކުރި ހޯދައިދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ތެރެއިން ފެނިގެންދިޔަ އިތުރު ލަނޑެކެވެ. ޔޮއާއޮ ގޯމޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ތަރި ލަމީން ޔަމާލެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މީގެ އިތުރުން އޭނާ ވަނީ 11 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މެޗުގެ ފުރިހަމަ ކޮންޓްރޯލް ބާސެލޯނާއިން ނެގީ ދެވަނަ ހާފު ފެށިގެން ރަފީނިއާ ކާމިޔާބުކުރި ދެ ލަނޑުންނެވެ..
މި ނަތީޖާއާއެކު، މުބާރާތުގައި މޮޅުވަމުން އައި އެސްޓަން ވިލާގެ ސިލްސިލާއަށް ނިމުމެއް އައީ، އެ ޓީމުގެ ކޯޗު އުނައި އެމެރީގެ 55 ވަނަ އުފަންދުވަހުއެވެ. މި މޮޅާއެކު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާ ވަނީ ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. މި މެޗަކީ ފާއިތުވެދިޔަ 46 އަހަރުގެ ތެރޭގައި ކޭމްޕް ނޯގައި އެސްޓަންވިލާއިން ކުޅުނު ފުރަތަމަ މެޗެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް