ރައީސް ޑރ. މުޙައްމަދު މުޢިއްޒު - ކުރީގެ ކާނަލް ބިލާލް އާދަމް މަނިކު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު - ކުރީގެ ކާނަލް ބިލާލް އާދަމް މަނިކު
ހަބަރު 28 Nov 2026 | 11:59

ކުރީގެ ކާނަލް، ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ކުރީގެ ކާނަލް ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ، އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

އެމަނިކުފާނުގެ މެސެޖުގައި، ބިލާލް އާދަމް މަނިކަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއިން ޤައުމު ދިފާއުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި، ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ހާއްސަކޮށް އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް، ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި، އެމީހުންގެ ހަރަކާތްތައް ބެއްލެވުމުގެ އަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސިފައިންގެ ހިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އޭނާ ކުރެއްވި އަގުހުރި މަސައްކަތްތަކަށް ރައީސް ތައުރީފު ކުރެއްވިއެވެ. އަދި އެއީ ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއްގެ އިތުރުން، ހިދުމަތުގެ މުއްދަތުގައި ހިންގާފައިވާ ގިނަ ހާއްސަ އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އިހްލާސްތެރިއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިތާމައިގެ މި ދަނޑިވަޅުގައި، ކުރީގެ ކާނަލް ބިލާލް އާދަމް މަނިކުގެ އާއިލާއަށާއި ދިވެހި ސިފައިންނަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާ، މާތް ﷲ ގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ބިލާލް އާދަމް މަނިކު ލެހެއްޓެވުމަށް އެދި ހެޔޮ ދުއާ ކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް
28 Nov 2026 ހަބަރު

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް

ސަރުކާރުން އަލަށް ނެރުނު "ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކަރޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ހިމެނޭ މި ކުލަ ދިދަތަކަކީ މޫސުމާ ގުޅުންހުރި ނުވަތަ މާހައުލުގެ ހާލަތު އަންގައިދޭ ހާއްސަ ދިދަތަކެކެވެ.

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް
28 Nov 2026 ހަބަރު

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް

އޮކްޓޯބަރުމަހު ކޯސްޓްގާޑުގެ އުޅަނދުތަކުން 250 ހަށްވުރެ ގިނަ ދަތުރުތައް ކޮށްފައި ވެއެވެ.

ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރު ފަތްކޮޅު އަރުވައިފި
28 Nov 2026 ހަބަރު

ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރު ފަތްކޮޅު އަރުވައިފި

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން ވައިގެ ދަތުރުފަތުރާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް
28 Nov 2026 ހަބަރު

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް

ވޯޓުލަނީ ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަޤާމަށާއި، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ހުސް މަޤާމަށާއި، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށެވެ

ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓު ފޮށި ޖަހައިގަނެގެން ލޯންޗެއްގައި ރަށުން ބޭރުކޮށްފި
27 Nov 2026 ހަބަރު

ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓު ފޮށި ޖަހައިގަނެގެން ލޯންޗެއްގައި ރަށުން ބޭރުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި މަރުކަޒުން ނެރެގެން ލޯންޗެއްގައި ރަށުން ބޭރަށް ގެންގޮސްފިއެވެ.

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ
27 Nov 2026 ހަބަރު

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ

ތައުލީމު ހާސިލުކުރަން ދަރިވަރުންނަށް ރައްކާތެރި، އަގުހެޔޮ އަދި ކިޔެވުމަށް ފަހި މާހައުލަކުން ބޯހިޔާވަހިކަން ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ތަރައްގީކުރި ދަރިވަރުންގެ ކޯ-ލިވިންގ ރެސިޑެންސް "އެކުވެހި"، ވަރަ އެކްސްޕޯ 2026 ގެ ތެރެއިން ދައްކާލަން ނިންމައިފިއެވެ.

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި
27 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މައްޔިތުން ވަޅުލުމުގެ އިންތިޒާމުތައް ވަގުތީ ގޮތުން މާލޭ އާސަހަރާއަށް ބަދަލުކޮށްފިއެވެ.

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ
27 Nov 2026 ހަބަރު

ނުރަނގަޅު ގެއެއްގެ ނަން ޖެހުމުން، ކަތިވަޅި ހިފައިގެން އުޅުނު ދެ މީހަކު ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަނީ

ގއ. ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރާއެކު އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރި ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.