އެފްއޭއެމް ޓާފް ދަނޑު 1؛ ފޮޓޯ / ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
އެފްއޭއެމް ޓާފް ދަނޑު 1؛ ފޮޓޯ / ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
ކުޅިވަރު 28 Nov 2026 | 14:34

2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެފްއޭއެމް ޓާފް ދަނޑު 1 ގެ ޓާފް ބަދަލުކޮށް ނިންމާލައިފި

2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޓާފް ދަނޑު 1 ގެ ޓާފް ބަދަލުކޮށް މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، ކުރިން އެ ދަނޑުގައި އަޅާފައި ހުރި ބާވެފައިވާ ޓާފް އެއްކޮށް ނައްޓާލައި، މުޅިން އައު ފެންވަރުގެ ޓާފެއް ވަނީ ހަރުކޮށްފައެވެ.

އައު ޓާފާއެކު ދަނޑު އަލުން ހުޅުވާލާފައިވާއިރު، ރާއްޖޭގެ ކުލަބުތަކާއި ފުޓްބޯޅަ އެކަޑެމީތަކުން މިއަދުން ފެށިގެން މި ދަނޑު ބޭނުންކުރެވޭނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ދަނޑުގެ ފެންވަރު ރަނގަޅުވުމާއެކު، މުބާރާތްތަކާއި ފަރިތަކުރުންތައް ރާވައި ހިންގުމަށް ކުލަބުތަކަށް ދިމާވެފައިވާ ދަތިތަކަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މި މަސައްކަތް ހަވާލުކޮށް ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގައެވެ. އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ އެވެ. ދަނޑުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން، ޓާފް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް 20 ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެފްއޭއެމްއިން އެއިރު ވަނީ ލަފާކޮށްފައެވެ.

މި ދަނޑުގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އެއަށްފަހު ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް ޓާފް ބަދަލުކުރެވިފައި ނުވުމުގެ ސަބަބުން، ދަނޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެ ހަލާކުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕްރިމިއާ ލީގްގައި ފޮރެސްޓް އަތުން ބަލިވެ، އެލޮންސޯއަށް ޕްރެޝަރު ބޮޑުވެއްޖެ
28 Nov 2026 ކުޅިވަރު

ޕްރިމިއާ ލީގްގައި ފޮރެސްޓް އަތުން ބަލިވެ، އެލޮންސޯއަށް ޕްރެޝަރު ބޮޑުވެއްޖެ

ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗާއެކު މިއީ ލީގުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ތިންވަނަ މެޗެވެ.

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ތަރައްޤީކުރާ ނޭޝަނަލް ފުޓްސަލް އެރީނާގެ މަސައްކަތް މިއަދު ފަށަނީ
15 Nov 2026 ކުޅިވަރު

ހުޅުމާލޭ ފޭސް ދޭއްގައި ތަރައްޤީކުރާ ނޭޝަނަލް ފުޓްސަލް އެރީނާގެ މަސައްކަތް މިއަދު ފަށަނީ

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ، ލޮޖިސްޓިކްސް އަދި އިމާރާތްކުރުމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ލިއޯ ޓްރޭޑިންއާއެވެ.

އެފްއޭއެމް ޓާފް ގްރައުންޑް 1 ގައި އައު ޓާފެއް އެޅުމުގެ މަސައްކަތް ފަށައިފި
26 Oct 2026 ކުޅިވަރު

އެފްއޭއެމް ޓާފް ގްރައުންޑް 1 ގައި އައު ޓާފެއް އެޅުމުގެ މަސައްކަތް ފަށައިފި

މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން )އާރް.ޑީ.ސީ( އާ އެވެ. ދަނޑުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޓާފް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެފްއޭއެމްއިން ލަފާކުރެވެއެވެ.

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ތަޢާރަފުކޮށްފި
20 Sep 2026 ހަބަރު

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ތަޢާރަފުކޮށްފި

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި...

ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: ޔޫތް މިނިސްޓްރީ
29 Jul 2026 ހަބަރު

ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: ޔޫތް މިނިސްޓްރީ

އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެ...