ރެއާލް މެޑްރިޑާ އަލަވޭސް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑާ އަލަވޭސް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ރެއާލް މެޑްރިޑް
ހަބަރު 29 Nov 2026 | 08:24

އަލަވޭސް އަތުން ބަލިވެ، ރެއާލް މެޑްރިޑް ތާވަލްގެ ދެވަނައަށް

ސްޕެނިޝްލީގްގައި ރޭ އަލަވޭސް އާއި ރެއާލް މެޑްރިޑް ބައްދަލުކުރިމެޗުން ރެއާލް ބަލިވެ، ތާވަލްގެ އެއްވަނާގައި އޮތް ބާސެލޯނާ އާ ދެމެދު ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު އެޓީމުން ނަގާލައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އަލަވޭސް އާ ދެކޮޅަށް ކުޅުނު މެޗުން އެޓީމް ބަލިވީ، 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ކުރީކޮޅު ރެއާލް މެޑްރިޑުން ގޭމް ކޮންޓްރޯލްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗްގެ ނުވަ ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ބޮކްސް ތެރެއިން ފޮނުވައިލި ހަމަލާ ގޯލްކީޕަރު ސިވެރާ ދިފާއުކުރިއިރު، އޭގެފަހުން އެމްބާޕޭ ފޮނުވައިލި ހަމަލާ ވެސް ސިވެރާ ވަނީ ސޭވްކޮށްފައެވެ. މެޗްގައި އަލަވޭސްއިން ލީދް ނެގީ 22 ވަނަ މިނެޓުގައި ޓޮނީ މާޓިނެޒް ޖަހައިދިން ލަނޑުންނެވެ. މި ލަނޑަށްފަހު 34 ވަނަ މިނެޓުގައި ބެލިންގަމް އެކްރޮބެޓިކް ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މި ހަމަލާ ގޯލަށް އަމާޒުނުވީ ހަމަ ކިރިޔާއެވެ.

ދެވަނަ ހާފު ފަށައިގެން އެމްބާޕޭ ވަނީ އަލަވޭސްގެ ގޯލަށް ނުރައްކާކޮށްފައެވެ. ރެއާލުން އަލަވޭސްގެ ގޯލަށް ނުރައްކާކުރަމުންދަނިކޮށް 61 ވަނަ މިނެޓުގައި އަންހެލް ޕެރޭޒް ވަނީ ލަނޑެއް ޖަހައި އަލަވޭސްގެ ލީޑް 0-2 އަށް ފުޅާކޮށްދީފައެވެ. މެޗްގައި ރެއާލް އިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ، 69 ވަނަ މިނެޓް ތެރޭގައެވެ.

މެޗުގެ ފަހު 20 މިނެޓުގައި ރެއާލުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރިއަށްޖެހި ހަމަލާތައް ވަރުގަދަކުރިއެވެ. އެގޮތުން 79 ވަނަ މިނެޓުގައި ކޯނަރަކުން ބެލިންގަމް ފޮނުވައިލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. މިމެޗްގެ 88 ވަނަ މިނެޓް ތެރޭގައި ބެލިންހަމްއަށް ރަތްކާޑު ދެއްކުމާ ގުޅިގެން މެޗްގެ ފަހުބައި ރެއާލުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައީސްގެ ބޭބެ، މުޙައްމަދު ވަހީދު ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުން ވަކިކުރައްވައިފި
29 Nov 2026 ހަބަރު

ރައީސްގެ ބޭބެ، މުޙައްމަދު ވަހީދު ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުން ވަކިކުރައްވައިފި

ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދު ވެސް މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސްގެ އާއިލީ ބޭފުޅެއް ކަމަށްވާ ހަނީފް، އެމްޓީޑީސީގެ ޑީއެމްޑީ މަގާމުން ވަކިކުރައްވައިފި
28 Nov 2026 ހަބަރު

ރައީސްގެ އާއިލީ ބޭފުޅެއް ކަމަށްވާ ހަނީފް، އެމްޓީޑީސީގެ ޑީއެމްޑީ މަގާމުން ވަކިކުރައްވައިފި

ކުއްލި ގޮތަކަށް ހަނީފް މަގާމުން ވަކިކުރެެއްވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

އިނޮވޭޝަން ސަމިޓް ފޮ ހެލްތަށް މެޑަމް ސާޖިދާ، ގަތަރަށް
28 Nov 2026 ހަބަރު

އިނޮވޭޝަން ސަމިޓް ފޮ ހެލްތަށް މެޑަމް ސާޖިދާ، ގަތަރަށް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ، ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕާސަން ޝައިޚާ މޫޒާ ބިންތު ނާޞިރުގެ ރަސްމީ ދަޢުވަތަކަށެވެ.

މިއަދުގެ ބައި-އިލެކްޝަންތައް: ތިނަދޫ ގޮނޑި އެމްޑީޕީއަށް، ހުޅުދޫ ގޮނޑި ޕީއެންސީއަށް
28 Nov 2026 ހަބަރު

މިއަދުގެ ބައި-އިލެކްޝަންތައް: ތިނަދޫ ގޮނޑި އެމްޑީޕީއަށް، ހުޅުދޫ ގޮނޑި ޕީއެންސީއަށް

މިއަދު އޮތް ބައި އިލެކްޝަންތަކުގައި އެއްގޮނޑި އެމްޑީޕީއަށް އަދި އެއްގޮނޑި ޕީއެންސީއަށް ލިބިއްޖެ އެވެ.

ރައީސްގެ ބޭބެ އިޤްބާލް، މުލިއާގެ ޗީފްގެ މަގާމުން ވަކިކުރައްވައިފި
28 Nov 2026 ހަބަރު

ރައީސްގެ ބޭބެ އިޤްބާލް، މުލިއާގެ ޗީފްގެ މަގާމުން ވަކިކުރައްވައިފި

މިނިސްޓާ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް އައްޔަނު ކުރެއްވީ ނޮވެންބަރު 2023، 19 ގައެވެ.

އެންމެ ގިނަ ވޯޓާއެކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އީވާއާ މާރިޔާ
28 Nov 2026 ހަބަރު

އެންމެ ގިނަ ވޯޓާއެކު އެމްޑީޕީގެ ގައުމީ މަޖިލީހަށް އީވާއާ މާރިޔާ

އިއްޔެ އޮތް އިންތިހާބުގައި އީވާ ވަނީ 1،931 ވޯޓް ހޯއްދަވާފަ އެވެ. މާރިޔާ ވަނީ 1،830 ވޯޓް ހޯއްދަވާފަ އެވެ.

ވަގުތީ ނަތީޖާ ނުލިބެނީސް ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި
28 Nov 2026 ހަބަރު

ވަގުތީ ނަތީޖާ ނުލިބެނީސް ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

"އަޅުގަނޑުމެންގެ އިންތިހާބީ ހައްގު ތަކަށް އުނިކަން ލިބޭ ގޮތަށް ހަބަރު ފަތުރާ އެކި ވަސީލަތްތަކުން އިއްޔެގެ އިންތިހާބުގެ ނަތީޖާއާއި ބެހޭގޮތުން އެކި ހަބަރު ފެތުރުމަކީ ކަންބޮޑުވާކަމެއް،" އަރުޝަމް ލިޔެފައިވެ އެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް
28 Nov 2026 ހަބަރު

އެމްޑީޕީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު، ބޮޑު ބަދަލު ޓީމަށް

ހުކުރު ދުވަހު ބޭއްވުނު މި އިންތިހާބުގެ ނަތީޖާއާއެކު ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.