ރައީސްގެ އާއިލީ ބޭފުޅެއް ކަމަށްވާ ހަނީފް، އެމްޓީޑީސީގެ ޑީއެމްޑީ މަގާމުން ވަކިކުރައްވައިފި
އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ހަނީފް (ސެންބެ) ވެސް މަގާމުން ވަކިކުރައްވައިފި އެވެ.
އެކަން ހަނީފްގެ އާއިލާގެ މެންބަރަކު ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. ހއ. ވަށަފަރަށް ނިސްބަތްވާ ހަނީފަކީ ރައީސް މުޢިއްޒުގެ އާއިލީ ބޭފުޅެކެވެ.
ކުއްލި ގޮތަކަށް ހަނީފް މަގާމުން ވަކިކުރެެއްވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. ހަނީފްއަކީ ރައީސްގެ ކެމްޕެއިންގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ހއ. ވަށަފަރު އިޤްބާލް އާދަމް ވެސް ވަނީ މިއަދު އެ މަގާމުން ވަކިކުރައްވާފަ އެވެ. އިޤްބާލަކީ ރައީސް މުޢިއްޒުގެ އާއިލާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް