އައިފޯންގެ ޑާންސިންގ ޑޮޓްސް
އައިފޯންގެ ޑާންސިންގ ޑޮޓްސް
ލައިފްސްޓައިލް 07 Aug 2026 | 09:48

އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި މޭނުބައިކޮށް، ބޯއަނބުރާ މައްސަލައަށް އޮތް ހައްލެއް؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ނިއުޔޯކް ސިޓީގެ ކާރޫބާރޫ ބޮޑު ސަބްވޭތަކުން ދަތުރުކުރާ މީހުންނަށް، ގިނަ ބައެއްގެ ފޯނުތަކުން ފާހަގަަކުރެވޭ އާދަޔާޚިލާފު ކަމެއް އޮންނަ ކަމަށްވެއެވެ. އެއީ ފޯނުގެ ސްކްރީނުގެ އަރިމަތީގައި "ނަށަމުންދާ" ކުދިކުދި ތިކިތަކެކެވެ. މިއީ ހަމައެކަނި ސްކްރީން ސޭވަރެއް ނޫނެވެ. މިއީ ދަތުރުމަތީގައި ބޯއެނބުރުމާއި މޭނުބައިކުރުން ތަހައްމަލުކުރާ މީހުންނަށް އެޕަލް އިން ތައާރަފުކުރި އާދަޔާޚިލާފު ފަރުވާއެކެވެ.

ވެހިކަލް މޯޝަން ކިއުސް އަކީ ކޮބައި؟

މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.

ދަތުރުމަތީގައި މޭނުބައިކޮށް ބޯ އަނބުރަނީ ކީއްވެ؟

މޯޝަން ސިކްނެސް ދިމާވާ ސަބަބާ ބެހޭގޮތުން ތަޖުރިބާކާރުންގެ މެދުގައި ތަފާތު ޚިޔާލުތައް ހުރެއެވެ. ބައެއް މާހިރުން ބުނާގޮތުގައި މިއީ "ސެންސަރީ ކޮންފްލިކްޓް" ނުވަތަ އޮޅުން އެރުމެކެވެ. އަދި އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދަތުރުމަތީގައި އަބަދު ފޯނަށް ބަލަން ތިބޭ ބަޔަކަށްވާއިރު، އެފަދަ މީހުންގެ ސިކުންޑިއަށް މި އޮޅުން އަރައެވެ.

އެގޮތުން ދަތުރުމަތީގައި ފޯނުގެ ސްކްރީނަށް ބަލަން އިނުމުން އިންސާނާގެ "އިނާ އިޔާ“ އަށް އިހުސާސްވާ ހަރަކާތްތަކާއި، ލޮލަށް ފެންނަ މަންޒަރުތަކާ ދިމާނުވަނީއެވެ. ހަށިގަނޑަށް ހަރަކާތްތައް އިހުސާސްވީ ނަމަވެސް ލޮލަށް ފެންނަނީ ހުއްޓިފައިވާ ސްކްރީނެކެވެ. ނަމަވެސް އައިފޯނުގެ މި ތިކިތައް ފެންނަ ފީޗާ އޮން ކޮށްލުމުން، ލޮލަށްވެސް ހަރަކާތްތައް ފެންނަން ފަށައެވެ. އެހެންކަމުން ސިކުނޑިއަށް އަރާ އޮޅުންބޮޅުން ކުޑަވެ، ބޮލަށް އެނބުރުން އެރުމުން ސަލާމަތްކޮށްދެއެވެ.

ސްޓެންފޯޑް ޔުނިވަރސިޓީގެ ކްލިނިކަލް އެސޯސިއޭޓް ޕްރޮފެސަރ ކްރިސްޓަން ސްޓީނަރސަން ވިދާޅުވާ ގޮތުގައި، މި އޮޅުން އެރުމުގެ ސަބަބުން ހަށިގަނޑަށް ގަބޫލުކުރެވެނީ ވިހަ އެއްޗެއް ކެވިފައިވާ ކަމަށެވެ. އެހެންކަމުން ހަށިގަނޑުން އެ ވިހަ ބޭރުކުރުމަށްޓަކައި ހޮޑުލަވާ ގޮތް ވަނީއެވެ. އައިފޯނުގެ މި ތިކިތަކުގެ ސަބަބުން، ހަށިގަނޑު ހަރަކާތްތެރިވާ ގޮތުގެ 'ވިޝުއަލް ފީޑްބެކް' ސިކުނޑިއަށް ލިއްބައިދީ، ބޯއެނބުރުން ކުޑަކޮށްދެއެވެ.

ބޭނުންކުރާ މީހުންގެ ތަޖުރިބާ

ބައެއް މީހުންނަށް މިއީ "މުޢުޖިޒާތެއް" ފަދަ ކަމެކެވެ. ނިއުޔޯކްގެ ކިއުރޭޓަރެއް ކަމަށްވާ ޒެންޑީ ބްރޮކެޓް ބުނާގޮތުގައި މިއީ އޭނާގެ ދިރިއުޅުމަށް އައި ބޮޑު ބަދަލެކެވެ. އަދި އޮޓޯމޯބައިލް ނޫހެއްގެ އެޑިޓަރު ރޯރީ ކެރޯލް ބުނިގޮތުގައި، އޭނާގެ މުޅި އުމުރުގައި ދިމާވި ބޯއެނބުރުމުގެ މައްސަލައަށް މި ތިކިތަކުގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިއްޖެއެވެ.

މި ފީޗަރު ބޭނުންކުރާނެ ގޮތް

މި ފީޗަރު ބޭނުންކުރުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް އަޅާށެވެ:

ފޯނުގެ Settings އަށް ވަންނާށެވެ.

Accessibility އަށް ފިއްތާލާށެވެ.

Motion އަށް ގޮސް Vehicle Motion Cues ހުޅުވާލާށެވެ.

މީގެ އިތުރުން މި ތިކިތަކުގެ ކުލައާއި ސައިޒު ވެސް ބަދަލުކުރެވެއެވެ. އެންޑްރޮއިޑް ފޯނުތަކުގައި ވެސް ބައެއް އެޕްލިކޭޝަންތައް ބޭނުންކޮށްގެން މިކަން ކުރެވޭއިރު، ގޫގްލް ޕިކްސެލް ފޯނުތަކަށް ވެސް މި ފީޗަރު ވަރަށް އަވަހަށް އަންނާނެ ކަމަށް ބެލެވެއެވެ.

ޓެކްނޮލޮޖީ މިދަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ވަގުތަކަށް ނުފޫޒު ފޯރުވަމުންނެވެ. ބޯއެނބުރުމުގެ މައްސަލައަށް ލިބުނު މި ހައްލަކީ ފޯނަށް ބަލަން ތިބޭ ވަގުތު އިތުރުކޮށްދޭ ކަމެކެވެ. އެހެންކަމުން ބައެއް މީހުން ދެކޭގޮތުގައި ބޯއެނބުރުމުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފޯނު ބާއްވާލުމަށްފަހު، ދަތުރުގެ ހިތްގައިމުކަން އިހުސާސްކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
20 Sep 2026 ލައިފްސްޓައިލް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކު...

ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު: ދިރާސާ
13 Sep 2026 ދުނިޔެ

ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު: ދިރާސާ

ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއ...

އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
07 Aug 2026 ދުނިޔެ

އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފ...

ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟
27 Jul 2026 ލައިފްސްޓައިލް

ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟

މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަނީ ސްކްރީންތަކުގެ ކުރިމަތީގައެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ކަންބޮޑުވަނީ ފޯނާއި ކޮމްޕިއުޓަރުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކ...

ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟
26 Jul 2026 ލައިފްސްޓައިލް

ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟

ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް، އެކުގައި އުޅޭ އެހެން މީހުން ދޫކޮށްލުމަށްފަހު ވަކި މީހެއްގެ ގައިގައި މާ ގިނައިން މަދިރި ހަފާ މައްސަލައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އ...

ބްރެއިން ފޮގް؛ ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަނެ ވިސްނުން ތޫނުކުރާނީ ކިހިނެއް؟
24 Jul 2026 ލައިފްސްޓައިލް

ބްރެއިން ފޮގް؛ ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަނެ ވިސްނުން ތޫނުކުރާނީ ކިހިނެއް؟

ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލ...