އަދާލަތުޕާޓީގެ ރައީސް-
އަދާލަތުޕާޓީގެ ރައީސް-
ހަބަރު 11 Nov 2026 | 10:28

ރިއަލް އެސްޓޭޓް މަޝްރޫޢުތައް އަމާޒުކުރަންވާނީ ބޭރު މީހުން ދިގު މުއްދަތަށް ވަޒަންވެރިވުމުގެ ބަދަލުގައި "ހޮލިޑޭ ހޯމްސް" އަށް: އަދާލަތު ޕާޓީ

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ޚާއްޞަ ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫޢުތައް އަމާޒުކުރަންވާނީ ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ "ހޮލިޑޭ ހޯމްސް" ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ޢަދާލަތު ޕާޓީން މިހެން ބުނެފައިވަނީ ރަސްމާލެ ތަރައްޤީ ކުރަން އީގަލް ހިލްސްއަށް ދިނުމުން އެކަމާ ގުޅިގެން އެ ޕާޓީން ނެރުނު ޤަރާރެއްގައެވެ.

އަދާލަތު ޕާޓީގެ ގަރާރުގައި ބުނެފައިވާ ގޮތުގައި، ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ވަކި ޚާއްޞަ ސަރަޙައްދުތަކެއް އުފެދިގެންދާ ގޮތަށް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި، ޢާއްމު މަސްލަޙަތުގެ އިތުރުން ދިވެހި ޘަޤާފަތާއި ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އެހެންކަމުން، މިފަދަ ގޮތަކަށް އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންދެވުމަށް އެ ޕާޓީން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި، އެ މަޝްރޫޢުތައް އަމާޒުކުރަންވާނީ، ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ހޮލިޑޭ ހޯމްސްފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމުގައި މި ޕާޓީއިން ޤަބޫލުކުރަމެވެ.

ހަމައެއާއެކު، އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސްގެ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އިޤްތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ ޕާޓީގެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި
11 Nov 2026 ހަބަރު

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 Nov 2026 ހަބަރު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް
11 Nov 2026 ހަބަރު

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް

ޕާކިން ސިސްޓަމްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ހައުސިން މިނިސްޓަރަށް އަންގާފައި

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް
11 Nov 2026 ހަބަރު

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި
11 Nov 2026 ހަބަރު

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި
11 Nov 2026 ހަބަރު

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށެވެ.

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 Nov 2026 ހަބަރު

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.