މާރިޔާ ދީދީ އަދި އީވާ --
މާރިޔާ ދީދީ އަދި އީވާ --
ހަބަރު 28 Nov 2026 | 20:37

އެންމެ ގިނަ ވޯޓާއެކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އީވާއާ މާރިޔާ

އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި މާލެ ސިޓީން އިންތިހާބުކުރާ މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނު ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސާ އީވާ ޢަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެއްޖެ އެވެ.

ގައުމީ މަޖިލީހަށް މާލެ ސިޓީން 16 މެންބަރަކު އިންތިހާބު ކުރެ އެވެ. އިއްޔެ އޮތް އިންތިހާބުގައި އީވާ ވަނީ 1،931 ވޯޓް ހޯއްދަވާފަ އެވެ. މާރިޔާ ވަނީ 1،830 ވޯޓް ހޯއްދަވާފަ އެވެ.

މި ދެ ބޭފުޅުން އިންތިހާބަށް ނިކުންނެވީ "ބޮޑު ބަދަލު" ޓީމުންނެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ލީޑުކުރައްވާ ޓީމެވެ.

މި ދެ ބޭފުޅުންގެ އިތުރުން ދެން އެންމެ ގިނަ ވޯޓް ހޯއްދެވީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރެވެ. އަމުރު ވަނީ 1،644 ވޯޓް ހޯއްދަވާފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހްމީ ވަނީ 1،644 ވޯޓް ހޯއްދަވާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވަގުތީ ނަތީޖާ ނުލިބެނީސް ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި
28 Nov 2026 ހަބަރު

ވަގުތީ ނަތީޖާ ނުލިބެނީސް ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

"އަޅުގަނޑުމެންގެ އިންތިހާބީ ހައްގު ތަކަށް އުނިކަން ލިބޭ ގޮތަށް ހަބަރު ފަތުރާ އެކި ވަސީލަތްތަކުން އިއްޔެގެ އިންތިހާބުގެ ނަތީޖާއާއި ބެހޭގޮތުން އެކި ހަބަރު ފެތުރުމަކީ ކަންބޮޑުވާކަމެއް،" އަރުޝަމް ލިޔެފައިވެ އެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް
28 Nov 2026 ހަބަރު

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް

ހުކުރު ދުވަހު ބޭއްވުނު މި އިންތިހާބުގެ ނަތީޖާއާއެކު ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި
28 Nov 2026 ހަބަރު

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް، އީފާހާ ގުޅުވައި އަޕްގްރޭޑްކޮށްފި

އައު ޕޯޓަލަށް ވަނުމަށް ކަސްޓަމަރުން އީފާސް އެކައުންޓެއް ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، އެ ނިޒާމުގެ ތެރެއިން ޕްރޮފައިލެއް ހެދުމަށްފަހު ކުންފުނީގެ ތަފާތު ޚިދުމަތްތަކަށް ހުށަހެޅޭނެއެވެ.

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ދެން ދަތުރު ކުރެވޭނެ
28 Nov 2026 ހަބަރު

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ދެން ދަތުރު ކުރެވޭނެ

މިއީ މިއަހަރުގެ ކުރީކޮޅު ބޭއްވި އަރަބިއަން ޓްރެވަލް މާކެޓްގައި ދެ އެއާލައިނުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ފެށި ހިދުމަތެކެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި
28 Nov 2026 ހަބަރު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ބާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެއެވެ. މި އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 9 ވާ ހޯމަ ދުވަހުއެވެ.

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް
28 Nov 2026 ހަބަރު

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް

ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ވޯޓުލާ ވަގުތު ހަމަވާނީ މިއަދު ހަވީރު 4:00 ގައެވެ.

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް
28 Nov 2026 ހަބަރު

ވޯޓާ ސްޕޯޓްގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާ އުޅަނދުތަކަށް ހާއްސަ ކުލަ ދިދަތަކެއް

ސަރުކާރުން އަލަށް ނެރުނު "ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކަރޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ހިމެނޭ މި ކުލަ ދިދަތަކަކީ މޫސުމާ ގުޅުންހުރި ނުވަތަ މާހައުލުގެ ހާލަތު އަންގައިދޭ ހާއްސަ ދިދަތަކެކެވެ.

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް
28 Nov 2026 ހަބަރު

މިދިޔަ ހަފްތާގައި ކޯސްޓްގާޑުން އެންމެ ގިނަ ދަތުރުތައް ބަލިމީހުން އުފުލުމަށް

އޮކްޓޯބަރުމަހު ކޯސްޓްގާޑުގެ އުޅަނދުތަކުން 250 ހަށްވުރެ ގިނަ ދަތުރުތައް ކޮށްފައި ވެއެވެ.