ސްނޯކްލިންއަށް ގޮސް އުޅުނު މީހެއް މޫދަށް ފުންމާލަނީ.. ފޮޓޯ: ވޮއިސް
ސްނޯކްލިންއަށް ގޮސް އުޅުނު މީހެއް މޫދަށް ފުންމާލަނީ.. ފޮޓޯ: ވޮއިސް
ހަބަރު 28 Nov 2026 | 13:47

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް

ވޯޓާ ސްޕޯޓް ސަރަހައްދުތަކުގައާއި އެކްސްކާޝަން ދަތުރުކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް ހާއްސަ ކުލަ ދިދަތަކެއް ނެރެފިއެވެ.

ސަރުކާރުން އަލަށް ނެރުނު "ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކަރޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ހިމެނޭ މި ކުލަ ދިދަތަކަކީ މޫސުމާ ގުޅުންހުރި ނުވަތަ މާހައުލުގެ ހާލަތު އަންގައިދޭ ހާއްސަ ދިދަތަކެކެވެ.

މި ދިދަތަކުގެ ޒަރިއްޔާއިން، މޫސުމާބެހޭ އިދާރާގެ އެލާޓުތަކަށް ބަލައިގެންނާއި، ކުޅިވަރު ހިންގާ ސަރަހައްދުގެ މޫސުން ހުންނަ ގޮތުން ކުޅިވަރުތައް ހުއްޓައިލުމުގެ ނުވަތަ ފަތުރުވެރިންގެ އަދަދު މަދުކުރުމުގެ ބާރު ގައިޑުންނަށް ލިބިގެންވެއެވެ.

ދިދަތަކުގެ ކުލަތައް:

  • ފެހި - ރައްކާތެރި

  • ރީނދޫ - ސަމާލުވޭ

  • ރަތް - މޫދާ ގުޅުންހުރި ހުރިހާ ކުޅިވަރުތައް ހުއްޓާލާ

  • ދަނބު - ޖެލީ ފިޝް ފަދަ ނުރައްކާތެރި ދިރޭތަކެތި މޫދުގައި އެބައުޅޭ

ޓޫރިޒަމް މިނިސްޓްރީން ބުނީ އަލަށް ނެރުނު ގަވާއިދުގެ މަގުސަދަކީ ފަތުރުވެރިންނަށް މިފަދަ ހިދުމަތްތައް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމާއި، ހިދުމަތްދޭ ފަރާތްތަކާއި ސެންޓަރުތަކުގެ ޒިންމާތައް ސާފުކޮށް ކަނޑައެޅުން ކަމަށެވެ. މި އައު ގަވާއިދުގެ ދަށުން، މޫދު ކުޅިވަރުތައް ހިންގާ ސެންޓަރުތަކާއި އުޅަނދުފަހަރުގައި މަސައްކަތްކުރާ އިންސްޓްރަކްޓަރުންނާއި ގައިޑުންނަކީ ފަސްޓް އެއިޑާއި، ރެސްކިއު ޑައިވަރ ނުވަތަ ބޭސިކް ލައިފް ގާރޑް ޓްރޭނިންގ ފަދަ ސަނަދުތައް ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ސަލާމަތާއި ރައްކާތެރިކަމުގެ އިމަޖެންސީ ޕްލޭނަކާއި އިމަޖެންސީ ހޮޓްލައިނެއް ގާއިމުކޮށް މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.

މީގެ އިތުރުން، މި ހިދުމަތްތައް ހޯދާ ފަރާތްތަކާއި ފަޅުވެރިންގެ މައުލޫމާތު ރިކޯޑުކޮށް ބަލަހައްޓަންޖެހޭނެ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ވަކި މިންގަނޑުތަކެއްގެ ދަށުން ހިންގާ ނޮން-މޮޓޮރައިޒްޑް މޫދު ކުޅިވަރުތަކާއި އެކްސްކަރޝަންތަކުގައި ބައިވެރިވާ ފަރާތްތަކާއި، ފަތަން ނޭނގޭ މީހުން ކޮންމެހެން ލައިފްޖެކެޓު ބޭނުންކުރަންޖެހޭނެއެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދާއިރު، ކުށްކުރާ މިންވަރަށް ބަލައި 100,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއި ހުއްދަ ހިފެހެއްޓުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް
28 Nov 2026 ހަބަރު

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް

ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ވޯޓުލާ ވަގުތު ހަމަވާނީ މިއަދު ހަވީރު 4:00 ގައެވެ.

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް
28 Nov 2026 ހަބަރު

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް

އޮކްޓޯބަރުމަހު ކޯސްޓްގާޑުގެ އުޅަނދުތަކުން 250 ހަށްވުރެ ގިނަ ދަތުރުތައް ކޮށްފައި ވެއެވެ.

ކުރީގެ ކާނަލް، ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
28 Nov 2026 ހަބަރު

ކުރީގެ ކާނަލް، ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ، އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރު ފަތްކޮޅު އަރުވައިފި
28 Nov 2026 ހަބަރު

ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރު ފަތްކޮޅު އަރުވައިފި

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން ވައިގެ ދަތުރުފަތުރާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް
28 Nov 2026 ހަބަރު

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިގެން ކުރިއަށް

ވޯޓުލަނީ ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަޤާމަށާއި، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ހުސް މަޤާމަށާއި، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށެވެ

ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓު ފޮށި ޖަހައިގަނެގެން ލޯންޗެއްގައި ރަށުން ބޭރުކޮށްފި
27 Nov 2026 ހަބަރު

ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓު ފޮށި ޖަހައިގަނެގެން ލޯންޗެއްގައި ރަށުން ބޭރުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި މަރުކަޒުން ނެރެގެން ލޯންޗެއްގައި ރަށުން ބޭރަށް ގެންގޮސްފިއެވެ.

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ
27 Nov 2026 ހަބަރު

ދަރިވަރުންނަށް ޚާއްސަ ކޯ-ލިވިންގ ރެސިޑެންސް ”އެކުވެހި“ ވަރަ އެކްސްޕޯގައި ދައްކާލަނީ

ތައުލީމު ހާސިލުކުރަން ދަރިވަރުންނަށް ރައްކާތެރި، އަގުހެޔޮ އަދި ކިޔެވުމަށް ފަހި މާހައުލަކުން ބޯހިޔާވަހިކަން ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ތަރައްގީކުރި ދަރިވަރުންގެ ކޯ-ލިވިންގ ރެސިޑެންސް "އެކުވެހި"، ވަރަ އެކްސްޕޯ 2026 ގެ ތެރެއިން ދައްކާލަން ނިންމައިފިއެވެ.

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި
27 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން މައްޔިތުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފި

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މައްޔިތުން ވަޅުލުމުގެ އިންތިޒާމުތައް ވަގުތީ ގޮތުން މާލޭ އާސަހަރާއަށް ބަދަލުކޮށްފިއެވެ.