ރައީސް މިރޭ ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސ ްއޮފީސް
ރައީސް މިރޭ ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސ ްއޮފީސް
ހަބަރު 14 Nov 2026 | 22:25

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު

އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ، އެކަކު އަނެއްކެއްގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރާ ބަޔަކަށް ދިވެހީން ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙު ކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމު ކުރުން ކަމަށެވެ. އަދި އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި، މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތްކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި މީހުން ދަށްކޮށްލުން ފަދަ ނާތަހުޒީބު ކަންކަމުން މުޖުތަމަޢު ދުރުހެލިވާން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހީންގެ މި ފަދަ މަތިވެރި އިންސާނީ އިސްލާމީ އަޚްލާޤުގެ ސަބަބުން ދިވެހީންނަށް ލިބޭ އިލާހީ މަދަދުތަކަށް ދިވެހީންގެ ދުޝްމަނުން ދިވެހިންދެކެ ބިރުގަންނަކަން ވެސް އިބްނު ބަތޫޠާ ފާހަގަކުރައްވާފައިވޭ. އެހެންވީމާ، ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ އިޙްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެކެވެ. އޭގެ މޭވާއަކީ ހިތްތަކަށް ލިބޭ ފުން ތަސައްލީއެއް ކަމަށާއި، ނަފްސާނީ ޢިލްމުވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީ މުޖުތަމަޢުގައި ކުލުނާއި ގާތްކަން އިތުރުވެ، އަމާންކަމާއި ހަމަޖެހުން ޤާއިމުވާ މައިގަނޑު ސަބަބެވެ.

ހަމައެއާއެކު، އިޙްތިރާމް ކުރުމަކީ ހަމައެކަނި ވަކި ދާއިރާއަކަށް އޮތް ކަމެއް ނޫން ކަމަށާއި، މަގުމައްޗަށާއި، ގުދުރަތީ ވެއްޓަށާއި، މަދަރުސާތަކަށާއި، އަދި އޮފީސްތަކާއި ތިމާގެ ޒިންމާތަކަށްވެސް ފުރިހަމައަށް އިޙްތިރާމް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފެއްޓެވުމުގެ މައިގަނޑު މަގްސަދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް، އަދި މިހާރު ނެތެމުންދާ ރިވެތި އަޚްލާޤު އިޔާދަކުރުމެވެ.

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ
14 Nov 2026 ހަބަރު

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ

ހީނާ ވިދާޅުވީ މި މަޝްރޫޢަކީ އަންނަން އޮތް ޖީލުތަކުގެ ދެމިއޮތުމަށާއި، އިންސާނީ ބިނާކުރުމަށްޓަކައި ދިވެހި ވެރިޔަކު މިހާތަނަށް ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތްޕުޅުކަމަށެވެ. .

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
14 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފުލުހުން ވަނީ، މިއަދު މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ފުލުހުން ބުނީ އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ފަށާފައިވާކަމަށެވެ

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
14 Nov 2026 ހަބަރު

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް
14 Nov 2026 ހަބަރު

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، ކަރާމާތްތެރި އަދި އަބުރުވެރި ބަޔަކަށް ހައްދަވައި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި
14 Nov 2026 ހަބަރު

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި

ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭގެ މި ދެބޯޓަކީ، މައިގަނޑު ގޮތެއްގައި އެމެރިކާގެ މެރިން ކޯޕްސްއިން ހަމަލާތަކަށް އެހީތެރިވުމަށާއި، ސިފައިން އުފުލުމަށާއި، އަދި ހަނގުރާމައިގެ ލޮޖިސްޓިކްސްއަށް ބޭނުންކުރާ، މެދު ފަންތީގެ ލިފްޓު އުފުލާ ޓިލްޓްރޯޓަރ (ހެލިކޮޕްޓަރެއްގެ ސިފަ އެކުލެވިގެންވާ) ބޯޓެކެވެ.

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
14 Nov 2026 ހަބަރު

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ

ހަވާ އެރުވުމަށް ހަމަޖައްސާފައިވަނީ 09:30 އިން ފެށިގެން 10:30 ހާ ދެެމދުގެ ވަގުތެއްގައި ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ