މިއަދުގެ ބައި-އިލެކްޝަންތައް: ތިނަދޫ ގޮނޑި އެމްޑީޕީއަށް، ހުޅުދޫ ގޮނޑި ޕީއެންސީއަށް
މިއަދު އޮތް ބައި އިލެކްޝަންތަކުގައި އެއްގޮނޑި އެމްޑީޕީއަށް އަދި އެއްގޮނޑި ޕީއެންސީއަށް ލިބިއްޖެ އެވެ.
މިއަދު އޮތީ ވ. ތިނަދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމާއި އެ ރަށު އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރަކު ހޮވުމާއި އައްޑޫ ހުޅުދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރަކު ހޮވުމާއި ހއ. ވަށަފަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހޮވުމެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓް ޝުޖާއު އަލީ އެވެ. އޭނާ ވަނީ 90 ވޯޓް ހޯދާފަ އެވެ. ޝުޖާއު އަކީ ކުރީންވެސް އެ ރަށު ރައީސެވެ. ބައި އިލެކްޝަން ބާއްވަން ޖެހުނީ ޕާޓީ ބަދަލުކުރުމުން އެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުންނެވެ. ޝުޖާއުއާ ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް އަމަން މުހައްމަދަށް ލިބުނީ 46 ވޯޓެވެ.
އައްޑޫ ހުޅުދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޮވުނީ ޕީއެންސީގެ ކެންޑިޑޭޑޭޓް ފާތިމަތު ނަބާހާ އެވެ. އޭނާއަށް 784 ވޯޓް ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނީރަށް ލިބުނީ 503 ވޯޓެވެ.
ތިނަދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޮވުނީ އަމިއްލަ ގޮތުން ވާދަކުރި ޒީނާ އަހްމަދެވެ. ޒީނާ ވަނީ 78 ވޯޓް ހޯދާފަ އެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ރިސްފާ ނަސީމަށް ލިބުނީ 54 ވޯޓެވެ.
ހއ. ވަށަފަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއަކަށް ހޮވުނީ އަމިއްލަ ގޮތުން ވާދަކުރި ރިޝްމާ އާދަމް އެވެ. ޕީއެންސީން ވާދަކުރި ޒައިނާޒް އަހްމަދަށް ލިބުނީ 221 ވޯޓެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް