މޯލްޑިވިއަން އާއި އިއްތިހާދު؛ ފޮޓޯ / އިއްތިހާދު
މޯލްޑިވިއަން އާއި އިއްތިހާދު؛ ފޮޓޯ / އިއްތިހާދު
ހަބަރު 28 Nov 2026 | 16:46

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ދެން ދަތުރު ކުރެވޭނެ

އެކުވެރި އަރަބި އިމާރާތުގެ ގައުމީ އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭސްގެ ލޯޔަލްޓީ ޕްރޮގްރާމް "އިއްތިހާދު ގެސްޓް" މެމްބަރުންނަށް، އެ އެއާލައިނުން އެއްކުރާ މައިލްސް ބޭނުންކޮށްގެން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުން ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިއީ މިއަހަރުގެ ކުރީކޮޅު ބޭއްވި އަރަބިއަން ޓްރެވަލް މާކެޓްގައި ދެ އެއާލައިނުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ފެށި ހިދުމަތެކެވެ.

މި އާ ޕާޓްނާޝިޕްގެ ސަބަބުން، ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދަތުރުވެރިންނަށް މާލެއިން ފެށިގެން ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކަށް ކުރާ ދަތުރުތަކުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ކުރިން 2024 ވަނަ އަހަރު ދެ އެއާލައިން ގުޅިގެން ފެށި އިންޓަލައިން އެއްބަސްވުމުގެ ދަށުން، އެއް ޓިކެޓެއްގައި މާލެއިން ބޭރުން ރާއްޖޭގެ 17 އެއާޕޯޓަކަށް ދަތުރުކުރެވޭނެ އިންތިޒާމު އޮތީ ހަމަޖެހިފައެވެ. މި އާ އެއްބަސްވުމާއެކު އެ ވިއުގައަށް މައިލްސް ބޭނުންކޮށްގެން ދަތުރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅޭގޮތުން އިއްތިހާދު ގެސްޓްގެ މެނޭޖިންގ ޑިރެކްޓަރު މާކް ޕޮޓާ ވިދާޅުވީ، ރާއްޖެ ޒިޔާރަތްކުރާ ގިނަ މެމްބަރުންނަށް މާލެއަކީ ދަތުރުގެ ފެށުން ކަމަށާއި ނިމޭ މަންޒިލެއް ނޫން ކަމަށެވެ. އަދި މޯލްޑިވިއަންއާއެކު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ވަކިން ޓިކެޓް ނެގުމުގެ ބަދަލުގައި އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން އެމީހުން ދާން ބޭނުންވާ ރަށަކާ ވީހާވެސް ކައިރިއަށް ދަތުރުކުރުމުގެ އިހުތިޔާރު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެނީ މޯލްޑިވިއަންއިން ކަމަށާއި، މިކަމުގެ ސަބަބުން މުޖުތަމައުތައް ގުޅުވާލަދީ ފަތުރުވެރިންނަށް ރާއްޖޭގެ އިތުރު ސަރަހައްދުތައް ބަލާލުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި އިއްތިހާދުގެ ބައިނަލްއަގުވާމީ ވިއުގައާއި މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް ގުޅުމުން، ރާއްޖެއަށް ދަތުރުކުރުން ކުރިއަށްވުރެ މާ ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބޫދާބީން ރާއްޖެ އަންނަ ދަތުރުވެރިންނަށާއި މިހާރުވެސް ރާއްޖޭގައި ތިބި އިއްތިހާދު ގެސްޓް މެމްބަރުންނަށް މި ހިދުމަތުގެ ބޭނުން ހިފޭނެއެވެ. ޕްރައިވެޓް އައިލެންޑް ރިސޯޓުތަކާއި މޫދުގެ ދިރުންތަކަށް މަޝްހޫރު ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް، މިއީ މައިލްސް ބޭނުންކޮށްގެން ހަރަދު ކުޑަކޮށް ދަތުރުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް ދެ އެއާލައިނުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް
28 Nov 2026 ހަބަރު

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް

ހުކުރު ދުވަހު ބޭއްވުނު މި އިންތިހާބުގެ ނަތީޖާއާއެކު ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި
28 Nov 2026 ހަބަރު

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި

އައު ޕޯޓަލަށް ވަނުމަށް ކަސްޓަމަރުން އީފާސް އެކައުންޓެއް ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، އެ ނިޒާމުގެ ތެރެއިން ޕްރޮފައިލެއް ހެދުމަށްފަހު ކުންފުނީގެ ތަފާތު ޚިދުމަތްތަކަށް ހުށަހެޅޭނެއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި
28 Nov 2026 ހަބަރު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ބާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެއެވެ. މި އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 9 ވާ ހޯމަ ދުވަހުއެވެ.

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް
28 Nov 2026 ހަބަރު

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް

ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ވޯޓުލާ ވަގުތު ހަމަވާނީ މިއަދު ހަވީރު 4:00 ގައެވެ.

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް
28 Nov 2026 ހަބަރު

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް

ސަރުކާރުން އަލަށް ނެރުނު "ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކަރޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ހިމެނޭ މި ކުލަ ދިދަތަކަކީ މޫސުމާ ގުޅުންހުރި ނުވަތަ މާހައުލުގެ ހާލަތު އަންގައިދޭ ހާއްސަ ދިދަތަކެކެވެ.

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް
28 Nov 2026 ހަބަރު

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް

އޮކްޓޯބަރުމަހު ކޯސްޓްގާޑުގެ އުޅަނދުތަކުން 250 ހަށްވުރެ ގިނަ ދަތުރުތައް ކޮށްފައި ވެއެވެ.

ކުރީގެ ކާނަލް، ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
28 Nov 2026 ހަބަރު

ކުރީގެ ކާނަލް، ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ، އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރު ފަތްކޮޅު އަރުވައިފި
28 Nov 2026 ހަބަރު

ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރު ފަތްކޮޅު އަރުވައިފި

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން ވައިގެ ދަތުރުފަތުރާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި