މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނުން- ފޮަޓޯ/ ޕޮލިސް
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނުން- ފޮަޓޯ/ ޕޮލިސް
ހަބަރު 19 Nov 2026 | 13:48

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނޫރާނީވިލާ / އދ. ދިއްދޫ، ޙުސައިން ޒަޔާން (21އ) އާއި ގ. ސިނަމާލެ 022-13 / މާލެ، މުޙައްމަދު އިޔާޒް ޢަބްދުالله (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހުއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި. ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، އެ މީހުންނަށް ފުލުހުން ފެނުމުން ސައިކަލެއްގައި ފިލަން މަސައްކަތްކޮށްފައިވެއެވެ.

އެހެންކަމުން، އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓުގެ އިތުރުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 297.4 ގުރާމް ހުރިކަމަށްވެސް ބުންޏެވެ. 

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޒަޔާން 10 ދުވަހަށް އަދި މުޙައްމަދު އިޔާޒް ޢަބްދުالله ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެމްޓީސީސީން 93 މަޝްރޫއެއް ނިންމައިފި
19 Nov 2026 ހަބަރު

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެމްޓީސީސީން 93 މަޝްރޫއެއް ނިންމައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
19 Nov 2026 ހަބަރު

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް ބާއްވައިފި
19 Nov 2026 ހަބަރު

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށް އެމްއެންޔޫއިން ޚާއްޞަ ސެޝަނެއް ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގުޅިގެން، ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ
19 Nov 2026 ހަބަރު

2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ

އއ. މާޅޮހު ކައިރިއަށް 2022 ވަނަ އަހަރު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖުގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން
19 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ
18 Nov 2026 ހަބަރު

ހުޅުމާލެ ސަރަހައްދުގެ ޓޯ ކެޕޭސިޓީ އިތުރުކުރަން ފުލުހުން ފޯކް ލިފްޓެއް ހޯދަނީ

ހުޅުމާލޭގައި ފުލުހުން ޓޯ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ މަގުތައްމަތީގައި ނުގަވައިދުން ޕާކްކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ޝަކުވާވެސް ބޮޑުވެފައި ވަނިކޮށެވެ.

ޖިނާއީ ތަހުގީގުތައް އަވަސްކުރުމާއި މައުލޫމާތު ދިނުމުން ހަރުދަނާކުރުމަށް ސީޕީ އެދިއްޖެ
18 Nov 2026 ހަބަރު

ޖިނާއީ ތަހުގީގުތައް އަވަސްކުރުމާއި މައުލޫމާތު ދިނުމުން ހަރުދަނާކުރުމަށް ސީޕީ އެދިއްޖެ

ކޮންމެ ފަންތިއެއްގައިވެސް ޖަވާބުދާރީވުމާއި، ސުލޫކީ އަދި އަހުލާގީ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވި އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ސޯޝަލް ސެންޓަރު ވަށައިގެންވާ ސަރަޙައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި
18 Nov 2026 ހަބަރު

ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ސޯޝަލް ސެންޓަރު ވަށައިގެންވާ ސަރަޙައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގަވައިފިއެވެ.