ފުލުހުން މީގެ ކުރިން ހިންގި ޓޯކުރުމުގެ އޮޕަރޭޝަނެއް...
ފުލުހުން މީގެ ކުރިން ހިންގި ޓޯކުރުމުގެ އޮޕަރޭޝަނެއް...
ހަބަރު 18 Nov 2026 | 19:08

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ

ހުޅުމާލޭ ސަރަހައްދުގައި ނުގަވައިދުން ޕާކްކޮށްފައި ހުންނަ އުޅަނދުތައް ނެގުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ފޯކް ލިފްޓެއް ހޯދުމަށް އަނެއްކާވެސް ފުލުހުން އިއުލާނުކޮށްފައެވެ.

ފުލުހުްނގެ ހިދުމަތުން ވަނީ މީގެ ކުރިންވެސް ޓޯ ކެޕޭސިޓީ އިތުރުކުރުމަށް ފޯކްލިފްޓެއް ހޯދުމަށް އިއުލާނުކޮށްފައެވެ. ނަމަވެސް ހުށަހެޅި މައުލޫމާތުތައް ފުރިހަމަ ނުވާތީވެ ފުލުހުން ވަނީ އަލުން ފޯކް ލިފްޓު ހޯދުމަށް އިއުލާނުކޮށްފައެވެ. ފުލުހުން ކުރި އިއުލާނުގައިވާގޮތުން ފޯކްލިފްޓު ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ 12 ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންޖެހެއެވެ.

ހުޅުމާލޭގައި ފުލުހުން ޓޯ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ މަގުތައްމަތީގައި ނުގަވައިދުން ޕާކްކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ޝަކުވާވެސް ބޮޑުވެފައި ވަނިކޮށެވެ. މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކުގައި ކާރާ ޕިކަޕްފަދަ އުޅަނދުތައް ޕާކްކުރާ މައްސަލަ ބޮޑުވިނަމަވެސް، މިހާރު މިމައްސަލަ އެންމެބޮޑީ ހުޅުމާލެ ފޭސްދޭއް ސަރަހައްދުގައެވެ. ފޭސް ދޭއްގެ ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ކާރާއި ޕިކަޕްފަދަ އުޅަނދުތައް މަގުގެ ދެފަޅީގައި ޕާކްކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ފުލުހުން ދޭތެރެއަކުން އެފަދަ އުޅަނދުތައް ޓޯކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އުސްކޮށް އިމާރާތްތައް ހަދަމުންދައިރު، ކުރިއަށްއޮތްތަނުގައި މަގުތައް މަތީގައި އުޅަނދުތައް ޕާކްކުރުމުގެ މި މައްސަލަ އިތުރަށް ބޮޑުވެގެންދާނޭކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން
19 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި
18 Nov 2026 ހަބަރު

ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތު ސަރުކާރާ ދެމެދު "ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި މިއަދު ސޮއިކޮށްފި އެވެ. 

ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި
18 Nov 2026 ހަބަރު

ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި

ލައިސަންސް ބާތިލްކުރީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑުގެ ކަމަށް އެ އިދާރާގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ޖިނާއީ ތަހުގީގުތައް އަވަސްކުރުމާއި މައުލޫމާތު ދިނުމުން ހަރުދަނާކުރުމަށް ސީޕީ އެދިއްޖެ
18 Nov 2026 ހަބަރު

ޖިނާއީ ތަހުގީގުތައް އަވަސްކުރުމާއި މައުލޫމާތު ދިނުމުން ހަރުދަނާކުރުމަށް ސީޕީ އެދިއްޖެ

ކޮންމެ ފަންތިއެއްގައިވެސް ޖަވާބުދާރީވުމާއި، ސުލޫކީ އަދި އަހުލާގީ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވި އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ސޯޝަލް ސެންޓަރު ވަށައިގެންވާ ސަރަޙައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި
18 Nov 2026 ހަބަރު

ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ސޯޝަލް ސެންޓަރު ވަށައިގެންވާ ސަރަޙައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގަވައިފިއެވެ.

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި
17 Nov 2026 ހަބަރު

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި

މިމަހު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ
15 Nov 2026 ހަބަރު

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ

ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ހުޅުމާލެ ރުއްގަނޑު 2 ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފި
15 Nov 2026 ހަބަރު

ހުޅުމާލެ ރުއްގަނޑު 2 ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފި

ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަހައްދުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.