އިސްތަންބޫލު ފެންބޮޑުވުން؛ ފޮޓޯ / އަރަބް ނިއުސް
އިސްތަންބޫލު ފެންބޮޑުވުން؛ ފޮޓޯ / އަރަބް ނިއުސް
ދުނިޔެ 15 Oct 2026 | 18:59

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް

ތުރުކީގެ އިސްތަންބޫލަށް ރެކޯޑް މިންވަރަކަށް ވާރޭވެހި ހިނގާދިޔަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލި އެތައް ގެއްލުންތަކެއް ލިބިއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯތްކުރިގޮތުގައި މިފަހުން ތުރުކީއަށް ކުރި މޫސުމީ ވިއްސާރައަކީ ވޭތުވެދިޔަ 84 އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނައިން ވާރޭވެހުނު ފުރަތަމަ ފަހަރެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގާދިޔަ ހާދިސާތަކަށް ބަލާއިރު، ފެންގަނޑެއްގެ ތެރެއިން ދިޔަ 14 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ކަރަންޓްގައި ޖެހިގެން މަރުވެފައެވެ. އެ ކުއްޖާގެ މަރާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހްގީގެއް ފަށާފައެވެ.

ފެންބޮޑުވުމާ ގުޅިގެން ތާށިވި 595 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ. ފެންބޮޑުވުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރުވެސް 8,000 އަށް ވުރެ ގިނަ މަސައްކަތްތެރީން ހަރަކާތްތެރިވަމުން ދާ ކަމަށް އިސްތަންބޫލްގެ ޑެޕިއުޓީ މޭޔަރު ނޫރީ ވަނީ ވިދާޅުވެފައެވެ. އެކްސްގައި ޕޯސްޓުކޮށް ނޫރީ ވަނީ ރޭގަނޑު ގަޑީގައި ހާއްސަކޮށް، ބޯކޮށް ވާރޭ ވެހި ތޫފާން އަންނާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ރައްޔިތުން ވެސް ސަމާލުވެ ތިބުމަށް އެދިފައެވެ.

އިސްތަންބޫލުގެ ގަވަރުނަރު ދާވޫތު ގުލް ވަނީ، ކޮންމެހެން ނުކުންނަންޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ވިއްސާރައިގެ ސަބަބުން މާދަމާވެސް ސްކޫލްތައް ބަންދުކުރުމަށް ނިންމާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ މުއައްޒަފުންނާއި މާބަނޑު މީހުންނާއި، ހަނގުރާމައިގެ ތަޖުރިބާކާރުންނަށް ބުރާސްފަތި ދުވަހު އޮފީހަށް ނުނިކުންނަ ގޮތަށް ވަނީ ޗުއްޓީ ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަޒަރުބައިޖާންގެ ޕްރައިވެޓް ސްކޫލްތަކުގައި ވެސް ބުރުގާ އެޅުން މަނާކޮށްފި؛ ބުރުގާ ނަގަން ދަރިވަރުންނަށް 20 ދުވަހުގެ މުހުލަތެއް
10 Nov 2026 ދުނިޔެ

އަޒަރުބައިޖާންގެ ޕްރައިވެޓް ސްކޫލްތަކުގައި ވެސް ބުރުގާ އެޅުން މަނާކޮށްފި؛ ބުރުގާ ނަގަން ދަރިވަރުންނަށް 20 ދުވަހުގެ މުހުލަތެއް

އަޒަރުބައިޖާންގެ ސަރުކާރު ސްކޫލުތަކުގައި ބުރުގާ އެޅުން މަނާކުރުމަށްފަހު، މިހާރު އެ ޤައުމުގެ އަމިއްލަ ސްކޫލްތަކުގައި ވެސް ބުރުގާ އެޅުން މަނާކުރަން ފަށައިފިއެވެ. މި ނިންމުމާ ގުޅިގެން ވެރިރަށް ބާކޫގެ އަމިއްލަ ސްކޫލްތަކުން ވަނީ ދަރިވަރުންގެ ބުރުގާ ނެގުމަށް ބެލެނިވެރިންނަށް 20 ދުވަހުގެ މުހުލަތެއް ދީފައެވެ.

އެންވިޑިއާގެ ސީއީއޯގެ މިލްކިއްޔާތުން ބައިގަޑިއިރު ތެރޭގައި 7.4 ބިލިއަން ޑޮލަރު ގެއްލި، މަހުޖަނުންގެ ލިސްޓުގެ ފަހަތަށް ވެއްޓިއްޖެ
10 Nov 2026 ދުނިޔެ

އެންވިޑިއާގެ ސީއީއޯގެ މިލްކިއްޔާތުން ބައިގަޑިއިރު ތެރޭގައި 7.4 ބިލިއަން ޑޮލަރު ގެއްލި، މަހުޖަނުންގެ ލިސްޓުގެ ފަހަތަށް ވެއްޓިއްޖެ

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގްގެ މިލްކިއްޔާތުން އެންމެ 30 މިނެޓުގެ ތެރޭގައި 7.4 ބިލިއަން ޑޮލަރު ގެއްލި، ފޯބްސްގެ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 10 ވަނައަށް އޭނާ ވެއްޓިއްޖެއެވެ.

ޣައްޒާގައި ބިންގަނޑު ކަނޑައިގެން ގޮސް ޓެންޓުތަކަކަށް ވެއްޓި، އަންހެނަކާއި ތިން ކުޑަކުދިން ނިޔާވެއްޖެ
10 Nov 2026 ދުނިޔެ

ޣައްޒާގައި ބިންގަނޑު ކަނޑައިގެން ގޮސް ޓެންޓުތަކަކަށް ވެއްޓި، އަންހެނަކާއި ތިން ކުޑަކުދިން ނިޔާވެއްޖެ

މި ހާދިސާގައި ނިޔާވީ އަންހެނަކާއި އޭނާގެ 8 އަހަރާއި 6 އަހަރުގެ ދެ ދަރިންގެ އިތުރުން 4 އަހަރުގެ އެހެން ކުއްޖެކެވެ. މީގެއިތުރުން އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ.

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 Nov 2026 ހަބަރު

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

ކާބޯތަކެތި އިސްރާފުކުރުން ހުއްޓުވުމަށް ތުރުކީވިލާތުން ފެށި "ޒީރޯ ވޭސްޓް" ހަރަކާތައް ބޮޑު ސަމާލުކަމެއް
09 Nov 2026 ދުނިޔެ

ކާބޯތަކެތި އިސްރާފުކުރުން ހުއްޓުވުމަށް ތުރުކީވިލާތުން ފެށި "ޒީރޯ ވޭސްޓް" ހަރަކާތައް ބޮޑު ސަމާލުކަމެއް

ކާބޯތަކެތި އިސްރާފުވިޔަނުދީ ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ތުރުކީވިލާތުން އަދާކުރަމުންދާ އިސް ދައުރަށް ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑު ތަޢުރީފެއް ވަނީ ލިބިފައެވެ.

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި
06 Nov 2026 ދުނިޔެ

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި

މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ޤައުމަކަށް ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން ދިފާޢުގައި އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެންދެއެވެ.

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި
06 Oct 2026 ދުނިޔެ

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުނ...

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް
29 Sep 2026 ކުޅިވަރު

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް

ޔުއެފާ ނޭޝަންސްލީގް އޭ ގްރޫޕް އެކެއްގައި އިޓަލީ އާއި ތުރުކިޔޭ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އިޓަލީން ކާމިޔާބުކޮށްފިއެވެ. ތުރުކިޔޭގައި ކުޅުނު މިމެޗް އިޓަލީ ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މެޗުގެ ...