އިންތިޚާބާބެހޭ މަރުކަޒު / ފޮޓޯ: ވޮއިސް
އިންތިޚާބާބެހޭ މަރުކަޒު / ފޮޓޯ: ވޮއިސް
ހަބަރު 28 Nov 2026 | 09:22

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ހަތަރު ދާއިރާއެއްގައި މިއަދު ހެނދުނު ވޯޓުލުން ފަށައިފިއެވެ.

މިއަދުގެ ބައި-އިލެކްޝަންގައި ވޯޓުލަނީ ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަޤާމަށާއި، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ހުސް މަޤާމަށާއި، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު 3,776 މީހަކަށް ލިބިގެންވާ ކަމަށެވެ.

މި އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި 81 މީހަކު ހަރަކާތްތެރިވާއިރު، 100 އަށް ވުރެ ގިނަ މޮނިޓަރުންނާއި އޮބްޒާވަރުންނާއި އެނޫންވެސް ގުޅުންހުރި ފަރާތްތަކުން ބައިވެރިވެއެވެ. ވޯޓުލުން ކުރިއަށް ގެންދަނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. މި އިންތިޚާބުގައި އަތޮޅުގެ ރަށްތަކުގައި ފަސް ފޮށި ބަހައްޓާފައިވާއިރު، މާލެ ސަރަޙައްދުގައިވެސް ފަސް ފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލުން ހަވީރު 16:00 ގައި ބަންދުވާއިރު، ގަޑި ޖެހުމުގެ ކުރިން ކިޔޫގައި ތިބި ހުރިހާ ފަރާތްތަކަށް ވޯޓުލެވޭނޭ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓު ފޮށި ޖަހައިގަނެގެން ލޯންޗެއްގައި ރަށުން ބޭރުކޮށްފި
27 Nov 2026 ހަބަރު

ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓު ފޮށި ޖަހައިގަނެގެން ލޯންޗެއްގައި ރަށުން ބޭރުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި މަރުކަޒުން ނެރެގެން ލޯންޗެއްގައި ރަށުން ބޭރަށް ގެންގޮސްފިއެވެ.

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ
27 Nov 2026 ހަބަރު

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ

ތައުލީމު ހާސިލުކުރަން ދަރިވަރުންނަށް ރައްކާތެރި، އަގުހެޔޮ އަދި ކިޔެވުމަށް ފަހި މާހައުލަކުން ބޯހިޔާވަހިކަން ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ތަރައްގީކުރި ދަރިވަރުންގެ ކޯ-ލިވިންގ ރެސިޑެންސް "އެކުވެހި"، ވަރަ އެކްސްޕޯ 2026 ގެ ތެރެއިން ދައްކާލަން ނިންމައިފިއެވެ.

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި
27 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މައްޔިތުން ވަޅުލުމުގެ އިންތިޒާމުތައް ވަގުތީ ގޮތުން މާލޭ އާސަހަރާއަށް ބަދަލުކޮށްފިއެވެ.

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ
27 Nov 2026 ހަބަރު

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ

ގއ. ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރާއެކު އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރި ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!
27 Nov 2026 ހަބަރު

ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!

މީގެއިތުރުން، މި ދަޢުވާތަކާ ގުޅިގެން އަނިޔާލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6،250،420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި)، އަޙްމަދު ޢާޠިފް ޙަސަންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް
27 Nov 2026 ހަބަރު

ނޭޕާލުން ހައްޔަރުކުރި ދިވެހި މީހާއަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއް

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ކަތުމަންޑޫއިން ހައްޔަރުކުރި ދިވެހި ފިރިހެނަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާގައި އިއްވި މަރުގެ އަދަބުން މީގެ ކުރިން ސަލާމަތްވެފައިވާ މީހެއްކަން އެނގިއްޖެއެވެ.

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި
27 Nov 2026 ހަބަރު

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ހޮޓަލަކުން ދިވެއްސަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި އެ ދެ މީހުން ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިންގ އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު
27 Nov 2026 ހަބަރު

ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމުގެ ކުރިން ރައްޔިތުން ގާތު ނޭހުނީ ހެދުނު ގޯހަކުން ކަމަށާއި، މިހާރު ވާހަކަދައްކަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.