މެކްސިކޯގެ އަސްކަރިއްޔާއިން ހިންގި ވަރުގަދަ އޮޕަރޭޝަނަށްފަހު ހައްޔަރުކުރި މަޝްހޫރު ޑްރަގް ލޯޑް މެޒާ ފްލޯރެސްގެ އެފްބީއައި މޮސްޓް ވޯންޓެޑް ޕޯސްޓަރު.
ފޮޓޯ : އެފްބީއައި
މެކްސިކޯގެ އަސްކަރިއްޔާއިން ހިންގި ވަރުގަދަ އޮޕަރޭޝަނަށްފަހު ހައްޔަރުކުރި މަޝްހޫރު ޑްރަގް ލޯޑް މެޒާ ފްލޯރެސްގެ އެފްބީއައި މޮސްޓް ވޯންޓެޑް ޕޯސްޓަރު. ފޮޓޯ : އެފްބީއައި
ދުނިޔެ 21 Nov 2026 | 15:53

އެފްބީއައި އިން ހޯދަމުންދިޔަ މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑު ލީޑަރު ހައްޔަރުކޮށްފި

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އެންމެ ހޯދަން ބޭނުންވާ 10 މީހުންގެ ލިސްޓުގައި ހިމެނޭ މެކްސިކޯގެ މަޝްހޫރު ޑްރަގް ލޯޑް، ފައުސްޓޯ އިސިދްރޯ މެޒާ ފްލޯރެސް، އަސްކަރިއްޔާއިން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.

މެކްސިކޯގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގުއަސަވޭ ސަރަހައްދުގައި ހަރަކާތްތެރިވާ "ލޮސް މާޒަކޯސް" ނުވަތަ މެޒާ-ފްލޯރެސް ކްރިމިނަލް އޮގަނައިޒޭޝަންގެ އިސްވެރިޔާ "އެލް ޗަޕޯ އިސިދްރޯ" އެވެ. ނަމަވެސް، މި ހައްޔަރުކުރުމާ ގުޅޭގޮތުން މެކްސިކޯގެ ރަސްމީ އިދާރާތަކުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާގެ ތަހުގީގީ އިދާރާ (އެފް.ބީ.އައި) ގެ އެންމެ ބޮޑަށް ހޯދަމުންދާ ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މެޒާ ފްލޯރެސްއަކީ، އެމެރިކާއަށް ގިނަ އަދަދަކަށް ހެރޮއިން، މެތަމްފެޓަމިން، ކޮކެއިން، ފެންޓަނީލް އަދި މަރިޖުއާނާ އެތެރެކޮށް، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި އިސްކޮށް އުޅޭ ފަރާތެކެވެ. އޭނާ ހައްޔަރުކުރުމަށް މަގުފަހިވާ ފަދަ އިތުބާރު ހުރި މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް 5 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް އެފް.ބީ.އައި އިން ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޤަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ 2012 އަދި 2019 ވަނަ އަހަރު ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

މެކްސިކޯގެ އަސްކަރިއްޔާއިން ގުއަސަވޭގައި ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރޭގައި، ސަލާމަތީ ބާރުތަކާއި ހަތިޔާރުއެޅި ކާޓެލްގެ މެންބަރުންނާ ދެމެދު ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. އަސްކަރީ ހެލިކޮޕްޓަރުތަކުން ބިމަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް މީސްމީޑިއާގައި އާންމުވެފައިވާއިރު، ފެޑެރަލް އޮފިޝަލުންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާކަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ކުރިމަތިލުންތަކުގެ ސަބަބުން، ކައިރީގައި ހުރި ކޫރޮޑާ ޕާކް ސްޓޭޑިއަމްގައި ކުރިއަށްދިޔަ ބޭސްބޯޅަ މެޗު ބަލަން ތިބި އާންމުންނާއި ކުޅުންތެރިންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. "ވެނަޑޮސް ޑި މެޒަޓްލާން" އަދި "އަލްގޮޑޮނެރޮސް ޑި ގުއަސަވޭ" ބައްދަލުކުރި މި މެޗު ވަގުތުން މެދުކަނޑާލަން ޖެހުނުއިރު، ސަޕޯޓަރުން ބިރުން ފިލަން ދުވެ، ރައްކާތެރިކަން ހޯދުމަށް ގޮވަމުން ދިޔަ މަންޒަރު ވަގުތުން ދުރަށް ދައްކަމުންދިޔަ ޓީވީ ޗެނަލްތަކުން ވަނީ ފެނިފައެވެ.

ސިނަލޯއާ ސްޓޭޓްގެ ހާލަތު ނާޒުކު ފައްތަރަކަށް ގޮސްފައިވާތީ، ގުއަސަވޭގެ ރައްޔިތުން ގެއިން ބޭރަށް ނުނިކުތުމަށާއި މަގުމައްޗަށް އެއްވެ ނޫޅުމަށް އެ ސަރަހައްދުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި ސަލާމަތީ ހާއްސަ ފައުޖުތަކުން މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، މި އޮޕަރޭޝަން ނިމުމުން ރަސްމީ ތަފުސީލު އާންމުކުރާނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
24 Nov 2026 ދުނިޔެ

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ ކުއްޖަކު ހުދުވާ ކްރީމެއް ބޭނުންކުރުމުން، ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މާކިއުރީ ހަށިގަނޑަށް ވަދެ ކިޑްނީ ސީރިއަސް ވެގެން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފިއެވެ.

އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި،  ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް
24 Nov 2026 ދުނިޔެ

އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި، ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް

ވިހެއުމަށްފަހު އަނބިމީހާއަށް ބޭނުންވާ އަރާމާއި ހަމަޖެހުން ހޯދައިދިނުމުގެ ގޮތުން، އަލަށް އުފަންވި ދަރިފުޅު ވަގުތުން ކާފަމެންނާ މާމަމެންނާ ބައްދަލުކުރުން ފަސްކުރަން އިންޑިއާގެ ދެމަފިރިއަކު ނިންމި ނިންމުމަކާ ގުޅިގެން މީސްމީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި
23 Nov 2026 ދުނިޔެ

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި

މި ނިންމުމާ ގުޅޭގޮތުން ބޯޑުގެ މުގައްރިރު ހާވީ ސީ. ޖޯންސް ވިދާޅުވީ، ޖެންސެންއަކީ އެންވީޑިއާގެ މުވައްޒަފުންނާއި، ހިއްސާދާރުން އަދި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކޮށް، ކުންފުނި އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ފަރާތް ކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ވަގުތީ ގޮތުން ސީއީއޯގެ މަގާމު ފުރުއްވި ކޮލެޓް ކްރެސް ކޮށްދެއްވި މަސައްކަތްތަކަށް ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. ކޮލެޓް ދެންވެ

ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް
23 Nov 2026 ދުނިޔެ

ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ގުޅަން ކުރޮ މަސައްކަތްތަކަށް ކިމް އެއްވެސް އިޖާބައެއް ނުދީ، އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް "ދަ ވޯލް ސްޓްރީޓް ޖާނަލް" (ޑަބްލިއުއެސްޖޭ) ގެ ރިޕޯޓެއްގައި ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ
19 Nov 2026 ދުނިޔެ

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ

އެގޮތުން، ޗައިނާގެ ޝެންޒެންގައި ޓްރަމްޕް އަދި ކިމް ބައްދަލުކުރާނެ ކަމުގެ އުއްމީދު ޓްރަމްޕް ހިމެނޭހެން ގިނަ ބަޔަކު ކުރިއެވެ.

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން
19 Nov 2026 ދުނިޔެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.