ތުރުކިޔޭ ކޮޅަށް ލަނޑުޖަހައި އިޓަލީ ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: ބެއިން ސްޕޯޓްސް
ތުރުކިޔޭ ކޮޅަށް ލަނޑުޖަހައި އިޓަލީ ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: ބެއިން ސްޕޯޓްސް
ކުޅިވަރު 29 Sep 2026 | 04:20

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް

ޔުއެފާ ނޭޝަންސްލީގް އޭ ގްރޫޕް އެކެއްގައި އިޓަލީ އާއި ތުރުކިޔޭ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އިޓަލީން ކާމިޔާބުކޮށްފިއެވެ.

ތުރުކިޔޭގައި ކުޅުނު މިމެޗް އިޓަލީ ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ.

މެޗުގެ 27 ވަނަ މިނެޓާ ހަމައަށް އައިއިރު އިޓަލީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެއީ އެލެސަންދްރޯ ބަސްޓޯނީ، ޑޭވިޑް ފްރަޓޭސީ އަދި މައިކަލް ކަޔޯޑޭ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ބަރިޝް އަލްޕަރް ޔިލްމާޒް ޖަހައިދިން ލަނޑާއެކު ތުރުކީން މެޗުގެ ތެރެއަށް އެނބުރި އައުމުގެ އުންމީދެއް އާކުރިއެވެ.

އެހެންނަމަވެސް، 50 ވަނަ މިނެޓުގައި ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ ބޮލުން ކާމިޔާބުކުރި ލަނޑާއެކު އިޓަލީން މެޗް ނިންމާލީ 4-1 ގެ ނަތީޖާއިން ކުރީގައި އޮވެގެންނެވެ. މި ގްރޫޕްގައި މިހާތަނަށް ކުޅުނު މެޗްތަކުން އިޓަލީއަށް އަދި ލިބުނީ ތިން ޕޮއިންޓް ލިބިފައެވެ.

މިމެޗްގެ ފުރަތަމަ ހާފް އިޓަލީން ވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ. ފުރަތަމަ ހާފް ނިމި ކުޅުންތެރިން ދަނޑުން ފޭބިއިރު ތުރުކިޔޭގެ ސަޕޯޓަރުން ވަނީ ނުރުހުންފާޅުކޮށްފައެވެ.

މެޗްގައި އިޓަލީގެ ކަޔޯޑޭ ލަނޑު ޖެހިއިރު މިއީ ބައިނަލްއަޤްވާމީ މމިފަދަ މެޗެއްގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
29 Oct 2026 ހަބަރު

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ

ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު )އެމްއެންޑީއެފް( ގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އިޓަލީވިލާތުގެ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' އެރުވުމަށް އެ ޤައުމުން ނިންމައިފިއެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.