މުޙައްމަދު އާއި އޭނާއަށް އަނިޔާކުރި ޕަޓޭލް-
މުޙައްމަދު އާއި އޭނާއަށް އަނިޔާކުރި ޕަޓޭލް-
ދުނިޔެ 29 Nov 2026 | 09:27

ނަމަކަށް މުޙައްމަދު ކިޔާތީ ސީރިއަސް އަނިޔާތަކެއްދީ ޒަޚަމްކޮށްލި އޫބާ ޑްރައިވަރު ނިޔާވެއްޖެ

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއަޕޮލިސްގައި، މަސައްކަތް ކުރާ އޫބާ ޑްރައިވަރެއްގެ ނަމަކީ "މުޙައްމަދު" ކަމަށް ބުނުމުން އޭނާއަށް ފަސިންޖަރަކު ދިން އަނިޔާތަކާ ގުޅިގެން ކޯމާއެއްގައި އޮތް ސޯމާލިއާގެ މުސްލިމް ޑްރައިވަރު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ މުޙައްމަދު ޔޫސުފް އެވެ. އޭނާއަކީ 5 ކުދިންގެ ބައްޕައެކެވެ. ދެ ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ، ލިބިފައިވާ އަނިޔާތަކުގެ ސީރިއަސްކަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ދަންވަރު 12:47 ހާއިރުއެވެ.

މުޙައްމަދަށް ހަމަލާދިނީ އެރޭ އޭނާގެ ޓެކްސީއަށް އެރި އުމުރުން 25 އަހަރުގެ ސަމިތު އަޕޫރްވާ ޕަޓޭލް ނަމަކަށް ކިޔާ މީހަކެވެ.

ކޯޓު ލިޔެކިޔުންތަކުން އެނގޭގޮތުގައި، ދަތުރުގެ ތެރޭގައި މުޙައްމަދު ދިޔައީ އޭނާގެ ކޮއްކޮއާ ފޯނުން ވާހަކަދައްކަމުންނެވެ. އެ ވަގުތު ޕަޓޭލް މުޙައްމަދުގެ ނަން އެހުމުން "މުޙައްމަދު" އޭ ބުނުމުން، ޕަޓޭލް ވަނީ ހަޑިހުތުރު ބަހުން އެ ނަމަށް ފުރައްސާރަކޮށްފައެވެ.

އޭގެ އިރުކޮޅެއް ފަހުން، ސީޓުބެލްޓު މުޙައްމަދުގެ ކަރުގައި އަޅުވައި ނޭވާ ހާސްކުރަން ޕަޓޭލް މަސައްކަތް ކުރިއެވެ. އަދި ކާރުން މުޙައްމަދު ބޭރަށް ވައްޓާލުމަށްފަހު، އޭނާގެ ގައިމައްޗަށް ކާރު ދުއްވައި، މިނިއަޕޮލިސްގެ ހުޅަނގުގައި އޮންނަ ހޮޕްކިންސްގެ މަގުމަތީ ކާނުގަނޑެއްގެ ތެރެއަށް އޭނާ އެއްލައިލުމަށްފަހު ފިލައިގެން ދިޔައެވެ. ފޯނު ކެނޑުމުގެ ކުރިން މުޙައްމަދު ހަޅޭއްލަވަމުން، އޭނާގެ ކަރުގައި ސީޓުބެލްޓު އަޅުވައި، ގައިމައްޗަށް ކާރު ދުއްވައިފި ކަމަށް ބުނި އަޑު ކޮއްކޮއަށް ވަނީ އިވިފައެވެ.

ފުލުހުންނަށް މުޙައްމަދު ފެނިފައިވަނީ އޭނާ އަޅައިގެން ހުރި ސްމާޓްވޮޗްގެ ލޮކޭޝަން މެދުވެރިކޮށް، ކާނުގަނޑެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ. މި ހަމަލާގައި އޭނާގެ މައިބަދައަށާއި، ފައިގެ ކަށިގަނޑުތަކަށާއި، އަރިކަށީގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފުއްޕާމޭ ފަޅައިގެން ގޮސް އެތެރެހައްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި އެތެރެހަށްޓަށް ލޭއެޅުމުގެ ސަބަބުން ބައެއް ގުނަވަންތައް އޮޕަރޭޝަންކޮށްގެން ނަގަން ވެސް ޖެހުނެވެ.

މި މައްސަލައިގައި ހައްޔަރުކުރި ސަމިތު ޕަޓޭލްގެ މައްޗަށް ހެނެޕިން ކައުންޓީގެ ޕްރޮސެކިއުޓަރުން ވަނީ ދެވަނަ ދަރަޖައިގެ މަރުގެ ހަމަލާއެއް ދިނުމުގެ ދައުވާއާއި، ކާރު ފޭރިގަތުމުގެ ދައުވާ އުފުލައި، އެއް މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުން ބަންދުކޮށްފައެވެ. ނަމަވެސް، މުޙައްމަދު ނިޔާވުމާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާތައް މަރުގެ ދައުވާއަށް ބަދަލުކުރާނެ ކަމަށް ބެލެވެއެވެ.

މި އަނިޔާވެރި އަމަލަކީ ނަސްލީ އަދި ދީނީ ނަފްރަތުގެ ސަބަބުން (އިސްލާމޯފޯބިއާ) ހިންގި ޖަރީމާއެއް ކަމަށް ބަލައި ހަރުކަށި ތަހުގީގެއް ހިންގުމަށް، އެމެރިކާގެ ސޯމާލީ ކޮމިއުނިޓީއާއި އިސްލާމީ ޖަމްއިއްޔާއެއް ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއާ-އެމްއެން) އިން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ތަހުގީގީ އިދާރާތަކުން ބުނެފައިވަނީ، މިއީ ނަފްރަތުގެ ކުށެއް (ހޭޓް ކްރައިމް) ގެ ގޮތުގައި އިތުރު އަދަބެއް ކަނޑައެޅޭ މިންވަރަށް އަދި މިވަގުތަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެންވީޑިއާގެ އިސްވެރިޔަކާއި ޗައިނާ އަންހެނެއްގެ ލޯބީގެ ގުޅުމުގެ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ
27 Nov 2026 ދުނިޔެ

އެންވީޑިއާގެ އިސްވެރިޔަކާއި ޗައިނާ އަންހެނެއްގެ ލޯބީގެ ގުޅުމުގެ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ

ޓެކްނޮލޮޖީގެ ދާއިރާގެ މަޝްހޫރު ކުންފުނި އެންވީޑިއާ (ޏވިދިަ) ގެ ގްލޯބަލް ސޭލްސްގެ އިސްވެރިޔާ ޖޭ ޕޫރީ އާއި ސުޕަރ މައިކްރޯ ކޮމްޕިއުޓަރގެ ކުރީގެ އިސްވެރިއެއް ކަމަށްވާ ސެންލީ ޗެންގެ ލޯބީގެ ގުޅުމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް
23 Nov 2026 ދުނިޔެ

ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ގުޅަން ކުރޮ މަސައްކަތްތަކަށް ކިމް އެއްވެސް އިޖާބައެއް ނުދީ، އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް "ދަ ވޯލް ސްޓްރީޓް ޖާނަލް" (ޑަބްލިއުއެސްޖޭ) ގެ ރިޕޯޓެއްގައި ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.

އެފްބީއައި އިން ހޯދަމުންދިޔަ މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑު ލީޑަރު ހައްޔަރުކޮށްފި
21 Nov 2026 ދުނިޔެ

އެފްބީއައި އިން ހޯދަމުންދިޔަ މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑު ލީޑަރު ހައްޔަރުކޮށްފި

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އެންމެ ހޯދަން ބޭނުންވާ 10 މީހުންގެ ލިސްޓުގައި ހިމެނޭ މެކްސިކޯގެ މަޝްހޫރު ޑްރަގް ލޯޑް، ފައުސްޓޯ އިސިދްރޯ މެޒާ ފްލޯރެސް، އަސްކަރިއްޔާއިން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ
19 Nov 2026 ދުނިޔެ

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ

އެގޮތުން، ޗައިނާގެ ޝެންޒެންގައި ޓްރަމްޕް އަދި ކިމް ބައްދަލުކުރާނެ ކަމުގެ އުއްމީދު ޓްރަމްޕް ހިމެނޭހެން ގިނަ ބަޔަކު ކުރިއެވެ.

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން
19 Nov 2026 ދުނިޔެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.