"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު
ފޮޓޯ: ރައީސް އޮފީސް
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ރައީސް އޮފީސް
ހަބަރު 14 Nov 2026 | 21:31

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ

ޤައުމަކަށް މޮޅާއި ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާޤީ ސިފަތަކުގެ މައްޗަށް ބަލައިގެން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ރަސްމީކޮށް އިފްތިތާޙުކުރެވުނު "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހީނާ ވިދާޅުވީ މި މަޝްރޫޢަކީ އަންނަން އޮތް ޖީލުތަކުގެ ދެމިއޮތުމަށާއި، އިންސާނީ ބިނާކުރުމަށްޓަކައި ދިވެހި ވެރިޔަކު މިހާތަނަށް ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތްޕުޅުކަމަށެވެ. .

ވަޒީރު ހީނާގެ ވާހަކަފުޅުގައި، މީގެ 700 އެއްހާ އަހަރު ކުރިން ރާއްޖެ ޒިޔާރަތްކުރެއްވި މަޝްހޫރު ސައްޔާޙު އިބްނު ބަތޫތާގެ ލިޔުންވުންތަކަށް އަލިއަޅުއްވާލެއްވިއެވެ. ދިވެހިންނަކީ ސުލްޙަވެރި، ދީންވެރި އަދި ތެދުވެރި ބައެއްގެ ގޮތުގައި އިބްނު ބަތޫތާ ފާހަގަކުރައްވާފައިވާކަން ހަނދާންކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، ބަޔަކު ޙަޟާރަތެއްގެ ވެރި ބަޔަކަށް ވަނީ ހަމައެކަނި ރީތި ޢިމާރާތްތަކަކުން ނޫން ކަމަށާއި، އެކަމުގެ އަސްލު ބިންގަލަކީ އެ ބައެއްގެ ކިބައިގައި ހުންނަ އަޚުލާޤީ ސިފަތައް ކަމަށެވެ. އަދި އަދަބާއި އިޙްތިރާމަކީ މުޖުތަމަޢެއްގެ ފުރާނަ ކަމަށާއި، ކާބަފައިންނަކީ ދީނަށާއި، ބޮޑެތި މީހުންނަށާއި، އަވަށްޓެރިންނަށް ކަމޭހިތައިގެން ދަރިން ތަރުބިއްޔަތުކުރި ބައެއްކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް މިއަދުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ވަޒީރު ވިދާޅުވީ، ޒަމާނަށް އައި ބަދަލުތަކާއެކު ދިވެހިންގެ އުޅުމާއި ގުޅުމަށް ނޭދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ބޮޑެތި މީހުންގެ ފަރާތުން ފެންނަންޖެހޭ ރިވެތި ނަމޫނާ ކުޑަކުދިންނަށް ނުފެނުމާއި، އިސްރަށްވެހިންނަށް އިޙްތިރާމް ކުޑަވުމާއި، މީހުންގެ އަބުރު ކަތިލުމަށް ދޫތައް ވީއްލިފައިވުން ފަދަ ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ބަންގީގެ އަޑުއިވޭ ހިނދު ކުޅިވަރާއި ކޮފީ މޭޒުތަކުގައި ވަގުތު ބޭކާރުކުރުމާއި، އިސްލާމީ މިންގަނޑުން ބޭރުން ހެދުން އެޅުމާއި، މަގުމަތީގެ އަމާންކަން ގެއްލި ފުރައްސާރަކުރުން އިތުރުވެފައިވާކަން ވެސް ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

އިޙްތިރާމަކީ ފައިސާއަކުން އަގުނުކުރެވޭނެ، ކޮނޑުއަޅައިގެން ނުއުފުލޭނެ، ދުލުން ބަޔާންކޮށްދިނުމަށް ނުކުޅެދޭނެ އަދި ހިސާބަކުން ޢަދަދު ނުކުރެވޭނެ ފަދަ މަތިވެރި މުއްސަނދިކަމެއް

ވަޒީރު ހީނާ

މީގެއިތުރުން، މީގެ 38 އަހަރު ކުރިން ރާއްޖޭގެ މަޝްހޫރު އަދީބު، އަލްމަރުޙޫމް އަލްއުސްތާޛު އިބްރާހީމް ޝިހާބު ދޫކުރައްވާފައިވާ ޢިބްރަތްތެރި ނަޞޭޙަތްޕުޅު ވަޒީރު ހަނދާންކޮށްދެއްވިއެވެ. އެއީ ދިވެހީންގެ އަޚްލާޤިއްޔާތު ދުވަހުން ދުވަހަށް ދަށަށްދާ ސަބަބުތައް ދެނެގަނެ، އެކަންކަން އިޞްލާޙުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

ކާބަފައިންގެ ޒަމާނުގައި މައިންބަފައިންނަށާއި، މުދައްރިސުންނަށާއި، އިސްރަށްވެހިންނަށް އަދި އަވަށްޓެރިންނަށް އަދާކުރި ގަދަރާއި އިހުތިރާމް މިއަދުގެ މުޖުތަމައުން ފަނޑުވަމުންދާތީ ވަޒީރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު އަމިއްލަ އެދުން އިސްވުމާއި، ބޮޑެތި މީހުންގެ ފަރާތުން ކުޑަކުދިންނަށް ނަމޫނާ ނުފެނުމާއި، މީސްމީޑިއާގައްޔާއި އެހެނިހެން ގޮތްގޮތުން މީހުންގެ އަބުރު ކަތިލުމާއި، ނަމާދު ވަގުތުތަކުގައި ކުޅިވަރާއި މަޖަލުގައި ވަގުތު ބޭކާރުކުރުމާއި، އިސްލާމީ މިންގަނޑުތަކާ ހިލާފު ހެދުން އެޅުމާއި މަގުމަތީގެ ފުރައްސާރަ އިތުރުވުމަކީ މިއަދު ފެންނަ ހިތާމަވެރި ހަގީގަތްތަކެއް "

ވަޒީރު ހީނާ

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދުނިޔޭގެ ކުރު ހަޔާތުގައި އެކަކު އަނެކަކަށް ރިވެތި ހިނިތުންވުމެއް ބަދަލުކޮށްލުމަކީ އަގުނުކުރެވޭ ފަދަ ނިއުމަތެއް ކަމަށެވެ. އަދި އިންސާނިއްޔަތުކަމާއި އިހްތިރާމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫން ކަމަށްވާއިރު، ގެއްލެމުންދާ މި އަގުހުރި ސިފަތައް އަލުން ދިރުވައި، އިހްތިރާމްގެ ރިވެތި ސަގާފަތެއް ބިނާކުރުމަށް މުޅި މުޖުތަމައު އެކުގައި އަތުގުޅާލުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު
14 Nov 2026 ހަބަރު

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމު ކުރުން ކަމަށެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފެއްޓެވުމުގެ މައިގަނޑު މަގްސަދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް، އަދި މިހާރު ނެތެމުންދާ ރިވެތި އަޚްލާޤު އިޔާދަކުރުމެވެ.

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
14 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފުލުހުން ވަނީ، މިއަދު މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ފުލުހުން ބުނީ އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ފަށާފައިވާކަމަށެވެ

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
14 Nov 2026 ހަބަރު

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް
14 Nov 2026 ހަބަރު

ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، ކަރާމާތްތެރި އަދި އަބުރުވެރި ބަޔަކަށް ހައްދަވައި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި
14 Nov 2026 ހަބަރު

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި

ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭގެ މި ދެބޯޓަކީ، މައިގަނޑު ގޮތެއްގައި އެމެރިކާގެ މެރިން ކޯޕްސްއިން ހަމަލާތަކަށް އެހީތެރިވުމަށާއި، ސިފައިން އުފުލުމަށާއި، އަދި ހަނގުރާމައިގެ ލޮޖިސްޓިކްސްއަށް ބޭނުންކުރާ، މެދު ފަންތީގެ ލިފްޓު އުފުލާ ޓިލްޓްރޯޓަރ (ހެލިކޮޕްޓަރެއްގެ ސިފަ އެކުލެވިގެންވާ) ބޯޓެކެވެ.

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
14 Nov 2026 ހަބަރު

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ

ހަވާ އެރުވުމަށް ހަމަޖައްސާފައިވަނީ 09:30 އިން ފެށިގެން 10:30 ހާ ދެެމދުގެ ވަގުތެއްގައި ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ