އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި
އީފާސް މެދުވެރިކޮށް ލޮގިންވެވޭ ގޮތަށް އައު ފީޗާތައް ހިމަނައި، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ކަސްޓަމާ އީ-ޕޯޓަލް އަލުން ލޯންޗުކޮށްފިއެވެ.
ސަރުކާރުގެ ވަންގަވް ޕްލެޓްފޯމާއި އީފާސް ބޭނުންކޮށްގެން ޚިދުމަތް ދިނުން ހަރުދަނާ ކުރުމަކީ މި ބަދަލުގެ މައިގަނޑު މަޤުޞަދެވެ. އައު ޕޯޓަލަށް ވަނުމަށް ކަސްޓަމަރުން އީފާސް އެކައުންޓެއް ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، އެ ނިޒާމުގެ ތެރެއިން ޕްރޮފައިލެއް ހެދުމަށްފަހު ކުންފުނީގެ ތަފާތު ޚިދުމަތްތަކަށް ހުށަހެޅޭނެއެވެ.
މި ޕޯޓަލް ބޭނުންކުރަން ފެށޭނީ 29 ނޮވެމްބަރު 2026 އިން ފެށިގެންނެވެ.
ޕޯޓަލް ބޭނުންކުރާނެ ގޮތް ކިޔައިދޭ ޓިއުޓޯރިއަލް ވީޑިއޯތައް އެ ކުންފުނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ޢާންމުކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ. ޕޯޓަލް ބޭނުންކުރުމުގައި ދައްޗެއް ކުރިމަތިވެއްޖެ ނަމަ އެ ކުންފުނީގެ ހޮޓްލައިން 1575 އިން އެހީ ލިބޭނެއެވެ.
ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އަވަސް އަދި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެމްޑަބްލިއުއެސްސީގެ އަމާޒު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް