ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ
ފޮޓޯ: ރޮއިޓާސް
ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ފޮޓޯ: ރޮއިޓާސް
ދުނިޔެ 29 Nov 2026 | 17:36

ހަސީނާ އެނބުރި ވަޑައިގަންނަވަން އުޅޭ ކަމުގެ ޚަބަރާއެކު ބަންގްލަދޭޝްގައި ހަމަނުޖެހުން ބޮޑުވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އެއްގަމު މަގުން އެނބުރި ގައުމަށް ވަޑައިގަތުމަށް ރާއްވަވަމުން ގެންދަވާ ކަމުގެ ޚަބަރުތަކާ ގުޅިގެން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝައިޚް ހަސީނާ އަމާޒު ހިފާފައިވަނީ ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ކަމުގައިވާ ޑިސެމްބަރު 16 ގައި އެއްގަމު މަގުން އެނބުރި ގައުމަށް ވަޑައިގަތުމަށެވެ. އެކަމަނާ އެއްގަމު މަގު ޚިޔާރުކުރައްވަން ނިންމެވީ ދަތުރުފަތުރުގެ ލިޔެކިޔުންތައް ބާތިލުވެފައިވުމާއި، ގައުމުގައި އެކަމަނާގެ މައްޗަށް މަރުގެ ހުކުމެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރުގެ ނައިބު ޝާމާ އޮބައިދު އިސްލާމް ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޑިއާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެކްސްޓްރަޑިޝަން އެއްބަސްވުމަށް އިހުތިރާމްކޮށް، ކުށްވެރިއެއްގެ ގޮތުގައި އެކަމަނާ އަނބުރާ ފޮނުވާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެކަމަނާ ކުރެއްވި ކަންތައްތަކަށް އިންސާފާ ކުރިމަތިލައްވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަމަނާ ބަންގްލަދޭޝްއަށް އެތެރެވާން މަސައްކަތް ކުރާ ހިސާބުން ހައްޔަރުކުރެވޭނެ. އަދި ޖަލަށް ގެންދެވޭނެ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ،"

ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވި

މިކަމާ ގުޅިގެން އަވާމީ ލީގުގެ އިސް ލީޑަރުންނާއި ސަޕޯޓަރުން އަންނަނީ ހުޅަނގު ބެންގޯލް އަދި ތުރިޕޫރާގެ ބޯޑަރު ސަރަހައްދުތައް ބަލައި ދިރާސާކުރަމުންނެވެ. ބޮޑަށް ލަފާކުރެވެނީ އެކަމަނާ ގައުމަށް އެތެރެވާނީ ޕެޓްރަޕޯލް-ބެނަޕޯލް ބޯޑަރު ހުރަސްކޮށް ކަމަށެވެ. މި މައުލޫމާތާ އެކު ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުތަކުގެ ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ހަސީނާ އެނބުރި ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރެއްވުމާއެކު، ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައެވެ. ވަކިން ހާއްސަކޮށް އެކަމަނާގެ އުފަން ރަށް ކަމަށްވާ ގޯޕާލްގަންޖްގައި ހުޅުޖެހުމާއި، ބޮން ގޮއްވުމާއި، އަދި ބާޒާރުތައް ބަންދުކުރުން ފަދަ ހަމަނުޖެހުންތައް ހިންގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި އެ ސަރަހައްދުތަކަށް ސަލާމަތީ ބާރުތައް ނެރެ ވަނީ ފޯރިމަރަން ފަށާފައެވެ.

ހަމައެއާއެކު، އެކަމަނާ އެނބުރި ވަޑައިގަތުމާ ގުޅޭގޮތުން ގާނޫނީ އަދި ހާރިޖީ ބޮޑެތި ގޮންޖެހުންތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ހަސީނާއަށް އެނބުރި ގައުމަށް ވަޑައިގެންނެވިދާނެތޯ ބަންގްލަދޭޝް ސަރުކާރާއި ގާނޫނީ މާހިރުންގެ މެދުގައި ދަނީ ބަހުސް ކުރެވެމުންނެވެ. ފިލައިގެން އުޅޭ މީހުންނަށް ޕާސްޕޯޓް ދޫކުރުން ގާނޫނުތަކުން މަނާކުރި ނަމަވެސް، އަމިއްލަ ގައުމުގެ ރައްޔިތަކު އެނބުރި ގައުމަށް ވަނުން ހުއްޓުވިދާނެތޯ މިއީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ގާނޫނީ ސުވާލެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މައްކާ އާއި މަދީނާ ދިފާއުކުރުމަށް ޕާކިސްތާނުން ސައުދީއަށް ސިފައިން ފޮނުވަނީ
29 Nov 2026 ދުނިޔެ

މައްކާ އާއި މަދީނާ ދިފާއުކުރުމަށް ޕާކިސްތާނުން ސައުދީއަށް ސިފައިން ފޮނުވަނީ

ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ވިންގުން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާއަށް ފޮނުވާ ސިފައިންނަށް އަލްވަދާއު ކިޔުމުގެ ހާއްސަ ރަސްމިއްޔާތެއް ހޮނިހިރު ދުވަހު ބާއްވާފައިވާ ކަމަށެވެ.

އުމުރުން ދުވަސްވުމުން ހުޅުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ އާ ގޮތެއް ސައިންސްވެރިން ހޯދައިފި
29 Nov 2026 ދުނިޔެ

އުމުރުން ދުވަސްވުމުން ހުޅުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ އާ ގޮތެއް ސައިންސްވެރިން ހޯދައިފި

އުމުރުން ދުވަސްވުމުން ހުޅުތަކުގައި ރިއްސުމާއި، ހުޅުތަކުގެ ކާޓިލޭޖް (މަޑުކަށި) ހަލާކުވުމުގެ ސަބަބުން ދިމާވާ "އޮސްޓިއޯއާތުރައިޓިސް" ބައްޔަށް ފަރުވާ ހޯދުމަށް ކުރަމުންދާ ދިރާސާތަކުން އުއްމީދީ ކާމިޔާބީތަކެއް ފެންނަން ފަށައިފިއެވެ.

ބޮޑުވަޒީރުކަން ދައުރުކުރާ ގޮތަށް އެކުގައި ވެރިކަން ކުރުމަށް ނަތަންޔާހޫ އައިޒެންކޮޓްއަށް ހުށަހަޅައިފި
29 Nov 2026 ދުނިޔެ

ބޮޑުވަޒީރުކަން ދައުރުކުރާ ގޮތަށް އެކުގައި ވެރިކަން ކުރުމަށް ނަތަންޔާހޫ އައިޒެންކޮޓްއަށް ހުށަހަޅައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ ވާދަވެރި ގާދީ އައިޒެންކޮޓާ އެކު ބޮޑުވަޒީރުކަން ދައުރުވާ ގޮތަށް، ބަހާލައިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް ހަދަން ހުށަހަޅައިފިއެވެ.

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 36 އިންސައްތަ ބޮޑުކޮށްފި
26 Nov 2026 ދުނިޔެ

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 36 އިންސައްތަ ބޮޑުކޮށްފި

މި ބަދަލާއެކު، އެ މަސައްކަތްތެރިންގެ އެންމެ ކުޑަ މުސާރަ ވަނީ 12،500 ޓަކާއިން (ގާތްގަނޑަކަށް 100 އެމެރިކާ ޑޮލަރު) 17،500 ޓަކާއަށް (ގާތްގަނޑަކަށް 136 އެމެރިކާ ޑޮލަރު) އިތުރުކުރެވިފައެވެ.

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
15 Nov 2026 ކުޅިވަރު

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ

މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް
08 Nov 2026 ދުނިޔެ

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް

މަރުކަޒީ ބޭންކުން ވިޔަފާރި ބޭންކުތަކަށް އަންގާފައިވަނީ ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމަށްޓަކައި ހުޅުވާ ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) ތަކަށް ކުރިއާލާ ބަހައްޓަންޖެހޭ ފައިސާ ނުވަތަ 'ކޭޝް މާޖިން' އެންމެ ކުޑަ މިންވަރެއްގައި ބެހެއްޓުމަށެވެ.

ބޫޓާން އަތުން ބަންގްލަދޭޝްއަށް އުނދަގޫ މޮޅެއް
06 Nov 2026 ކުޅިވަރު

ބޫޓާން އަތުން ބަންގްލަދޭޝްއަށް އުނދަގޫ މޮޅެއް

ބަންގްލަދޭޝްއިން މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރި ނަމަވެސް، ބޫޓާންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެޓީމަށް ވަނީ ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ. މި މޮޅާއެކު ބަންގްލަދޭޝްއަށް ވަނީ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބޮޑު އިތުބާރެއް ލިބިފައެވެ. އެޓީމުގެ ދެވަނަ މެޗުގައި ނޮވެމްބަރު 11 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.