ބްރެންޓްފޯޑް އަތުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ބްރެންޓްފޯޑާއި، މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗުން ޔުނައިތެޑް ބަލިވެ، އެޓީމް ރެލިގެޗަން ޒޯނަށް ވެއްޓިއްޖެއެވެ.
މެންޗެސްޓަރ ޔުނައިޓެޑުގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި، ބްރެންޓްފޯޑް އަތުން އެޓީމް ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑް ބަލިވުމާއެކު، މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ދެބައިކުޅަ އެއްބައި މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑަށް ވަނީ ތާވަލުގެ ރެލިގޭޝަން ޒޯނުގައި އިތުރު ހަފުތާއަކު މަޑުކުރަން ޖެހިފައެވެ. އަދި މި ހަފުތާގެ އެހެން މެޗުތައް ނިމޭއިރު، އެ ޓީމު ތާވަލުގެ އެންމެ ފުލަށް ވެއްޓުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޕޮޗެޓީނޯއާ ހަވާލުވެފައިވަނީ ކިހާ ބޮޑު މަސައްކަތެއްކަން އޭނާއަށް ކުރިން ވަޒަން ނުކުރެވުނު ކަމުގައިވިޔަސް، މި މެޗުގައި ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ޔުނައިޓެޑްގެ ފަރާތުން މިހާރު ފެންނަމުންދާ ނަތީޖާތަކާއެކު ލީގުން އެޓީމް ވަކިވާންޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މެޗުގެ ކުރީކޮޅު ހެރީ މެގުއާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހުނުއިރު، ޕެޓްރިކް ޑޯގޫއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް، މުޅި މެޗުގައިވެސް ދެ ޓީމުގެ ފެންވަރުގެ ތަފާތު ފެނިގެންދިޔައީ ގޯލު ކުރިމަތީގައެވެ. ޕޮޗެޓީނޯއަށް މާޔޫސްކަން ގެނުވި ފުރަތަމަ ހާފުގައި ބްރެންޓްފޯޑްގެ ކެލަމް ވިލްސަން ދެ ލަނޑު ކާމިޔާބުކުރިއެވެ. ޕޮޗެޓީނޯ ދަނޑުބޭރުގައި ހުރި ނަމަވެސް، ޔުނައިޓެޑްގެ ކުޅުންތެރިންނަށް ބޯޅަ ހިފަހައްޓައިގެން ނުކުޅެވުނެވެ.
ބްރެންޓްފޯޑަށް ގޯލް ހުޅުވާލަދިނީ 19 ވަނަ މިނެޓް ތެރޭގައި ވިލްސަން އެވެ. މިމެޗްގައި ވިލްސަން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މިކޭލް ޑަމްސްގާޑާއި ޑަންގޯ އައުޓާރާ ގުޅިގެން އުފެއްދި ހަމަލާއަކުން ވަރަށް ފަސޭހަކަމާއެކު ޖެހި ލަނޑެކެވެ. މެޗްގައި ދެން ބްރެންޓްފޯޑަށް ލަނޑުތައް ޖަހައިދިނީ ކްރިސްޓޮފާ އަދި ކެވިން އެވެ.
ޕްރިމިއާ ލީގްގައި މިރޭ ކުޅޭ މެޗްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް