ޕީޖީ އޮފީސް- ފޮޓޯ/ އެޓޯލް ޓައިމްސް
ޕީޖީ އޮފީސް- ފޮޓޯ/ އެޓޯލް ޓައިމްސް
ހަބަރު 27 Nov 2026 | 13:58

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ

ގއ. ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރާއެކު އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރި ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލައަކީ 29 މޭ 2025 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ގއ. ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރު ގެންގުޅެ، އަޑުގަދަކޮށް، މާރާމާރީ ހިންގަން އުޅުމުގެ ސަބަބުން ރަށު ތެރޭގެ އަމަންއަމާންކަން ގެއްލި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނު މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ އެ ރަށު ފެހިވިނަ، މުއުމިން ޙަސަން އާއި އެ ރަށު ސަރްދީގެ، ޢަލީ އިބްރާހީމްގެ މައްޗަށެވެ. މި ދައުވާތައް ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 23 ޖުލައި 2025 ގައެވެ.

އެގޮތުން މުއުމިން ޙަސަންގެ މައްޗަށް އުފުލި ދައުވާ ތަކަކީ؛

  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، މަޤްބޫލު ސަބަބެއް ނެތި ޢާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ

  • ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ޢާންމު ތަނެއްގައި ހުރި މީހަކު އެހެން މީހަކަށް ބިރު ހީވާނެކަން އެނގިހުރެ މާރާމާރީ ހިންގައި، ތަޅައިފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭގޮތަށް އުޅުމުގެ ކުށުގެ ދައުވާ.

އަދި ޢަލީ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން އާންމު ތަނެއްގައި ބިރު އުފެދޭ ގޮތަށް އުޅުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، ދައުވާގައި ބަޔާންކޮށްފައިވާ ރޭ، އެ ދެ މީހުން އެ އަމަލުތައް ހިންގިކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހަތަރު ޝަފަހީ ހެކިން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާ ކަމަށާއި، މައްސަލައިގައި ހިމެނޭ ފޮޓޯ ރިޕޯޓުން ވެސް އެކަން ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެހެންނަމަވެސް، 26 ނޮވެންބަރު 2026 ދުވަހު ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ.

ކޯޓުން އެ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި މައިގަނޑު އަސާސަކީ، ދައުވާ ފޯމުގައި ކުށުގެ އަމަލު ހިނގި ސަރަހައްދު ބަޔާންކުރުމުގައި ގެއެއްގެ ނަން ނުރަނގަޅުކޮށް ލިޔެވިފައި އޮތުމެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، ދައުވާ ފޯމުގައި ލިޔެވިފައިވާ އެ ކުށަކީ އިދާރީ ކުށެއް ކަމާއި، އޭގެ ރަނގަޅު ގޮތަކީ ކޮބައިކަން ޝަރީއަތުގެ މަޖިލީހުގައި ވާނީ ސާފުކޮށްދީފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ކުށުގެ އުންސުރު ފުރިހަމަވުމަށް ބޭނުންވަނީ އާންމު ތަނެއްގައި އެފަދަ އަމަލެއް ހިންގިކަން ސާބިތުވުން ކަމަށާއި، އެކަން ހިނގީ ވަކި ޚާއްސަ ތަނެއްގެ ކައިރީގައި ކަމުގައި ވުމަކީ ކުށުގެ ރުކުނެއް ނޫން ކަމަށް ޕީޖީން ބުންޏެވެ.

މީގެ އިތުރުން، ދައުވާ ފޯމުގައި މިފަދަ ކުށެއް ލިޔެވިފައި އޮތުމަކީ، ދައުވާ ލިބޭ ފަރާތަށް ދައުވާ އޮޅިދާނެ ފަދަ ހާލަތެއްގައި މެނުވީ ދައުވާއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އެހެންކަމުން، މި ސަބަބުތަކަށް ރިއާޔަތްކޮށް، ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!
27 Nov 2026 ހަބަރު

ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!

މީގެއިތުރުން، މި ދަޢުވާތަކާ ގުޅިގެން އަނިޔާލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6،250،420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި)، އަޙްމަދު ޢާޠިފް ޙަސަންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް
27 Nov 2026 ހަބަރު

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ކަތުމަންޑޫއިން ހައްޔަރުކުރި ދިވެހި ފިރިހެނަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާގައި އިއްވި މަރުގެ އަދަބުން މީގެ ކުރިން ސަލާމަތްވެފައިވާ މީހެއްކަން އެނގިއްޖެއެވެ.

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި
27 Nov 2026 ހަބަރު

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި އެ ދެ މީހުން ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިންގ އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު
27 Nov 2026 ހަބަރު

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމުގެ ކުރިން ރައްޔިތުން ގާތު ނޭހުނީ ހެދުނު ގޯހަކުން ކަމަށާއި، މިހާރު ވާހަކަދައްކަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ
26 Nov 2026 ހަބަރު

ނޮވެމްބަރު މަހު އޭޝިއާގެ އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ފައިސާއަށް އިންޑިއަން ރުޕީސް ވެއްޖެ

އިންޑިއާގެ ފައިސާގެ އަގު މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ، އެ ގައުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ވަންނަ މިންވަރު އިތުރުވުމާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ.

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް
26 Nov 2026 ހަބަރު

އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް

ޖުމާއާ މެދު ނިންމީ ތަފާތު ގޮތެކެވެ. މަސްތުވާތަކެތީގެ އިތުރު މައްސަލައެއް އޭނާގެ މައްޗަށް ހުށަހެޅިފައި ނެތުމުން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ސްޓެލްކޯގެ ހަކަތަ އިގްތިސާދުކުރުމުގެ ޤައުމީ ކެމްޕެއިން އައްޑޫގައި ފަށައިފި
26 Nov 2026 ހަބަރު

ސްޓެލްކޯގެ ހަކަތަ އިގްތިސާދުކުރުމުގެ ޤައުމީ ކެމްޕެއިން އައްޑޫގައި ފަށައިފި

ކެމްޕެއިން ފައްޓަވައިދެއްވަމުން ޑރ. ޢަޒުވަރު ވިދާޅުވީ "މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް" ކަމަށާއި "މިއީ ހަމައެކަނި ޝިއާރެއް ނޫން" ކަމަށެވެ.

އެންމެ ޚިދުމަތް ރަނގަޅު ފަސް އުމްރާ ގުރޫޕުގެ ތެރޭގައި ކުރިކީލަ ހައްޖު އެންޑް އުމްރާ ގްރޫޕް
26 Nov 2026 ހަބަރު

އެންމެ ޚިދުމަތް ރަނގަޅު ފަސް އުމްރާ ގުރޫޕުގެ ތެރޭގައި ކުރިކީލަ ހައްޖު އެންޑް އުމްރާ ގްރޫޕް

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރަނގަޅު ޚިދުމަތެއް ދިން ފަސް ކުންފުނި ކަނޑައަޅައި، އެ ކުންފުނިތަކުގެ އަގުވަޒަންކޮށް މިއަދު އެވޯޑް ދީފިއެވެ. މި އެވޯޑު ކާމިޔާބުކުރި ކުންފުނިތަކުގެ ތެރޭގައި ކުރިކީލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕް ވަނީ ހިމެނިފައެވެ.