ހުޅުމާލެ ރުއްގަނޑު 2 ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފި
ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަހައްދުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މި ބަދަލު ގެނައީ އިއްޔެއިން ފެށިގެން އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް އެއްކޮށް ނިމެންދެނެވެ.
މި މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި، އެ ސަރަހައްދުން ދަތުރުފަތުރުކުރާ އުޅަނދުފަހަރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކަށާއި ދައްކާ މަގުތަކުން ދަތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ސަރަހައްދަކީ އާންމު ގޮތެއްގައި ގިނަ އަދަދެއްގެ މީހުންނާއި އުޅަނދުފަހަރު ބޭނުންކުރާ ސަރަހައްދަކަށް ވާތީ، ޓްރެފިކަށް ގެނެވޭ މި ބަދަލުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސަމާލުވެ، ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް ކަމާބެހޭ އިދާރާތަކުން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް