ތުރުކީގެ މިސްކިތުގެ ފޮޓޯއެއް
ތުރުކީގެ މިސްކިތުގެ ފޮޓޯއެއް
ދީން 12 Nov 2026 | 13:22

އިސްތަންބޫލްގެ މި މިސްކިތުގެ ނަމުގެ މާނައަކީ ”އަހަރެން ކެއި ފަދަ“: ނަމުގެ ފަހަތުގައި ވަނީ ޢިބްރަތްތެރި ވާހަކައެއް!

ތާރީޚީ އެތައް ހާދިސާތަކަކާއި ކަންތައްތަކެއް ފޮރުވިފައިވާ ތުރުކީވިލާތުގެ އިސްތަންބޫލްގެ ގޯޅިތަކުގެ ތެރެއިން ހިނގާލާފައި ދާއިރު ތުރުކީ ބަހުން ކިޔާ "ސަންކީ ޔެދިމް" (Sanki Yedim) ނަމަކަށް ކިޔާ މިސްކިތެއް ފެންނަން ހުންނާނެއެވެ. މިއީ ދުނިޔޭގައި ވެސް އެންމެ ތަފާތު ނަމެއް ދެވިފައިވާ މިސްކިތަކަށް ވާނެއެވެ. އެ މިސްކިތުގެ ނަމުގެ މާނައަކީ "އަހަރެން ކެއި ފަދަ" އެވެ.

ނަމުގެ ފަހަތުގައިވާ ވާހަކަ

މި މިސްކިތުގެ ނަމާ ގުޅިފައިވަނީ ޢިބްރަތުން ފުރިގެންވާ ވަރަށް ރީތި ވާހަކައެކެވެ. އިސްތަންބޫލްގެ ފާތިހް އަވަށުގައި ދިރިއުޅުނު ޚައިރުއްދީން ކެޗެޖީ އެފެންދީ ނަމަކަށް ކިޔާ ދީންވެރި، ނިކަމެތި މީހެކެވެ. އޭނާ ބާޒާރުމަތިން ހިނގާފައި ދާއިރު، މީރު މޭވާއެއް، މަހުގެ ބާވަތެއް ނުވަތަ ފޮނިކާއެއްޗެއް ފެނި އެ ކާހިތްވާ ކޮންމެ ފަހަރަކު، އެ އެއްޗެއް ނުގަނެ އަމިއްލަ ނަފްސަށް ބުނެލައެވެ؛ "ހީވާކަހަލައެވެ. އަހަރެން ކެއި ފަދައެވެ!"

އަދި އެ ތަކެތި ގަންނަން ޚަރަދުވާނެ ފައިސާ ނަގައި ފޮށްޓަކަށް ވައްޓާލައެވެ. މިގޮތަށް ދުނިޔަވީ އެދުންތަކުން ދުރުހެލިވެ، އޭނާގެ އާމްދަނީން ސަލާމަތްކުރި ފައިސާ އަހަރުތަކެއް ވަންދެން އެއްކުރަމުން ގޮސް، އޭނާ ދިރިއުޅޭ އަވަށުގައި ކުޑަ މިސްކިތެއް ބިނާކުރެވޭ ވަރަށް ފައިސާ ޖަމާވިއެވެ. ދެން އޭނާ އެ ފައިސާއިން މިސްކިތެއް އެޅިއެވެ. މި ވާހަކަ އަވަށުގެ މީހުންނަށް އެނގުމުން، އެމީހުން އެ މިސްކިތަށް "ސަންކީ ޔެދިމް" ގެ ނަމުން ނަންދިނެވެ. މިއީ މުޅި އިސްތަންބޫލް އަދި މުޅި ދުނިޔޭގައި ވެސް މިސްކިތަކަށް ކިޔުނު އެންމެ ތަފާތު ނަމަށް ވެގެންދިޔައެވެ.

މިސްކިތް ހުންނަނީ ކޮންތާކު؟ އަދި މިހާރުގެ ހާލަތަކީ ކޮބާ؟

މިއަދު ވެސް އިސްތަންބޫލަށް ޒިޔާރަތްކޮށް، ފާތިހް އަވަށުގެ ކިރްބަސީ ނާމް މަގަށް ވަދެއްޖެނަމަ، ބައު ގޭތަކުގެ މެދުގައި ހުރި މި ތާރީޚީ މިސްކިތް ފެންނާނެއެވެ. މިއީ އާޚިރަތުގެ މަތިވެރި ޘަވާބަށްޓަކައި ދުނިޔޭގެ އަރާމުތައް ދޫކޮށްލި ނިކަމެއްޗެއްގެ އިޚްލާޞްތެރިކަމުގެ ދިރިހުރި ހެއްކެކެވެ.

މި މިސްކިތަކީ އެތެރޭގައި ގާތްގަނޑަކަށް 100 އަކަމީޓަރު އަދި ބޭރުގައި 130 އަކަމީޓަރު ހުންނަ، އެއްފަހަރާ 200 އެއްހާ މީހުންނަށް ނަމާދުކުރެވޭ ވަރުގެ ކުޑަ މިސްކިތެކެވެ. މިސްކިތް ބިނާކޮށްފައިވަނީ ސިމެންތިންނެވެ. ބޮޑު ގުއްބަކާއި އެއް ބެލްކަނީ ލީ މުންނާރެއް ހުންނައިރު، މިސްކިތުގައި މާބޮޑެތި ކުރެހުންތަކާއި ޒީނަތްތެރިކަމެއް ނުހުރެއެވެ. ހުންނަނީ ވަރަށް އާދައިގެ ސާދާ ގޮތަކަށެވެ.

ފުރަތަމަ ބޮޑުހަނގުރާމައިގެ ކުރިން ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި މި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަޅާނުލެވި އެތައް ދުވަހަކު ހުއްޓެވެ. ނަމަވެސް 1959 އާއި 1960 އާ ދެމެދު އަވަށުގެ ރައްޔިތުންނާއި އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު މިސްކިތް ވަނީ އަލުން މަރާމާތުކޮށްފައެވެ. އަދި މިހާރު މިސްކިތުގެ ދޮރުމަތީގައިވާ މާބްލް ހިލައިގައި ވަނީ މި ތަފާތު ނަމުގެ ފަހަތުގައިވާ ޢިބްރަތްތެރި ވާހަކަ ކުރުގޮތަކަށް ބިންވަޅު ނަގާފައެވެ.

”އަހަރެން ކެއި ފަދައެވެ“ މި މިސްކިތުގެ ވާހަކައިން އެނގިގެންދާ އެންމެ މުހިންމު ކަމަކީ، ދުނިޔޭގެ ވަގުތީ އުފަލާއި އަރާމުތައް ކިތަންމެ ގޮވައިލި ކަމުގައިވިޔަސް، އާޚިރަތުގެ ދާއިމީ ނިޢުމަތަށް އިސްކަންދިނުމުގެ މުހިންމު ކަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
11 Nov 2026 ހަބަރު

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާއެކު ނެންގެވި ރަސްމީ އާއިލީ ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 Nov 2026 ހަބަރު

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

ކާބޯތަކެތި އިސްރާފުކުރުން ހުއްޓުވުމަށް ތުރުކީވިލާތުން ފެށި "ޒީރޯ ވޭސްޓް" ހަރަކާތައް ބޮޑު ސަމާލުކަމެއް
09 Nov 2026 ދުނިޔެ

ކާބޯތަކެތި އިސްރާފުކުރުން ހުއްޓުވުމަށް ތުރުކީވިލާތުން ފެށި "ޒީރޯ ވޭސްޓް" ހަރަކާތައް ބޮޑު ސަމާލުކަމެއް

ކާބޯތަކެތި އިސްރާފުވިޔަނުދީ ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ތުރުކީވިލާތުން އަދާކުރަމުންދާ އިސް ދައުރަށް ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑު ތަޢުރީފެއް ވަނީ ލިބިފައެވެ.

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި
06 Nov 2026 ދުނިޔެ

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި

މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ޤައުމަކަށް ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން ދިފާޢުގައި އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެންދެއެވެ.

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް
15 Oct 2026 ދުނިޔެ

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް

ބައެއް މީޑިއާތަކުން ރިޕޯތްކުރިގޮތުގައި މިފަހުން ތުރުކީއަށް ކުރި މޫސުމީ ވިއްސާރައަކީ ވޭތުވެދިޔަ 84 އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނައިން ވާރޭވެހުނު ފުރަތަމަ ފަހަރެވެ.