ޕޮލިސް / ފޮޓޯ: ވޮއިސް
ޕޮލިސް / ފޮޓޯ: ވޮއިސް
ހަބަރު 08 Nov 2026 | 12:30

ޓިކްޓޮކްގައި ދަރިވަރަކަށް ބުލީކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި އެކައުންޓެއް ހަދައިގެން، ދަރިވަރަކަށް އަމާޒުކޮށް ވަރަށް ބޮޑަށް ބުލީކޮށްފައިވާ މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.

އެގޮތުން އަނިޔާ ލިބުނު ކުއްޖާގެ ޒާތީ ސިފައަށް ބަދުބަސް ބުނެ ފުރައްސާރަކުރުމުގެ އިތުރުން، އެ ކުއްޖާގެ ފޮޓޯވެސް އާންމުކޮށްފައިވެއެވެ.

މީގެއިތުރުން، އެ އެކައުންޓް މެދުވެރިކޮށް އެ ކުއްޖާއަށް އެކި ކަހަލަ އިންޒާރުތައް ދީ، ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ފަދަ މޭރުމުން ވާހަކަތައް ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މި މައްސަލަ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާކަމަށެވެ.

އިންޓަނެޓާއި ސޯޝަލް މީޑިއާގެ ޒަރީއާއިން ކުދިންނަށް ކުރާ މިފަދަ ސައިބާ ބުލީއިންގެ އަމަލުތަކަށް ސަމާލުވެ، ދަރިވަރުންގެ އުޅުމާއި އިންޓަނެޓް ބޭނުންކުރާ ގޮތް މައިންބަފައިންނާއި ބެލެނިވެރިން ގާތުން ބެލުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
08 Nov 2026 ހަބަރު

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

މި ދެ މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕެރޭޝަނެއްގެ ތެރެއިންނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
08 Nov 2026 ހަބަރު

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރުފަހު 15:42 ހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި
08 Nov 2026 ހަބަރު

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި

މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ހިންގާ ރިހިބިލިޓޭޝަން މަސައްކަތްތަކާބެހޭ މައުލޫމާތު ގާތުން ހޯދުމެވެ.

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
08 Nov 2026 ހަބަރު

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
08 Nov 2026 ހަބަރު

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 3:00 އިން މިރޭ 19:00 އާ ހަމައަށެވެ. އެގޮތުން، މީގެ 1 ގަޑިއިރު ކުރިން މެޓް އޮފީހުން ވަނީ، ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ
08 Nov 2026 ހަބަރު

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ

ލ. ގަމުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކުރުމަށް، އެ ރަށުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި ރަށުން ބޭރުކުރުމާ ގުޅޭ ޚާއްޞަ އުސޫލެއް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.