ވަޒީރު މުއްޠަލިބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ވަޒީރު މުއްޠަލިބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު 24 Nov 2026 | 12:38

ހުޅުމާލެ އަދިވެސް އޮތީ ނިދަން އަރާ ހާއްޔެއް ގޮތަށް؛ މިއުޅެނީ ރަސްމާލޭގައި އެކަން ބަދަލުކުރަން: ޑރ.މުއްޠަލިބު

ހުޅުމާލެއަކީ މިއަދުވެސް މާލެއަށް ވަޒީފާއަށް އަންނަ މީހުން "ނިދަން އަރާ ހާއްޔެއް"ގެ ގޮތުގައި އޮތް ތަނެއް ކަމަށާއި، ސަރުކާރުން ރަސްމާލެ ތަރައްޤީ ކުރަނީ އެ ވިސްނުން ބަދަލުކޮށް، އެތަނަކީ އަމިއްލަ އިޤްތިޞާދެއް އޮތް ތަނަކަށް ހެދުމަށް ކަމަށް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ހަމައެކަނި ބޯހިޔާވަހިކަން ދިނުމަކުން އަދި ނުފުދޭ ކަމަށާއި، ދިރިއުޅޭނެ އާމްދަނީއާއި ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މެންބަރު ބޭނުންވަނީ ދިވެހިން ނިދަން އަރާ ހާލިތަކެއް ހަދަން ކަންނޭނގެ. އެއްވެސް ވަރަކަށް ވަޒީފާގެ ފުރުސަތެއް، ކައިބޮއެ ކުރާނެ މަސައްކަތެއް އޮތް ތަނެއް ތަރައްގީ ކުރާކަށް ބޭނުންފުޅު ނުވޭ ކަންނޭނގެ. އަޅުގަނޑަށް އެގޮތަށް ސިފަވަނީ،"

ވަޒީރު މުއްޠަލިބު

މިސާލެއްގެ ގޮތުން ހުޅުމާލެ ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 1997 ވަނަ އަހަރު ހުޅުމާލެ ހިއްކަން ފަށައިގެން މީހުން ދިރިއުޅެ، 2018 ވަނަ އަހަރު ސިނަމާލެ ބުރިޖު އެޅުމާ ހަމައަށްވެސް އެތަން އޮތީ ހަމައެކަނި ނިދަން އަރާ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދުވެސް ހުޅުމާލޭގެ ހާލަތަކީ އެއީކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ތަނުގަ މިއަދު ވެސް ސިނަމާލެ ބުރިޖު ހުރަސްކޮށްފަ ފަސްދޮޅަސް ހާސް މީހުން މާލެއަށް ވަޒީފާއަށް އެބަ އާދޭ. އަދިވެސް ހުޅުމާލޭގަ ވަޒީފާގެ ފުރުސަތާ އާމްދަނީ ހޯދުމުގެ މާ ގިނަ ފުރުސަތުތަކެއް ނެތް."

ވަޒީރު މުއްޠަލިބު

މި ސަރުކާރުން ބޭނުންވަނީ އެ ވިސްނުން އެއްކޮށް ބަދަލުކޮށްލަން ކަމަށާއި، ރައްޔިތުންނަށް ހައްޤުވާ މިންވަރަކީ ހަމައެކަނި ނިދަން އަރާ ތަނެއްގެ ގޮތުގައި ދެކޭ ދެކުން ނިމުމަކަށް ގެންނަން ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ އެ ތަނަކުން ވަޒީފާއާއި އާމްދަނީ ލިބި، މާލެއަށް ޚިދުމަތް ހޯދަން އަންނަން ނުޖެހޭނެ ފަދަ ފުރިހަމަ ޝަހަރެއްގެ ގޮތުގައި ރަސްމާލެ ތަރައްޤީ ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މިއާއެކު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގޯތި ދޫކުރި ގޮތަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ، ވިޔަފާރިއެއް ކުރާނެ އަދި އާމްދަނީ ހޯދާނެ އެއްވެސް ބިމެއް ނެތި ހަމައެކަނި ގޯތި ދޫކޮށްގެން ސިޓީއެއް ތަރައްޤީ ނުކުރެވޭނެ ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސާލިހު ގުޅީފަޅުން ގޯތި ދިން ގޮތަށް، އިބްރާހިމް މުހައްމަދު ސާލިހު ގިރާވަރުފަޅުން ގޯތި ދިން ގޮތަށް ވިޔަފާރިއެއް ކުރާނެ، އާމްދަނީ ހޯދާނެ އެއްވެސް ބިމެއް ނެތި ރަސްމާލެއިން ގޯތި ދޫކޮށްފި ކަމަށް ވަންޏާމުން، ކުރިޔަށް އޮތް ސާޅީސް އަހަރު ތެރޭގައި ވެސް އެތަން ތަރައްޤީއެއް ނުވާނެ. އެހެންވީމާ އަޅުގަނޑުމެން މިކުރާ ކަމަކީ އެތަނުގައި އިޤްތިޞާދެއް ޤާއިމުކުރުން،" މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބު

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަނީ އިޤްތިޞާދީ ހަރަކާތްތަކާއި ވަޒީފާގެ ފުރުޞަތުތައް އެއްފަސްވެގެންދާނެ ގޮތަށް، ދުރު ރާސްތާގެ ޕްލޭނަކާ އެކުގައެވެ.

”ފަސް ސަތޭކަ ހެކްޓަރަކީ ހުޅުމާލެ އެކަކާ ދޭކާ އެއްކޮށްލީމަ އެއަށް ވުރެސް ބޮޑު އަދަދު ތަނެއް އެ ތަނުން ދިވެހި ރައްޔިތުންގެ މާލޭ ސަރަޙައްދުން ބޯހިޔާވަހިކަން ނުދެވޭ ހުރިހާ ފަރާތެއްގެ ބޯހިޔާވަހިކަން ދެވޭނެ އެހެންވީމަ އެއާ އެއްކޮށް އެ އުފެދިގެންދާ އިޤްތިޞާދަށް ހުރަސް އެޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ތަނަވަސްކަމަށް ސީދާ ހުރަސްއެޅުން.“ މުއްޠަލިބު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

‏ސަރުކާރުން ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރަނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވާނަމަ: ޑރ.މުއްޠަލިބް
24 Nov 2026 ހަބަރު

‏ސަރުކާރުން ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރަނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވާނަމަ: ޑރ.މުއްޠަލިބް

ސަރުކާރުން ރަށެއްގެ ރައްޔިތުން އެހެން ރަށްރަށް ބަދަލުކުރަނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވާކަމުގައިވާނަމަ ކަމަށާ، ގަދަކަމުން ބަދަލު ނުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ބަޖެޓް ކުޑަ ނަމަވެސް ފަށާފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ؛ އާ މަޝްރޫޢުތައް މަދުވާނެ: މުއްޠަލިބު
24 Nov 2026 ހަބަރު

ބަޖެޓް ކުޑަ ނަމަވެސް ފަށާފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ؛ އާ މަޝްރޫޢުތައް މަދުވާނެ: މުއްޠަލިބު

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓް މި އަހަރަށްވުރެ ކުޑަ ނަމަވެސް، ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް އިސްކަންދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
24 Nov 2026 ހަބަރު

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ޝަތެގޮރޔހަބަރު ޜެލަތެދ ޝަތެގޮރިެސ ށެަރޗހ ަނދ ަދދ ޗަތެގޮރިެސ ރެލަތެދ ތޮ ތހިސ ޕޮސތ ށެަރޗހ ށޔސތެމ ޓަގސ (ޯޕތިޮނަލ) ޠޮު ޗަނ ުސެ ތހެސެ ތަގސ ތޮ ޗޮނތރޮލ ޕޮސތ ވިސިބިލިތޔ—އހެތހެރ ޔޮު’ރެ ބުިލދިނގ ޔޮުރ ޮއނ ފރޮނތެނދ އިތހ ތހެ ާ÷ީ ޮރ ޖުސތ ފިލތެރިނގ ޕޮސތސ. ާުތހޮރޚަދީޖާ ޢަރުފާ ީމަގެ ޝަޕތިޮނ ޥިދެޮ ޫޜޅ (ޠޮުޓުބެ) ީމަގެ ޑރަގ 'ނ' ދރޮޕ ަނ ިމަގެ ހެރެ، ޮރ ޗލިޗކ ތޮ ސެލެޗތ ޮނެ ޛ÷ޣ، ÷ޏޣ، ޢެބ÷، ާޥީﷲ ޮރ ށޥޣ. ޅަރގެ ޕހޮތޮސ ަރެ ރެސިޒެދ ަުތޮމަތިޗަލލޔ. ޣީﷲސ ުޕ ތޮ 4 ޟޞ ކެެޕ ތހެިރ ަނިމަތިޮނ. ށެލެޗތ ީމަގެ ÷ުބލިސހެދ ޑަތެ & ޓިމެޏޮވެމބެރ 24ތހ، 2026 ަތ 9:38 ާޟ ÷ުބލިޗަތިޮނ ދަތެ ަނދ ތިމެ ިނ ތހެ ސިތެ'ސ ތިމެޒޮނެ (ީނދިަނ/ޟަލދިވެސ)، އހިޗހ ޔޮު ޗަނ ޗހަނގެ ިނ ތހެ ސިތެ ސެތތިނގސ. ﷲެަތުރެދ ÷ޮސތ ޟަރކ ތހެ ޕޮސތ ަސ ފެަތުރެދ ފޮރ ބެތތެރ ވިސިބިލިތޔ. ޞރެަކިނގ ޏެއސ ޟަރކ ތހިސ ސތޮރޔ ަސ ބރެަކިނގ ނެއސ. ޓހެމެސ ތހަތ ސހޮއ ބރެަކިނގ ނެއސ ޕިޗކ ިތ ުޕ ސތރަިގހތ ައަޔ. ޙިދެ ާުތހޮރ ÷ުބލިސހ ތހިސ ަރތިޗލެ އިތހޮުތ ަ ބޔލިނެ. ޓހެ ަުތހޮރ ސތަޔސ ރެޗޮރދެދ ހެރެ ިނ ތހެ ދަސހބޮަރދ ެިތހެރ އަޔ. ާރތިޗލެ ުޕދަތެދ ޓހެ ަރތިޗލެ ހަސ ބެެނ ުޕދަތެދ ސުޗޗެސސފުލލޔ.

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް
24 Nov 2026 ހަބަރު

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް

މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، މިކަމަށް ސަމާލުވުމަށް ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ
24 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާނެ މެންބަރުން އެކަން އެންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.