އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު
ސަރުކާރުގެ އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ މަސައްކަތް އަންނަ އަހަރު ނިމެންވާއިރަށް ނިންމުން ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ވަގުތު ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ ފެށިފައިވާ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ. އަދި މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މަޝްރޫއުތައް ނިންމުން އަވަސްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އިތުރު 1.5 ބިލިޔަން ރުފިޔާ ހޭދަވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އޮކްޓޯބަރުގެ ނިޔަލަށް 5.3 ބިލިއަން ހޭދަވި. އަހަރު ނިމޭއިރު 6.8 ބިލިއަން އަށް އެ އަދަދު އަރާނެ. މި އަހަރު ނިމޭއިރު 1.5 ބިލިއަން އިތުރަށް އެބަ ހޭދަވޭ،"
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުންވެސް ވަޒީރު ވަނީ ކެޕިޓަލް ހަރަދުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އުމްރާނީ ތަރައްގީއަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދައުލަތުގެ ތަރައްގީގެ މަޝްރޫސއުތަކުގެ ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.
މި ހިނގާ އަހަރަށް ބަލާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރިން ކަނޑައެޅީ 8.3 ބިލިޔަން ރުފިޔާ ނަމަވެސް، މި އަދަދު މިހާރު ވަނީ 6.5 ބިލިޔަން ރުފިޔާއަށް ރިވައިޒްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް