މީހުން ދުޢާ ކޮށް ނަމާދު ކުރަނީ
މީހުން ދުޢާ ކޮށް ނަމާދު ކުރަނީ
ދީން 02 Oct 2026 | 08:13

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި "ގިނަ ގިނައިން الله ހަނދުމަކުރުން" މި މައުޟޫއުގެ ޚުތުބާގައި ބުނީ، މިއަދު އަހަރެމެން ވޭތިކުރަމުން މިދަނީ ދިރިއުޅުމުގެ ދަތިތަކާއި ފިކުރުތައް ގިނަ ދުވަސްތަކެއް ކަމަށާއި ނަމަވެސް، ޛިކުރުކުރުމަކީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދީ ހާސްކަން ފިލުވައިދޭނެ ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކީރިތި ޤުރުއާނުގެ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ. "އެއުރެންނީ، إيمانވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ“.

ޚުތުބާގައި ބަޔާންކުރި ގޮތުގައި، މާތް الله ހަނދުމަކުރުން މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ؛

- ހިތުގެ އިޚްލާޞްތެރިކަމާއެކު ހަނދުމަކުރުން

- ދުލުން ތަސްބީޙަ ކިޔައި، ޤުރުއާން ކިޔަވައި ޛިކުރުކުރުން

- ނަމާދާއި ރޯދަ ފަދަ އަޅުކަންތަކާއި މީސްތަކުންނަށް އެހީތެރިވުން ފަދަ ހެޔޮ ޢަމަލުތަކުގެ ޒަރީޢާއިން ޢަމަލީ ގޮތުން ހަނދުމަކުރުން.

ޛިކުރުކުރާ މީހާއާއި ޛިކުރުނުކުރާ މީހާގެ ތަފާތު ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

(مَثَلُ الَّذِيْ يَذْكُرُ رَبَّهُ وَالَّذِيْ لَا يَذْكُرُ، مَثَلُ الْـحَيِّ وَالْمَيِّتِ)

މާނައީ: "އެ މީހެއްގެ ވެރިރަސްކަލާނގެ ހަނދުމަކުރާ މީހާއާއި، އެކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ، ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ."

ހަމައެއާއެކު، މާތް اللهގެ ޙަޟްރަތަށް އަޅަކު ކުއްތަންވާ މިންވަރަކުން، އެކަލާނގެ ރަޙުމަތާއި މަދަދު މާ ދީލަތިކޮށް ދެއްވާނެކަން ޤުދުސިއްޔަ ޙަދީޘުން އެނގޭ ކަމަށާއި، ކޮންމެ ވަގުތެއްގައި އަދި ކޮންމެ ޙާލަތެއްގައި ވެސް الله ހަނދުމަކުރުންމަތީ ދޫ ތެތްކޮށް ބެހެއްޓުމަށް ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:

(لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ)

މާނައީ: "މާތްالله ހަނދުމަކުރުމުން ތިބާގެ ދޫ އަބަދުވެސް ތެތްކަންމަތީ ބާއްވާށެވެ."

ޚުތުބާ ނިންމާލަމުން ވަނީ، ހަމައެކަނި ދުލުން ކިޔާލުމުގެ ބަދަލުގައި ހިތް ހާޒިރުކޮށްގެން ޛިކުރުކުރުމަށާއި، ފާފަތަކާ ދުރުހެލިވުމަށާއި، ހެނދުނާއި ހަވީރުގެ ދުޢާތަކާއި ނަމާދުގެ ފަހުން ކުރާ ޛިކުރުތަކަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
30 Oct 2026 ދީން

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
23 Oct 2026 ދީން

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
23 Oct 2026 ދީން

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"
16 Oct 2026 ދީން

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...